ޚަބަރު / ގއ. ކަނޑުހުޅުދޫ

އަނިޔާ ލިބުނު ތިން އަހަރުގެ ކުއްޖާ ދެ އަހަރު "ބަންދުގައި"!

ތިން އަހަރުގެ ކުއްޖާ އަށް ޖިންސީގީނާކުރި މައްސަލައިގައި އިންސާފު ހޯދަން އާއިލާ އިން ކުރި މަސައްކަތް "މިހާރު" އަށް ކިޔައިދެނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކަނޑުހުޅުދޫން،  ފަޒީނާ އަހުމަދު، މިހާރު

19 ޖެނުއަރީ 2020 - 21:30

43 comments

އުމުރުން ތިން އަހަރުގައި، ގޭގައި "ބަންދުކުރި" އެ ކުއްޖާ މިނިވަންވީ، މިދިޔަ ހުކުރު ދުވަހު އެވެ. ދެ އަހަރަށް ފަހު، ރައްކާތެރި މާހައުލެއް ކަށަވަރުވީ، އަތުގައި ހިފައިގެން އެކަހެރި ތަނަކަށް ގޮސް ބެހެން އުޅުނު މުސްކުޅި ފިރިހެން މީހާ ހައްޔަރު ކުރުމުންނެވެ. އެ ކުއްޖާގެ އުމުރުން މިހާރު ފަސް އަހަރެވެ.

އޭގެ ކުރިން އާއިލާ ވެސް ތިބީ އިންސާފު ނުލިބުމުގެ މާޔޫސްކަމާ އެކު ބިރުވެރި ކަމެއްގަ އެވެ. ޖިންސީ ގޯނާގެ ރެކޯޑު އޮންނަ އެ މީހާގެ ފަރާތުން އެ ކުއްޖާ އަށް އަނެއްކާ ވެސް ކުރިމަތިވެދާނެ ނުރައްކަލެއްގެ ބޮޑުކަމުންނެވެ.

"މިހާ ދުވަހު އެ ކުއްޖާ މި ގެންގުޅުނީ އެ މީހާ އަށް ފޮރުވައިގެން. ކީއް ކުރާނީ، އެ ނޫން ގޮތެއް ހަމަ ނެތީ. އެ މީހާ ގޭގެ މަގުމަތިން ދާ އިރު ވެސް ފެނިއްޖެ ނަމަ ދައްކާފައި ބުނާނެ މަންމާއޭ އެހެރީއޭ އެ މީހާ،" އެ ކުއްޖާގެ މަންމަ ކިޔައިދިނެވެ.

އަނިޔާ ދިން މީހާ މަގުމަތީގައި މިނިވަންކޮށް ހުރެފައި، އޭނާގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލުން ސަލާމަތް ކޮށްދޭން "ޖަލެއްގައި" ދަރިފުޅު ބަންދުކުރަން ޖެހުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

އާއިލާ އިން ބޭނުން ވަނީ އެ ސުވާލުގެ ޖަވާބެވެ؛

ތިން އަހަރުގެ ކުއްޖާގެ މަންމަ "މިހާރު"އާ ވާހަކަ ދައްކަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އުމުރުން 82 އަހަރުގެ އެ މީހާ ފެންނަ ދުވަސްތަކުގައި ނަފްސާނީގޮތުން އެ ކުއްޖާ އަށް އަސަރު ކުރެ އެވެ. އެހެންވެ، އޭނާ ފެންނަ ހިސާބަށް އެ ކުއްޖާ ނުގެންދަން ޖެންޑާ މިނިސްޓްރީން ވެސް އޮތީ އެދިފަ އެވެ.

މިދިޔަ ހުކުރުދުވަހު އޭނާ ހައްޔަރުކުރީ، ދެ އަހަރު ނުފުރޭ މުނިކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގަ އެވެ.

ތިން އަހަރުގެ ކުއްޖާ އަށް އޭނާ ޖިންސީގޯނާ ކުރީ 2017 ގަ އެވެ. އާއިލާ އިން އެ މައްސަލަ ރިޕޯޓްކުރުމުން، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަޔާން ނެގި އެވެ.

ކަނޑުހުޅުދޫގައި ހުންނަ ޕޮލިސް ޑެސްކު. --ފޮޓޯ: ނިޝާން އަލީ/މިހާރު

ދައުލަތުގެ ނިޒާމްތަކުގެ ތެރެއިން ފިޔަވަޅު އަޅަން ބޭނުން ނަމަ، އާއިލާ އިން ބުނިގޮތުގައި، އެ ކުއްޖާ އަމިއްލަ އަށް ކިޔައިދިން ވާހަކަތައް ފުދޭނެ އެވެ. ދިރިއުޅޭ ގެ ކައިރީގައި ހުއްޓައި ގަދަކަމުން ގޮވައިގެން ގޮސް ކުރި ކަންތަކާއި ދެއްކި ވާހަކަތައް އެ ކުއްޖާ ވަނީ ތަހުގީގަށް ކިޔައިދީފަ އެވެ.

މުސްކުޅި މީހާ ދޫވެފައި ހުރެއްޖެ ނަމަ އެ ކުއްޖާ އަށް ރައްކާތެރި ކަން ނެތް ކަމުގެ ކަންބޮޑުވުން އާއިލާ އިން މުއައްސަސާތަކަށް ތަކުރާރުކޮށް ހުށަހެޅި އެވެ. އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކޮށްދީ، އިންސާފު ހޯދައިދޭން ނޭދޭ މުއައްސަސާއެއް ނެތެވެ. އެކަމަކު ވީ ކަމެއް ނެތެވެ! މިދިޔަ ހުކުރުދުވަހާ ހަމައަށް އެ ފިރިހެންމީހާ ހުރީ މިނިވަން ކޮށެވެ. އޭނާގެ ފަރާތުން ނުރައްކާ ކުރިމަތިވީ ކިތައް ކުދިންނަށް ކަމެއް ނޭނގެ އެވެ.

އޭނާ ދިރިއުޅޭ ގެ ކައިރީގައި ހުންނަ ގެއެއްގެ ކުއްޖަކާ ބެހެން އުޅުނު މައްސަލަ މިދިޔަ އަހަރު ވެސް ހުށަހެޅި އެވެ. އެކަމަކު އެ މައްސަލަ ވެސް ނުބަލަ އެވެ.

"ވަރަށް ހިތްހަމަ ނުޖެހުނު ފުލުހުން ބުނި ވާހަކަ އިން. އޭނާ ދޫވެފައި ހުރީ، އެހާ ދުވަސްވެފައި ހުރީމަ އުމުރަށް ބަލާފައޭ،" ކުއްޖާގެ ބޮޑުބޭބެއަކު ބުންޏެވެ.

"މުއައްސަސާތަކުން އިންސާފު ހޯދައިދޭން ނުކުޅެދިފައި ތިބެ ކޮން ކަހަލަ ވާހަކަތަކެއް މި ދައްކަނީ. ދެ އަހަރު ވަންދެން ކުއްޖެއްގެ މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ބޭރަށް ނުނެރެވި ބަންދުކުރަން ޖެހުން މައްސަލައެއްގެ ގޮތުގައި ނުބެލި،"

ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 82 އަހަރުގެ މީހާގެ ގެ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކުއްޖާގެ މަންމަ ބުނިގޮތުގައި، ތިން އަހަރުގައި ދިމާވި ހާދިސާ އިން ކުއްޖާ އަށް ކުރިމަތިވި ނަފްސާނީ ކަންކަމަށް ފަރުވާދޭން ޑޮކްޓަރަށް ދައްކަން ވެސް އާއިލާ އިން މަސައްކަތް ކުރި އެވެ. އެކަމަށް ކުރިމަތިވި ހުރަހަކީ ޖެންޑާ މިނިސްޓްރީގެ ލިބެން ޖެހޭ ލިއުމެއް ނުލިބުމެވެ.

ކޯޓުން މައްސަލަ ނުބެލީ ބޮޑުބޭބެ އަކަށް ވާތީ!

ތިން އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލަ ތަހުގީގުކޮށް، ފޮނުވުމުން ފިޔަވަޅު ނޭޅި އޮތީ މި ރަށުގެ ކޯޓާ ހިސާބުންނެވެ. އެތަނުގައި މައްސަލަ އޮންނަތާ ދޮޅު އަހަރު ވި އިރު ވެސް ޝަރީއަތް ނުފަށާ ކަމަށް އާއިލާ އިން ބުންޏެވެ.

އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި، މައްސަލަ ނުބެލީ އޭރު ކޯޓުގެ މެޖިސްޓްރޭޓަކަށް ހުރި ހަސަންދީދީ އަކީ، ޖިންސީ ގޯނާކުރި މީހާ އަށް ބޮޑުބޭބެ ކިޔާ މީހަކަށް ވާތީ އެވެ. އެ މައްސަލަ ކުރިއަށް ނުގެންދާނެ ކަމަށް މެޖިސްޓްރޭޓް އާއިލާ މީހަކާ ދިމާލަށް ބުނި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.

"މައްސަލަ ލަސްވެގެން އެހީމަ ބުނީ ބޭނުން އިރަކުއޭ މައްސަލަ ބަލާނީ. މިކަހަލަ ނުފޫޒެއް މި އޮންނަނީ އަބަދުވެސް،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ މައްސަލަ ދިގުދެންމި އިރު ކޯޓުގެ މެޖިސްޓްރޭޓަކަށް ހުރި ހަސަންދީދީ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެއީ، ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި އެ ކޮމިޝަނުން އެޅި ފިޔަވަޅެކެވެ.

މިހާ ދުވަހު ކޯޓުގައި އޮތް މައްސަލައިގެ ފައިލް ހުޅުވީ މިދިޔަ ހަފުތާގަ އެވެ. ދެ އަހަރު ނުވާ ކުއްޖާ އަށް ޖިންސީ ގޯނާކޮށް މުއައްސަސާތަކަށް ކުރިމަތިވި ޕްރެޝަރާ ގުޅިގެންނެވެ.

"ޕީޖީން ބަޔާން ނަގަން އަންނާނެ ކަމަށް އާއިލާ އަށް އަންގާފައި އެބަ އޮތް، ކީއްކުރަން މިހާރު އަންނަން ވީ، ބޭނުމެއް ނޭނގެ،" ހިތްހަމަނުޖެހިފައި ހުރި ބޮޑުބޭބެ ބުންޏެވެ.

Offenders | Child Sex Offenders Registry

Offenders | Child Sex Offenders Registry

ޖިންސީ ގޯނާކުރާ މީހުންގެ ރެޖިސްޓަރީ

43 ކޮމެންޓް, 208 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 61%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާއިރާ

22 January 2020

ސިދާތާމެންވެސް ހަމަ ކޮންމެގޮތެއް ވަރިހަމަވީމަ މިހެންމި ވަނީ ސިދާތާއަށް އުފުލޭ ވަރަށްވުރެ ބޮޑު ޒިންމާއަކީތޯ؟

The name is already taken The name is available. Register?

މޮހޮނުލ

22 January 2020

ގއ.ސަދޫމް ތީ

The name is already taken The name is available. Register?

ގޯނާ

21 January 2020

ރަށުގެ މީހުން ފުރަތަމަވެސް ތިކަމާ ނިކުތްނަމަ މި ދުވަސް ދެކޭކައް ނުޖެހުނީސް. . ޢެކަމަކު ދެރައީ ކޮންމެ މީހަކުވެސް ވަރިހަމަ ކޮށްލަެިގެން ތިބޭތީ. ޢެ .މީހެއްގެ ދަރި ނޫންވީމަ އަޅާ ނުލާ ތިބެނީ

The name is already taken The name is available. Register?

ޚަންމި

20 January 2020

ކޮބާ ތިރަށުގަ އުޅޭ ފިރިހެނުންތައް ސަހަރޯ ހީވޭ.. ފިޑި ބަޢިގަޑެއް އުޅޭ ރަށެއް ތިޔާ

The name is already taken The name is available. Register?

ދިވެއްސެއް85

20 January 2020

ހަމަ ރަނގަޅަށް ތިޔަ ބުނެވުނީ، ފިނޑި ކަމުގެ ލާމަސީލު މިސާލެކޭ ބުނެވޭނީ، އެ ކުޑަ ކުދިންގެ ހައްޤުގައި އެ މުސްކުޅި ހައިވާނަށް ކަމެއް ކޮށްލަން ކެރުނު އެންމެ ފިރިހެނެއްވެސް ނެތީ. ލަދުން ބޯ ހަލާކު.

The name is already taken The name is available. Register?

ބުލީބެކް

20 January 2020

82 އަހަރުގެ މުސްކުޅި ބޭގަނޑެއްދެކެ އެވަރަށް ބިރުން އުޅޭ ބަޔަކާމެދުވެސް ހައިރާންވޭ. މުއައްސަސާތައް ކޮށްދޭނެ ކަމެއް ކޮށްދޭނެ އިރެއް ބަލަންނުތިބެ ފަރުދީ ގޮތުން ކަމެއް ކުރެވޭތޯވެސް ނުބެލީމަ އެކަހަލަ މީހުންގެ އުނދަގޫ ބޮޑުވެ ހިސާބަށްވުރެ ބާރުގަދަވާނެ. ފުލުހުން އަޅާނުލީމަ ތިމަންނާމެން އެކަމާ އަޅާލައިގެން ކޮށްލެވޭނެ އަޑީ ކަންކަން ހުންނާނެ. މާ މާތްވެގެން އަބުއިވެގެން ބަސްއަހައިގެން އަހަރުތަކެއްވަންދެން އެއްޗެއް ނުބުނެ ތިބެގެން ކޮންކަމެއްތަ ހައްލުވާނީ؟

The name is already taken The name is available. Register?

ޢޭނަ

20 January 2020

ބިރު ގަންނާނެތާ! ކައުންސިލް އިދާރާގެ ވެރިޔަކީ އޭނާގެ އާއިލާ މީހެއް !ރަށު ކޯޓްގެ ވެރިޔަކީއޭނަގެ އާއިލާ މީހެއް ! ޢޭނަގެ މައްސަލަ ނުބެލުނުނު ސަބަބާއިމެދު ހައިރާނެއް ނުވޭ!

The name is already taken The name is available. Register?

ނަމޫނާ

20 January 2020

މައިންބަފައިންވެސް ތިއޮތީ ކުއްޖާ ހިމާޔަތްކުރުމުގައި ފޭލްވެފައި. އެ ކުއްޖާ ކުރިމަތީ އެއްފަހަރުވެސް އެމީހާއާ ދިމާއަށް އެއްޗެއް ބުނެލިތަ؟ އެކުއްޖާއަށް އެލިބެނީ ހަމައެކަނި އެމީހާގެ ފަރާތުން ލިބުނު ނަފްސާނީ ބިރުވެރިކަމެއްނޫން. އަމިއްލަ މައިންބަފައިންވެސް އެކަމާ ބަހެއްބުނިތަން ނުފެނި އެކުއްޖާއަށް އެމީހުން ހޯދަދިން ހިމާޔަތެއް ނެތްކަމުގެ އިހްސާސްވެސް ކުރެވޭނެ. ބޮޑުވެގެން އެކުއްޖާވެސް ވާންވީ އެކަހަލަ ކަމަކާ ދެކޮޅަށް ބަހެއްނުބުނާނެ މަންމައަކަށްތަ؟

The name is already taken The name is available. Register?

ހަސަނު

20 January 2020

މަސައްކަތުމީހާ ބިއްޖެހިފައި އިންާތީ ފުއްކިބައިގަ ގުޓެއް އެޅިމާ ތެޅިގެންފާ އަވަސް އަވަހަށް ކަންކުރާން އުޅޭ އުސޫލުން ދައުލަތުގެ އިދާރާތައް މަސައްކަތް ކުރާތަން މިފެންނަނީ.. ހާއްސަކޮށް ޕޮލިސް ސާރވިސްގެ ކަންކަން މި ފެނުނީ ވަރަށް ދަށްކޮށް.. ތަންތަނަށް އެއްވެ ގާއުކާ ބިއްލޫރި ތެޅިމާ ނޫނީ އަތްފައި ހިލުވާނުލާހެންވެސް އެބަހީވޭ...

The name is already taken The name is available. Register?

ގަޓް ބްރޯ

20 January 2020

ހުރިހާކަމެއް ހުއްޓާފަ މަޖިލިސްގެ ރައީސް އަރިހުގަ ރައްޔިތުން އެދެންވީ ބަންޑަަރްކޮށީގަ އެހެރެ ބޮޑު ޓީވީ ގަ "އަންދާ ޤާނޫނު" ދިވެހިބަހުން އަޑުއަޅައިގެން ކޮންމެ ހުކުރު ހޯމަ ވިލޭރެއަކު އިޝާނަމާދުގެ ފަހުން ދައްކައިދިނުމަށް. އޭރުން މުއައްސަސާތައް ނިދިން ހޭލަގާނެހެން ހީވޭ!

The name is already taken The name is available. Register?

ފަރަންދާ

20 January 2020

ނޮވެމްބަރު 4 ވަނަދުވަހު ދަރުމަވަންތަ ހޮސްޕިޓަލްގައިިި ޖިންސީ ފުރައްސާރަ ކުރިކުއްޖާގެ މައްސަލަ ބަލާ ފުލުސްމީހާ ކޮންމެ 5 ދުވަހުން ބަދަލުވާވަހަކަ ބުނަން އެސްއެމްއެސް ފޮނުވުމައްފަހު އިިހައްދުވަހު އެސްއެސް އަކުން އެންގީި މައްސަލަ ނިމިއްޖެވާހަކަ އަދި ތަފްސީލް ހޯދަން ފުލުސްމީހާ އަށް ގުޅާށޯ - މިކަހަލަ ބުރާންތިން ތަންތަނަށް ލީމަވާނެ ގޮތް މިފެންނަނީ!

The name is already taken The name is available. Register?

ސާލު

20 January 2020

މާލޭގެ ބިގްފިޝްކިޔާގެއެއްގައި އުޅުނު ފޯއްމުލަކު މީހަކު ނަހަލާލަށް ބަލިވެއިނދެ ވިހޭ ދަރިފުޅު މަރާލުމަށްފަހު ކޯސްޓްކިރު ހުސްކުރި ދަޅަކަށް ލާ އެއްލާލީމާ އުތުރުގެ ރަށަކަށް އަރުވާލި މިހާރު އެމީހާ އުޅެނީ އުނގޫފާރު ސްކޫލްގައި މަސައްކަތު މީހަކަށް . (މިއަންހެންމީހާ ސްކޫލްގައި މަސައްކަތްކުރާތީ ކަންބަޮޑުވުން ފާލުކޮށް ކަމާބެހޭ ހުރިހާތަނަކަށްވެސް އަންގާފަވާނެ އެކަމް ހިލަމެއްވެސް ނުވޭ ) ބިރުވެރި ނޫންތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454