ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު
15 އެޕްރީލް 2020 - 18:48
ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ ވަގުތުތަކުގައި އެންގުންތަކާ ހިލާފަށް މަގުމައްޗަށް ނުކުންނަ މީހުންނާ މެދު ހަރުކަށިކޮށް އަމަލުކުރާނެ ކަމަށާއި އެ ފަދަ މީހުން ކަރަންޓީނުކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކޮވިޑް-19 ޖެހިފައިވާ މީހަކާ އެއްވެސް ގޮތަކަށް ކޮންޓެކްޓްވެފައި ނުވާ ކަމަށް ބެލެވޭ މީހަކު މާލެއިން ޕޮޒިޓިވް ވުމުން، އެ މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ވަނީ މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ.
"ފުލުހުން ދެއްވާ ގައިޑްލައިންގެ އިތުރުން މަގުމައްޗަށް ނިކުމެ އުޅޭ ކަމުގައި ވަނީ ނަމަ 14 ދުވަސް ފުރިހަމަ ކުރަން ކަރަންޓީން ފެސިލިޓީއަކަށް ދުރުވާން ޖެހޭނެ"
ލޮކްޑައުންގެ ހާލަތުގައި އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ފުލުހުން ބޭއްވި ޕްރެސް ބްރީފިންގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، މި މަހު ކުރީ ކޮޅު ހިންގި ކާފިއުއާ ހިލާފަށް އަމަލުކުރި މީހުންނާ މެދު އެޅި ވަރަށް ވުރެ ހަރުކަށި ފިޔަވަޅު މިފަހަރު އަޅާނެ ކަމަށެވެ.
"ވަރަށް ބޮޑަށް ސްޓްރިކްޓް ކުރާނަން. ސަބަބަކީ ވަގުތުން ކަރަންޓީން ފެސިލިޓީއަކަށް ގެންދަން ޖެހުނު ކަމުގައި ވި ނަމަވެސް އެކަންތަން ވެސް މި ފަހަރު ކުރާނަން،" ނަވީން ވިދާޅުވި އެވެ. "ފުލުހުން ދެއްވާ ގައިޑްލައިންގެ އިތުރުން މަގުމައްޗަށް ނިކުމެ އުޅޭ ކަމުގައި ވަނީ ނަމަ 14 ދުވަސް ފުރިހަމަ ކުރަން ކަރަންޓީން ފެސިލިޓީއަކަށް ދުރުވާން ޖެހޭނެ."
އެޗްޕީއޭގެ އެންގުމުގައިވާ ގޮތުން ލޮކްޑައުންގެ ހާލަތުގައި އިސްތިނާވަނީ، ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އުޅަނދާއި އެމްބިއުލެންސާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީހުންނާއި އެ ފާސްދޫކޮށްފައިވާ މީޑިއާތަކުގެ މީހުން އެކަންޏެވެ.
ނަވީން ވިދާޅުވީ، މިކަމުގެ މަގްސަދަކީ ރައްޔިތުން ޖޫރިމަނާކުރުން ނޫން ކަމަށެވެ. އަދި ކުރިން ހިންގި ކާފިއުގައި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ޖޫރިމަނާ ކުރި ނަމަވެސް، ފުލުހުންގެ އެންގުންތަކާ ހިލާފަށް މިފަހަރު އަމަލުކުރާ ނަމަ 1،000 ރުފިޔާއާ ހަމަ އަށް ޖޫރިމަނާ ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މީހާ އަކީ ކަރަންޓީން ފެސިލިޓީއަކަށް ގެންދަން ޖެހޭ ވަރުގެ މީހެއް ކަމަށް ބެލެވިއްޖެ ނަމަ، އެ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.
މި ބައްޔަށް މިއަދު ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 54 މީހަކު މިހާތަނަށް އައިސޮލޭޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި އެއަށް ވުރެ ގިނަ މީހުން އައިސޮލޭޓް ކުރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ބަލި ރާއްޖެ އިން މިދިޔަ މަހުގެ ކުރީ ކޮޅު ފެނުމުން އެއް މަސް ދުވަހަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މިދިޔަ މަހުގެ 12 ވަނަ ދުވަހު ވަނީ އިއުލާނުކޮށްފަ އެވެ. އަދި މި މުއްދަތު މިމަހުގެ ނިޔަލަށްމި މަހުގެ 10 ވަނަ ދުވަހު ވަނީ އިތުރުކޮށްފަ އެވެ. ފަރުވާއެއް ހޯދިފައި ނުވާ މި ބަލި ފެތުރުން މަދުކުރުމަށްޓަކައި އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމެވެ. އެހެންވެ، ސިއްހީ އިދާރާތަކުން އަންނަނީ ގޭގައި މަޑުކުރާށާއި އެމީހެއްގެ އަމިއްލަ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދޭން އިލްތިމާސްކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣޣ
15 April 2020
ލޮކްޑައުން އާ ހިލާފްވާ މީހުންނަށް ވަރުގަދަ އަދަބް ދިނީމަ ރަގަޅު ވާނީ. އެހެން ގައުމްތަކުގަ ވެސް ވަރަށް ސްޓްރިކްޓް މިހާރު... މާލޭގަ މާ ބޮޑަށް ދޫދެވިފަ އޮތީ.... ކާފިއު އުވާނުލާ އެއިރުން ފެށިގެން 24 ގަޑިއިރަށް ކުރެއްވި ނަމަ ރަގަޅު ވީސް...
ޑރފަލަޑޭ
15 April 2020
ސައުފުތާހިރުގެ ވާހަކަ ދައްކާއިރު އެއުޅޭ ކަންމަތީ ގުރޫޕްތަކުގެ ކުދިން ބޯމަތީގަ އޮންނަ ރޯނުބޮޑި ކޮށާލާ ސަންޓާގެ ތިބުޅި ކޮށާލަބަލަ
ރުބެލް މިއާ
15 April 2020
އާރުމެން ބަންގްލަދޭޝް މީހުން ގެސްޓްހައުސްގަ ނުކައްކަނީ. ކާއެއްޗެހި ޕާރުސަލް ގެންނަނީ. ގެނެސް ފާރު މޮހޮރުގައި އަޅުވަނީ. ބޭރަށް ނުނިކުމެ ކާއެއްޗެހި ނުލިބެނީ. އާރުމެން ބަންގަލަދޭޝްމީހުން ކާފިއު ހިންގީމަ ބަނޑަށް މަރުވަނީ
ޑރފަލަޑޭ
15 April 2020
ކަލޭދާންވީނުން ތިހުރިހާ މީހުން ގޮވައިގެން ރަށަށް؟
ގުޑުގުޑާ
15 April 2020
ގައުމުގެވެރިއްނާ މުއައްސަސާތަކުގެ ތިއްބެވިޖާހިލުއްގެސަބަބުއް ސަބަބުއް މުޅިގައުމައްބޮޑެތި މުސީބާތްތަކުރިމަތިމިވަނީ އަދިވެސް ކަލޭމެއްއިސްލާހުވާކައްނުވޭބާ
ގަނީރު
15 April 2020
ނަވީން ވިދާޅުވިޔަސް ތީކީ ޤާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން. މިހާރަކު "އަމުރަށް ކިޔަމަން ނުވިއްޔޭ" ކިޔާފަ ހައްޔަރެއް ނުކުރެވޭނެ. ޤއ ބުނެފަ އޮންނާނެ އެއްވެސް މީހަކަށް އަދަބެއް ދެވޭނީ ޤާނޫނުގަ އެކުށާ އެ ކުށަށް ކަނޑައަޅާ އަދަބު ސާފުކޮށް ބަޔާްކޮށްފަ އޮވެގެންނޭ. ޤާނޫނުގަ އޮތީ ލޮކްޑައުންގަ ޖުޜިމަނާ ކުރާ ވާހަކަ. ކަރަންޓީނުކުރެވޭނެއެކޭ ނޯވޭ. އެހެން ނޫނަސް ކަރަންޓީނަކީ ފުލުހުންނަށް ފެނިގެން ކުރަން އޮންނަ ކަމެއް ނޫން.
falcon_autho
15 April 2020
ގާނޫނު އަސާސީ އަށް އަމަލުކުރެވޭ ގޮތާއި ޙާލަތާއި ގާނޫނު އަސާސީން ބާރުލިބިގެން ހަދާ ގާނޫނުތަކުގައި ހުންނަ ލިއުންތައް އިހަށް ކިޔައި ދަސްކުރަންވީނުން ކޮމެންޓް ލިއުމުގެ ކުރިން.
ގުދޯގުދޯ
15 April 2020
ގޮތަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައި ނުވުން. ދެން ފުލުހުންގެ އިސް ބޭފުޅަކު މީޑިއާކުރިމަތީގަ 14 ދުވަހަށް ކަރަންޓީނަށޭ ދާންޖެހޭނީ ބުނީމާ ވަރަށް ހުތުރު. ފުލުހުންނަށް ނެތް ބާރެއްގެ ވާހަކައިން ރައްޔިތުން ބިރު ގެންނެވުން ވަރަށް އަން ޕްރޮފެޝަނަލް.
ގުދޯގުދޯ
15 April 2020
ރަނގަޅު ވާހަކައެއް. މައްސަލައަކީ ކުރިއާލައި މިޙާލަތުގަ އެފަދަ މީހުން ހައްޔަރު ކުރެވޭ ގޮތަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައި ނުވުން. ދެން ފުލުހުންގެ އިސް ބޭފުޅަކު މީޑިއާކުރިމަތީގަ 14 ދުވަހަށް ކަރަންޓީނަށޭ ދާންޖެހޭނީ ބުނީމާ ވަރަށް ހުތުރު. ފުލުހުންނަށް ނެތް ބާރެއްގެ ވާހަކައިން ރައްޔިތުން ބިރު ގެންނެވުން ވަރަށް އަން ޕްރޮފެޝަނަލް.
ކެޔޮޅުބޭ
15 April 2020
ކާފިއު ގަޑީގަ ހުއްދަޔަކާ ނުލައި މަގުމަތީގަ އުޅުމަކީ މުޅިންވެސް ކޮވިޑް ވައިރަސްގެ "އަލާމާތް". އެހެންވީމަ އެފަދަ މީހުން ގަވާއިދުން އެކަހެރި ކޮށް ބަލި ނެތްތޯ ޔަގީން ކުރަން 14 ދުވަހަށް ކޮރަންޓީނު ކުރެވޭނެ. މިފަދަ މީހުން ކޮރަންޓީނު ކުރުމަށް ދޫނިދޫގެ ބައެއް ކަޑައެޅީމަ ގާނޫނަށް ފެތުނީ ނޫންތޯ؟ އީޒީ!
ޣޣ
15 April 2020
މި ބޭފުޅާ ކަރަންޓީން ކުރަން ފެނޭ
ޢަބްދު
15 April 2020
ކަރަންޓީނެއް ނޫން ކުރަންވީ. ބަނދުކުރަންވީ ޖަލުގައި. ކީއްކުރަން ގަވާއިދާ ހިލާފުވާ މީހުން އަރާމުގައި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބަންވީ؟ މިހާލަތުހައި ފަރުދީޒިންމާ އަދާ ނުކުރެވުމަކީ ކުށެއް ކަމަށް ބަލަން ސަންސެޓް ބިލެއް ފާސްކުރަން ފެނޭ
އާދަމް ބާއީ
15 April 2020
ތިބުނި ބަހުގެ ބާު އިނގޭނީ މިރޭ ނުވަތަ މާދަމާގެ ނިއުސްކޮންފަރެންސުން.
ބޮޑުގޮހޮޑާ
15 April 2020
ނަވީން އަށް އެނގިލައްވާބާ ކަރަންޓީނު މާނަ އާއި ކަރަންޓީނު ކުރަނީ ކިހިނެއް ވެގެން ކަމާ ޤާނޫނުގަ ކަރަންޓީނު ކުރެވޭ ޙާލަތްތައް؟
ކަނައްކަފޫރު
15 April 2020
މާލޭގައުޅެ ގިނަދުވަސްވި މީހުން ނިކަން ބޯހަރުވާނެ އުޅޭނީ ތިމާއަށް ފެންނަގޮތަކަށް ކަންކަން ނިންމަން އޭގެމިސާލު އެހެރީ މާފުށީ ޖަލުގައި ބޯހަރުވާ ގޮތްދޫނުކުރާނެ!
ސިމް
15 April 2020
ބައެއްމީހުނ ތިބެ ދާ ތި ރިޒޯޓްތަކައް ދާން ބޭނުން ވެފަ