11 އަހަރުގެ ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަނީސް. --ފޮޓޯ:ޕޮލިސް
13 ޖޫން 2020 - 19:44
އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް އިތުރުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު މާލޭގެ ގެސްޓް ހައުސްއަކަށް ކުއްޖާ ގެންގޮސް ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ "މިހާރު" އަަށް ކަށަވަރުވެފައިވާ ގޮތުގައި ހއ. ބާރަށު، އަނީސް ހިލްމީ އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެދިވަޑައިގެން ޕްރޮސިކިއުޓަ ޖެނެރަލްގެ ފަރާތުން ކޯޓުގައި އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދޭށެވެ.
އެކަމަކު ކޯޓުން މިއަދު އޭނާގެ ބަންދަށް ޖެހީ ހަތް ދުވަހެވެ. އެނގިފައިވާ ގޮތުގައި، އޭނާ ވަނީ ވަކީލެއްގެ ފުރުސަތަށް އެދިފަ އެވެ.
ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން މިއީ މިދިޔަ ފަސް އަހަރު ތެރޭ މިފަދަ އަމުރަކަށް ފުލުހުން އެދުނު ފުރަތަމަ ފަހަރެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުން، ކުށުގެ ތުހުމަތު ކުރެވޭ މީހަކާ މެދު، އެ ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް، ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، ގާނޫނުގެ ދަށުން ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާގެ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރަކަށް ޕޮލިސް ކޮމިޝަނަރަށް ޕީޖީގައި އެދެވިދާނެ އެވެ.
ކުޑަކުއްޖާގެ ރޭޕްގެ މައްސަލަ ބަލަމުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ރޭޕްކުރީ އެ ކުއްޖާ މަގުމައްޗަށް ނުކުތް ތަނުން، މަގުމަތީގައި ހުރި މީހަކު އެ ކުއްޖާ ގެސްޓް ހައުސްއަކަށް ގެންގޮސްނެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ވެސް ވަނީ އުމުރުން 16 އަހަރު ވެސް ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕްކުރި މައްސަލައެއް ފަޅައިއަރައިފަ އެވެ. މި މައްސަލައިގައި ވެސް 24 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާައަލީ45678
16 June 2020
ސިޔާސީ ކަމެއްނަމަ ޕެންޑްރައިވް އާއި ފިސްތޯލަ އާއި ހޯދައިގެން ނަމަވެސް 7 ދުވަސް ތެރޭ ދައުވާކޮށް ނިންމާނެ. ނިކަމެތި ރައްޔިތުންގެ ކަންކަމުގަ އަޅައެއް ނުލާނެ. ކިތައްދުވަސް ކަލޭމެންނަށް ދިނީމަތަ ހެކި ހޯދޭނީ.
Mohamed Saeed
14 June 2020
7 ދުވަސް ޖެހީ ފުލުހުން ، އެކަށީގެންވާ ހެއްކެތް ހުށަނާޅާތީކަން ޔަޤީން! އެކަށީގެންވާ ހެތްކެއް ހުށަހަޅާފައި ނުވަނީ ކޮއްމެވެސް ސިޔާސީ މީހެއްގެ ނުފޫޒުން ނޫންބާވައޭ ހިތައް އަރާ . އެހެންނޫނިއްޔާ ތިވާނީ ކޮއްމެވެސް ކަހަލަ ތުހުމަތަކަށް ތިކަލޭގެ ގެންގޮސްގެން އުޅެނީކަމަށް .
ހަޒާނާ
14 June 2020
އޮރިޔާން ސައިޓްތައް ބްލޮކް ކުރުމަށް ދިވެހި ރައްޔިތުން ގޮވާލަން ވީ އެވެ. އޭގެ އިން ހުރިހާ ވައްތަރެއްގެ ޖިންސީ އަމަލު ހިންގަން ދަސްކުރެ އެވެ.
ގަބޫލެއްނުކުރެވޭ
14 June 2020
ކިހިނެއް ކަލެއަށް ތިކަން އެނގުނީ ؟ މިސާލަކަށް ކޮންސައިޓެއް ؟
ގިއޮލޮޖި
14 June 2020
އިންސާނާގެ ހަށިގަނޑުގައިވެސް ހުއްދަނޫން ގޮތުގައި ބޭނުންކޮއްފިއްޔާ ގެއްލުން ވާނެ އެތައްގުނަވަނެއް އެބަހުރި އިންސާނާ އަށް ބުއްދިދެއްވީ ހެޔޮގޮތުގައި ކަންކަން ކުރުމައްޓަކައި، ޕޯރނޯގްރަފީ، ވެބްސައިޓް ތައްހުއްޓަސް ބޭނުންކުރާކަށް ނުޖެހޭނެ އީމާންތެރިކަން ރަގަޅުކުރީމަ ރަގަޅުވާނެ..
ދޮންވެލި
14 June 2020
ރާއްޖޭގެ ގިނަ ބަޔަކު އޮރިޔާން ސައިޓް ތަކަށް ވަދެ އެވެ. އެމީހުން އެ ބްލޮކް ކުރަން ބޭނުމެއް.ނުވާނެ އެވެ. މިސާލަކަށް ސިނގިރޭޓް ބުއިން.މަނާ ވާހަކަ ދެއް ކީމަ ރަނގަޅު ކޮމަންޓް އެއް ނުލިބޭނެ އެވެ. އެކަމާ ދެކޮޅަށް ގިނަ ބަޔަކު ނިކުންނާނެ އެވެ.
ާއިހްލާސް
14 June 2020
ކޮވިޑަށްވުރެ ނުރައްކާ ކަމެއް ތިފެށުނީ، މަގުމަތިން ކުދިން އަތުލައިގަނެ ރޭޕްކުރާ ހިސާބަށް މި ގައުމުގެ ކަންތައްތައް ތިދަނީ،
ފަލަކް123
14 June 2020
ސާބިތު ނުވަނީސް ޕަބްލިކް ހިތްހަމަ ޖައްސުވައިދޭން ކާކުކަން ހާމަކޮށްގެން ނުވާނެ،، ކުށްސާބިތުވީމަ ފޮޓޯ ޖަހަންވާނީ.
ތިނެއް...
14 June 2020
މި ޤައުމުގެ ކޯޓަކުން ދުވަހަކުވެސް ސާބިތުވާނެތަ؟ ސާބިތުވެގެން ފޮޓޯ ޖަހާފައި އެހުރީ. މިހާރު ނިސްބަތުން ބަލާނަމަ އިންޑިއާ އަށްވުރެ 200 ޕަސެންޓް ކުރީގައި ރާއްޖެ މިއޮތީ ރޭޕްގައި. ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަން
ހާސަރު
14 June 2020
ސާބިތު ކުރެވޭވަރު ހެކި ހުރީމަ ވަނަވަރު އެހާމަކުރީ އެހެންނޫންނަމަ ފުލުހުން ހާމަކުރާނެހެނެއް ހިޔެއްނުވޭ
އަސްލު މައްސަލަ
14 June 2020
60 އަށްވުރެ ގިނަ ކޮމެންޓް މި ހަބަރަށް ކޮށް ހޫނު އެތައް ބަހުސެއް ކުރެވިފަ ވާއިރު އަސްލު މައްސަލައިގަ ވާހަކަ ހަމަ އެކަކުވެސް ނުދައްކާ، އެއީ ކީއްވެ؟ އެއީ އެ މައްސަލަ ދައްކައިފިނަމަ ހުދު ތިމާއަށްވެސް ލިބޭ އުފާ ގެއްލިދާނެތީތަ؟ އަސްލު މައްސަލައަކީ ހުޅުވާލެވިފައިވާ ޕޯރނޯގްރަފީ، އެންމެ ކްލިކަކުން ވަދެވޭ، އަތް މަތީ ފޯނުން އެކްސަސް ވެވޭ އެފަދަ ވެބްސައިޓް ތައް، މުސްތަކުބަލިގެ ދަރިންނާ ދަރީންގެ ދަރީންނަށްޓަކައި ކުރަންވީ ކަމަކީ އެފަދަ ވެބްސައިޓްތައް ބްލޮކް
އައިއައި
14 June 2020
ހަމަ ރަނގަޅައްވެސް ތީ އަސްލު މައްސަލައަކީ.
އަސްލު މައްސަލައަށް ތާޢީދު
14 June 2020
ފެންއަރަމުންދާ މި ބާގަނޑު ބަންދުނުކޮށް ކިތަންމެ ވަރަކަށް ދިޔަ ހިއްކިޔަސް ވާނެ ހައްލެއް ނެތެވެ. މިހާ ދަށުދަރަޖައިގެ ސުންޕާ ކަންކަމަށް އިންސާނަކު ހަމަހުރެފައި އަރައި ނުގަންނާނެއެވެ. އެއްގޮތުން ވިއްޔާ އޭނާ ހުންނާނީ އެފަދަ ޖަރީމާތަކަށް 'ޙިއްސުކެނޑިފަ' އެވެ. އަނެއްގޮތުން ވިއްޔާ ބުއްދި ފަސްދީފައެވެ. 'ޙިއްސުކަނޑުވަނީ' ޕޯރނޯގްރަފީއެވެ. ބުއްދި ފަސްކުރުވަނީ މަސްތުވާތަކެއްޗެވެ. މި ދެ ވަބާ ރާއްޖޭގައި ވަނީ ހައްދެއް ނެތް މިންވަރަށް ފެތުރިފައެވެ.
ހާސަރު
14 June 2020
ޕޯން ސައިޓްތައް ބަންދު ކުރުން އެއީ ކުރަންވެއްޖެ ކަމެއް. އެކަމަކު އަސްލު މައްސަލަ އަކީ އެއީ ކަމަށް ދެކިގެން ނުވާނެ. ބައިވަރު މައްސަލަ އެބަހުރި. ކޮންމެ ގޮތެއްވިއަސް ކުޑަކުދިންނާ ބެހުން ހުއްޓުވެން އެބަޖެހޭ. ކުދިން ހޭލުންތެރިކުރުވަން އެބަޖެހޭ. ރަގަޅަށް ކިޔާދޭން އެބަޖެހޭ. މައިންބަފައިންގެ ޒިންމާ ރަގަޅަށް ނަގަންޖެހޭ. މުޖްތަމައުގަ ފަރުދުންގެ ޒިންމާ ނަގަން އެބަޖެހޭ. ބޮޑުވަރިހަމައިގައި ތިބެގެން ވާކަށްނެތް.
ރިހި ރާންބާގަސް
14 June 2020
މުޖުތަމާގަ މިކަހަލަ ފާހެށި ނުރައްކާތެރި އަމަލް ހިންގާ އެކަމުގަ ހުރިހާދިމާލަކުން ބައިވެރިވާ މީހުންނާމެދު ހަރުކަށަ ފިޔަވަޅު އަޅަންޖެހޭނެ! ދެރަކަމަކީ މިފަދަކަންކަން މިމުޖުތަމާގަ އިތުރުވަމުން އަންނަކަން!
އިބްރާ
14 June 2020
އިންސާނީ ހައްގުގެ ތެރެއިން މިގޮތަށް ޖަރީމާ ހިންގާ އެންމެންްގެ އަދަބު ލިބެނީ ސަރުކާރަށެވެ. ދެން މީނާ ބަންދުކުރާނީ ޖަލުގައެވެ. އިންތިޚާބް ކައިރިވުމުން ދޫކޮށްްލާނެއެވެ. އަދަބަކީ އެއީއެވެ. ޖަލުގައި ހޭދަކުރާ ކޮންމެ މަހަކަށް ދައުލަތުން 12000ރ އަށްވުރެ ގިނައިން ޚަރަދު ކުރާކަމަށްވެއެވެ. އިސްްލާމްދީނުގައިވާ އަދަބުތަށް ދެވޭނަމަ ދައުލަތަށް ބާރުކުޑަވެފައި މީހުން އިސްލާޙްވެފައި ކުށްތަކަށް އަރައިގަތުންވެސ މަދުވާނެ.
ހަކީމް
14 June 2020
ހެޔޮ ގޮތުގައި އިސްލާމީ ޝަރީއަތް ގާއިމު ކުރާނަމަ ކުއް ކުރާމީހުން މަދުވާނެ. ދެން ޖަލުގައި ތިބޭ މީހުންނަށް މޮޅު ކެއުމާއި ، ގޮދަޑީގައި ނިދުން ހަމަ ޖައްސާކަށް ނުޖޭހޭ. ބަޔެއް މީހުން އެބައުޅޭ އެއާ ކޯން އެޕާޓްމަންޓްގައި ކޭބަލް ޓީވީ ލައިގެންވެސް. މީވެސް ކުއްވެރިންނޯ ...
އިބްރާ
14 June 2020
މިގޮތަށް މީހުން ކޮށްފައިވާ ނުބައިކަންކަން ޢާއްމުކޮށް އަދަބުނުދީ ފަޟީޙަތްކުރުމުން ރާއްޖޭގައި މިފަދަ މައްސަލަތަށް ވަނީ މަދުތޯ ނުވަތަ ގިނަތޯ؟ ގިނަވާނަމަ އަދިވެސް އިސްލާމްދީނުގައިވާގޮތަށް ހުކުމް ތަންފީޒުކުރާން ނުވޭތޯއެވެ؟