ރޭޕްގެ ތުހުމަތު ކުރެވޭ އަނީސް: ފުލުހުން ބޭނުންވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން.
16 ޖޫން 2020 - 11:54
އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަލުން އެދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭގެ ގެސްޓު ހައުސްއަކަށް ކުއްޖަކު ގެންގޮސް ރޭޕްކުރި ކަމުގެ ތުހުމަތު ކުރަނީ ހއ. ބާރަށު، އަނީސް ހިލްމީ 38، ގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށް، ފުލުހުން ވަނީ ފޮޓޯ ވެސް އާއްމުކޮށްފަ އެވެ.
ޚާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރާ މި މައްސަލައިގައި ފުލުހުންގެ އެދުމުގެ މަތިން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފުރަތަމަ އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓާށެވެ. އެކަމަކު، އަނީސް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ދިން ހަތް ދުވަހެވެ. އެއީ، ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަށް އޭނާ އެދުމުންނެވެ.
ޝަރީއަތް ނިމެންދެން އަނީސް ބަންދު ނުކުރުމުން ފާޑުކިއުން އަމާޒުވި އެވެ. ކުދި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ބޮޑެތި އަދަބު ދީ، ޖަލު ހުކުމް އިއްވާއިރު ކުޑަކުދިން ރޭޕްކުރުން ފަދަ އަނިޔާވެރި އަމަލު ހިންގާ މީހުން ދޫވުމުގެ ކަންބޮޑުވުމާ އެކު ފުލުހުންނާއި ކޯޓުތަކުން އިންސާފު ނުލިބޭނެ ކަމުގެ ތުހުމަތު މި ކޭސްއާ ގުޅިގެން ވެސް ކޮށްފައިވެ އެވެ.
ފުލުހުން ބުނީ ޝަރީއަތް ނިމެންދެން އަނީސް ބަންދުކުރަން ދެން އޮންނަ މުއްދަތު މަޖިލީހެއްގައި ފުލުހުން އަލުން އެދޭނެ ކަމަށެވެ. އެގޮތަށް ވަކާލާތު ކޮށްދޭން ޕޮރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެދިވަޑައިގެންފައިވާ ކަން ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ފާހަގަކުރެއްވި އެވެ.
ފުލުހުން ބުނިގޮތުގައި ތަހުގީގުގައި ބެލިބެލުމުން، އެ ކުއްޖާ ރޭޕްކުރީ ގްރޫމްކޮށްގެން ކަން ވަނީ އެނގިފަ އެވެ.
ގްރޫމްކު ރުމަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން ފައިސާ އާއި އެ ނޫން ވެސް މާއްދީ އެއްޗެއް އެ ކުއްޖާގެ ބެލެނިވެރިން ނުވަތަ ބަލަން ހަވާލުވެފައިވާ ބަޔަކަށް ދީ، އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކޮށްފި މީހެއްގެ އަދަދަކީ 10 އަހަރަށް ޖަލަށް ލުން ކަން ވެސް މި ކޭސްއާ ގުޅިގެން އާއްމުކުރި ހޭލުންތެރި ކުރުވުމުގެ މައުލޫމާތުތަކުގައި ގާނޫނުތަކާ ހަވާލާދީ ފުލުހުން ހަނދާން ކޮށްދީފައިވެ އެވެ.
ގްރޫމް ކުރުން: ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުަމަށްޓަކައި އެކުއްޖާ ގްރޫމްކޮށްފި މީހެއްގެ އަދަބަކީ 10 އަހަރު ދުވަހަށް ޖަލަށްލުމެވެ. އަދި އެމީހަކީ ކުޑަ ކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހެއްނަމަ އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ.#Grooming #SexualAbuse pic.twitter.com/RmSQ3KMysV
— Maldives Police (@PoliceMv) June 14, 2020
ޝަރީއަތް ނިމެންދެން އަނީސް ބަންދުގައި ބަހައްޓަން ފުލުހުން އެދުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. މިއީ މިދިޔަ ފަސް އަހަރު ތެރޭ މިފަދަ އަމުރަކަށް ފުލުހުން އެދުނު ފުރަތަމަ ފަހަރެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުން، ކުށުގެ ތުހުމަތު ކުރެވޭ މީހަކާ މެދު، އެ ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް، ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، ގާނޫނުގެ ދަށުން ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާގެ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރަކަށް ޕޮލިސް ކޮމިޝަނަރަށް ޕީޖީގައި އެދެވިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ45678
16 June 2020
ސިޔާސީ ކަމެއްނަމަ ޕެންޑްރައިވް އާއި ފިސްތޯލަ އާއި ހޯދައިގެން ނަމަވެސް 7 ދުވަސް ތެރޭ ދައުވާކޮށް ނިންމާނެ. ނިކަމެތި ރައްޔިތުންގެ ކަންކަމުގަ އަޅައެއް ނުލާނެ. ކިތައްދުވަސް ކަލޭމެންނަށް ދިނީމަތަ ހެކި ހޯދޭނީ.
Ageelanbaa
16 June 2020
އަވަހަށް ހެކި ޕީ.ޖީ އަށް ފޮނުވައިގެން ފުލުހުން ތިކަން އަވަސް ކޮށްބަލަ. ޝަރީއަތް ނިމެންދެން ބަންދުގަ ބަހައްޓަން ހުކުމް ކުރީމަ ފުލުހުން ދެންނޫޅޭނެ ތިމައްސަލަ ޕީ.ޖީ އަށް ފޮނުވާކަށް. އެހިސާބުން ރިލެކްސްވީ. ދެން ހަމަސް ދުވަސް ފަހުން ކޯޓަށް އެމީހާ ހާޟިރުކުރާއިރު ހެކި ވީ ތަނެއް ނޭގޭނެ. ދެން ގާޒީ ހެކި ނެތިގެން އޭނާ ދޫކޮށްލީމަ ގާޒީ ވަރުގެ ނުބައި މީހަކު ނުހުންނާނެ. 20އަހަރުގެ ޖަލުހުކުމެއް ފުލުހުންގެ ނާޤާބިލް ކަމުން 6 މަހުން ނިމުނީ. .
ސާލިހު
16 June 2020
ކުއްހުއްޓުވޭވަރު އަދަބުނުލިބޭހާހިނދު ނުހުއްޓާނެ!!!!
ސަލިހު
16 June 2020
ގާނޫނުއަސާސީބަދަލުކޮށްގެން ކަމައްވިޔަސްވަރިހަމަ ތިކަހަލަމީހުން މުޖުތަމައައްދޫވެގެންނުވާނެ ދޫވަންޏާ މައްސަލަ ފުލުހުންނައް ހުށައެޅުމުގެބޭނުމެއްނެތް މަގުމަތިންނިންމާ!!!!
ރަދީފްއޮފިޝިއަލް
16 June 2020
މިމީހާ ފެނުނަސް ހޮޑުލަވާ.ލަދު ކޮބާ؟؟؟ ވ.ވެދުން
ފަޤީރުކޮއެ
16 June 2020
ތިމައްސަލައަަށްވުރެ މިޤައުމުގެ ސިޔާސީމީހުންނަށް "ވަހީދުއާ ޖޯރޭގެ" މައްސަލަ މާމުހިއްމު!
ގުޑުގުޑާ-1
16 June 2020
ކޮބައިތަ ހޯރަ އިއްބެ
ނިރު
16 June 2020
ހެކިހޯދާށޭ ތިމީހާ ކޯޓަށް ގެންދިޔުމުގެ ކުރިން. ޤާޒީ ކުރިމަައްޗަށް ގެންގޮސް ތަހްގީގް ނިމެންދެން ބަންދު ކޮއްދޭށޭ ބުންޔަސް ހެކިނެތީސް އަގަބަހުން ބުނެލާ ބުނުމަކަށް ޤާޒީ އެފުރުސަތެއް ދެނެއް ނުދޭނެ. ނުވެސް ދެވޭނެ. ޤާޒީން ބަންދަށް މީހުން ބައިތިއްބާނީ ހެއްކާ ގަރީނާގެ މައްޗަށް ބަލާފަ. އެމީހާ ބަންދުގަ ބެހެއްޓުމުގެ ބާރުއޮތީ ތަހްގީގްކުރާ ފަރާތުގެ އަތްމަތީގަ އެއީ ހެކިހޯދުން. މިހާރުވެސް އެމްޑީޕީން ގާޒީންނާ ދިމާލަށް ގޮވާނަގަނީ ކޯޓަށް ގެންދާއިރަށް ވާނުވާ ޖަހަނީއޭ