ކުއްޖަކު ރޭޕްކޮށް ބްލެކްމެއިލް ކުރިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އުނައިސް އަހްމަދު
27 ޖޫން 2020 - 19:35
އުމުރުން 16 އަހަރުގެ ކުއްޖަކާ ރައްޓެހިވެ އެ ކުއްޖާގެ އާއިލާ އަށް އޮޅުވާލައިގެން، ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މާލެ ގެނެސް އެ ކުއްޖާ އަށް ޖިންސީ ގޯނާކޮށް، ކުއްޖާގެ އާއިލާގެ އަތުން ފައިސާ އަތުލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އުނައިސް އަހްމަދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހަތަރު ދައުވާއެއް އުފުލައިފި އެވެ.
ޕީޖީ އޮފީހުން ބުނީ ބ. ތުޅާދޫ ހިޔާވަހި، އުނައިސް ވަނީ ޝަހުސު އޮޅުވާލައިގެން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ރައްޓެހިވެ، އެ ކުއްޖާގެ ބައްޕަގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދާފައި ކަމަށެވެ. އެ ކުއްޖާ ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މިދިޔަ މަހުގެ 27 ގައި މާލެ ގެނެސް، ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ ،ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޕީޖީން ބުންޏެވެ.
އުނައިސްގެ މައްޗަށް ދައުވާކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ ވަނަ މާއްދާގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 312 ވަނަ މާއްދާގެ ދަށުން ޝަޚްސު އޮޅުވައިލުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ އެވެ.
ޝަރީއަތް ނިމެންދެން މިހާރު ބަންދުކޮށްފައިވާ، އުނައިސްގެ މައްޗަށް ކްރިމިނަލް ކޯޓުގައި މި އުފުލި ދައުވާތަކުގެ ތެރެއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށް ސާބިތުވެއްޖެ ވެއްޖެ ނަމަ 10-14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެ އެވެ. ޝަހްސު އޮޅުވައިލުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ނުވަ މަހާއި 18 ދުވަހުގެ ހުކުމެއް، މަކަރާއި ހީލަތް ހެދުމުގެ ދައުވާ އިން ވެސް ނުވަ މަހާއި 18 ދުވަހުގެ ހުކުމެއް އަދި ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރުގެ ހުކުމެއް އަންނާނެ އެވެ.
އުނައިސް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އެންގި އެވެ. އެއީ އޭނާއާ ދެކޮޅަށް ހެކި ހުއްޓަސް، އެއީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ބަޔާންކުރާ ލިސްޓުގައި ހިމެނޭ ކުށަކަށް ނުވާތީ ކަމަށް ބުނެ އެވެ. އެ ލިސްޓުގައި ނުހިމެނޭ ކުށްތަކުގައި 15 ދުވަހަށް ވުރެ އިތުރަށް ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާތީ އާއި އެ މީހާ 15 ދުވަސް ބަންދުގައި ހޭދަ ކޮށްފައިވާތީ އެ ގާނޫނުގެ ދަށުން އެ މީހާ އިތުރަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް އެ އަމުރުގައިވެ އެވެ.
ނަމަވެސް ޖެހިގެން އައި ދުވަހު އުނައިސް އަލުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ، މި ފަހަރު އަމުރު ނެރުނީ އުނައިސްގެ މައްޗަށް ކޮށްފައިވާ އެހެން ތުހުމަތުތައް ކަމަށްވާ ޝަހްސު އޮޅުވައިލުމާއި މަކަރާއި ހީލަތުގެ ތުހުމަތުގައި ހައްޔަރުކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޖާ
12 July 2020
ކޮބާތަ މަ ފިރިސޮރު
ސަރަކަގުޑި
06 July 2020
ކަލޯ، ތުޅާދޫ މީގަދަ ރަށެއް....
އޭނަދޫކުރުނއމް
28 June 2020
އޭނަދޫކުރަން އަމުރު ނެރުނީ ބޮޑު ކުށަކަށް ނުވާތީއޯ. އަނެއްކާ ހައްޔަރު ކުރީ ޝަޙުސު އޮޅުވާލުމާ މަކަރާ ހީލަތަށް. ސުވާލަކީ ރޭޕުކަންތައް މިހާ ބޮޑުވެގެން އުޅޭއިރު އެއްކަލަ ކުޑަކުދިންނާ ބެހުން ބޮޑު ކުށަކަށް ހަދަން އުޅުނު މީހުން ކޮބާ. އެކަން އަދިވެސް ނުވަނީތަ. މަހީކުރީ އޮޅުވާލުމާ ހިޔާނާތައް ވުރެވެސް ކުޑަ ކުއްޖަކާ ބެހުން ބޮޑު ކަމަކަށް ވާނެއޭ
އަޒުމާ
11 May 2022
ހިސާން ހުސެއިން މެމްބަރަކީ ފަސޭހަވާނެ ދޯ! މަގޭ ސުވާލަކީ 16 އަހަރު، ރައްޓެހި ވެގެން، އޮޅުވާލައިގެން ގެނައީ ކިހިނެއްބާއޭ؟ އަނެއްކާ ޑޮކްޓަރަށް ދައްކަން، މައިންބަފައިން ކޮބާ؟ ތީގަ ވަރަށް ހަމަނުޖެހޭ އެތައް ކަމެއް އެބަހުރި..
އިބިރިހިންބެއްޔާ
28 June 2020
ސުރުޚީ ބަރާބަރު. ކުޑަކުދިންގެ ރައްކާތެރިކަމަށް އިޙްތިރާމް ކުރަންޖެހޭ.
ވަހީދުއްދީން
28 June 2020
ދަރިންނާއި މެދު ފަރުވާ ކުޑަ ކުރާ މައިން ބަފައިންގެ ފޮޓޯ ޢާއްމުކުރަން އެބަ ޖެހޭ.
ރިހި ރާންބާގަސް
28 June 2020
ކުޑކުދިންގެ ހިޔާލީ ވާހަކަ ތަކުގަ އުޅޭހިޔާލީފުރޭތަ! މިޔަދު މިފެންނަނީ އިންސާނުންގެ ސިފައިގަ ކުޑަކުދިންގެ ލޭބޯ ފުރޭތަ އުޅޭ ހަގީގީމަންޒަރު! ހުރިހާކުޑަކުދިން ސަމާލުވަންވީ މިފަދަ ފުރޭތަ އާއިމެދު! މިއަދުގެ މައިންބަފައިން ދަރިން ތަންކޮޅެއް ރަނގަޅަށް ބަލަން އެބަޖެހޭ!
ޙަލީމާ
28 June 2020
މުޅި މާލެ ބަނދުކޮށް މާލޭގެ މީހުން ގެއިން ނުކުތުން މަނާ ކޮށްފައި އޮއްވައި އެކުއްޖާއަށް މާލެ އެރުނު ގޮތެއް ބަލަން އެބަ ޖެހޭދޯ؟ ކުރީރޭ ހުޅުމާލޭގެ ފަޅުގައި އޮތް ސަފާރީއަކަށް ބިދޭސީ އަންހެނަކަށް އެރުނު ގޮތެއް ވެސް ހޯދަން ޖެހޭ. އިސްކުރެއް ދޫކޮށްފައި ބަހައްޓާފައި ކިތަންމެ ވަރަކަށް ފެން ހިއްކަން އުޅުނަސް ފެނެއް ނުހިނޭނެދޯ؟15 އަހަރު ނުވާ އަންހެން ކުދިން ގެސްޓް ހައުސްތަކަށް ނުދެވޭނެ މައިން ބަފައިންގެ އިހުމާލުން ނޫން ގޮތަކަށް.
މީހާ 12
28 June 2020
މިއުމުރުގެ ކުދިންނަށް ވެސް އެބަ ޖެހޭ ހަނދާން ނުނެތޭނެ ވަރަށް ހޭލުންތެރި ކުރުވަން.
ޙަލީމާ
28 June 2020
އަންހެން ކުއްޖާގެ ބައްޕަގެ ފޮޓޯ ވެސް ހާމަ ކުރަންވާނެ ކަމަށް ދެކެން. ތިމާ ބަލަން ޖެހިފައިވާ ދަރި އެހެން މީހަކާއި ހަވާލު ކުރީތީ. އަދި ލޮކްޑައުންގައި މާލެ ބަންދުކޮށް އެއްވެސް މީހަކަށް މާލެއަށް ނާރަން އަނގާފައި އޮއްވާ ދަރި މާލެއަށް އެރުވީތީ.
ދެރަ ކަމެއް
27 June 2020
ހުޅުމާލޭ ބަދަރުގައި އޮތް ޔޮޓް ދެ ފަޅުވެތިން ރޭޕްގެ ތުހުމަތުގައި ރެޑް ހޭޑް ކޮށް ހައްޔަރު ކޮށްފައި ދޫކޮށްލީ ކީއްވެތޯއެވެ؟
ސަންޕާޅޯ
28 June 2020
ދޫކޮށްލީ އަންހެން މީހާ ފަތިސް ގަޑީގައި ޔޮޓަށް ދިޔަ މައްސަލަ ފުރަތަމަ ބަލަން ވެގެން. މީހެއްގެ އެތައް މިލިޔަން ރުފިޔާގެ ޔޮޓަކަށް ވެރިފަރާތުން ހުއްދަ ނުހޯދާ އަރައިގެން ނުވާނެއެއްނު.
ރީތި މޫސަ
28 June 2020
ދޫކޮށްލީ ދަންނަ ރައްޓެހިބަޔަކަށްވާތީ ކޮންމެކޮންމެބަޔެއްކަންކަމުގާ ކުއްވެރުޔެއްނުވާނެ ހެޔޮ ދީނަށް ފުރައްސާރަކުރިޔަސް ރޭޕްކުރިޔަސް މަގުފޭރުނަސް މަރާމަރީ ހިންގިޔަސް ސީދާ ޑިމޮކްރެސީ
ޖީހާނުގެ ހަޒް
28 June 2020
ހުއްދަ ނުނަގާ ޔޮޓަށް އެރުމުގެ އަދަބަކީ އަންހެނަކު ނަމަ ރޭޕް ކޮށްލުންތޯ ސަންޕާލޯ ؟ އަދި ވެސް ހިއުމަންރައިޓުސް އޭ އަންހެނުންގެ ކަރާމާތޭ ކިއައްޗޭވެ.
ސަންޕާޅޯ
28 June 2020
އަޖައިބެއް، މަށެއް ނުބުނަމޭ މީހަކު ރޭޕު ކުރާށެކޭ. މަބުނީ ސަފާރީއަށް އެރި މައްސަލަ ބަލާފައޭ އޭގެ ފަހުން ހިނގި ކަމެއް ބަލަން ޖެހޭނީ. އަދި ރޭޕު ކުރި ކަމެއް ވެސް ނޭނގެއެއްނު.