ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައާ ގުޅިގެން މާލޭގައި މިއަހަރުގެ ކުރީކޮޅު އެއްވުން ބޭއްވި ސަރަހައްދަށް އޭރުގެ ޖެންޑަ މިނިސްޓަރު ޝިދާތާ ވަޑައިގެންނަވަނީ: --. ފޮޓޯ:ނިޝާން އަލީ/މިހާރު
28 ޖޫން 2020 - 16:43
ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ވެސް ފެންނަނީ މިސްރާބު ގޯހުންދާތަން ކަމަށް ވިދާޅުވެ، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިހުސާސްތައް މިއަދު ބަންޑުންކޮށްލައްވައިފި އެވެ.
މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ނާގާބިލްކަމުގެ ފާޑުކިޔުންތަކާއެކު ޝިދާތާއަށް ޕްރެޝަރު ބޮޑުވީ، ކުޑަކުދިންނާ ގުޅުންހުރި ސީރިއަސް ގިނަ މައްސަލަތަކެއް ފެންމަތިވުމުންނެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ، ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭއިރު ވެސް، އަހުމަދު ހިޝާނަށް ޑިސެބިލިޓީ އެމްބެސެޑަރުކަން ދިނުމާއި ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމުގެ މައްސަލަ އެވެ.
އެ މައްސަލަ ހޫނުވެ، ޝިދާތާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ނިންމާފައި ވަނިކޮށް އިސްތިއުފާ ދެއްވި ޝިދާތާ ވަނީ، އޭނާ އަށް އަމާޒުކުރި ފާޑުކިއުންތަކަށް ފުރަތަމަ ފަހަރަށް މިއަދު ޖަވާބު ދެއްވައިފަ އެވެ. ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުން ފަދަ މައްސަލަތައް ނުހުއްޓުވިގެން އުޅެނީ އޭނާ މަގާމުގައި ހުންނެވުމުން ކަމަށް އަޑު އުފުލި މީހުންނަށް ވެސް ރައްދު ދެއްވި އެވެ.
ޝިދާތާ ފޭސްބުކްގައި ލިޔުއްވި ޕޯސްޓުގައި ވިދާޅުވީ، އޭނާ މިނިސްޓަރުކަމުގައި ހުންނެވިއިރު ކުޑަކުދިންނާއި އަންހެނުންނާއި އިންސާނީ ކަރާމާތަށް ގުޅުންހުރި މައްސަލަތަކުގައި ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ ޖެންޑާ އަދި ހިއުމަން ރައިޓްސް ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު "ދެފައި އެއްތާ ނުޖަހާ" ކަމަށެވެ.
އޭނާ ވިދާޅުވީ ފެބްރުއަރީ 5 ގައި މަޖިލީހުން ބޭއްވި ޖަލްސާގައި މެމްބަރުންގެ އުދާސްތަކާއި ރުޅިވެރިކަން ހިފެހެއްޓުމެއްނެތި ބަންޑުންކޮށްލިތަން ފެނިގެން ދިޔަ ކަމަށެވެ. އެކަމަކު އޭރު ކަންބޮޑުވުން ފާޅުކުރި މައްސަލައިގައި ހިމެނޭ ޑިސެބިލިޓީ އެމްބެސެޑަރު ވެސް ދޫވެއްޖެ ކަމަށް ވިދާޅުވި އެވެ.
ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަހުމަދު ހިޝާންގެ މައްޗަށް ދައުވާކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތުމުން އެ މައްސަލައިގައި ދައުވާނުކޮށް، އޭނާގެ ޝިކާރައަކަށް އިތުރު ކުދިން ވޭތޯ ބަލަން އާއްމު އިއުލާނެއް ކުރަން ފުލުހުންނަށް ލަފާ ދޭން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ނިންމައިފަ އެވެ. އެކަމަކު އެފަދަ އިއުލާނެއް ފުލުހުން މިހާތަނަކަށް ނުކުރެ އެވެ.
"އެފަދަ އެތައް މައްސަލައެއް މައްސަލައަކަށް ނުވެ ހިނގައްޖެ. މިހާރު އަޑު އިވެނީ ރޭޕްގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ނުފޫޒުގެ ސަބަބުން ގާނޫނު އަރާ ހަމަ ނުކުރެވިގެން އުޅޭ ވާހަކަ. ޖިންސީ އަނިޔާ ކުރާ މީހުން ކުރާ އަމަލު ކުށަކަށް ނުވެގެން ދޫވެގެންދާ ވާހަކަ،" ޝިދާތާ ފޭސްބުކްގައި ލިޔުއްވި އެވެ.
"އޭރު އަޅުގަނޑުގެ އޮފީސް ދޮށުގައި މުޒާހަރާ ކުރި މީހުން މިއަދު ފެންނާކަށް ނެތް. މީޑިއާތަކުގައި މި ވާހަކަތައް ކެކެނީ ވަރަށް ހޫނު މަޑުކޮށް،"
އިންސާނީ ހައްގުތަކުގައި ވަކާލާތު ކުރާ މީހުން ޝިދާތާގެ އިސްތިއުފާއާއެކު ނިދިއްޖެ ކަމަށާއި ހެޔޮ ނިޔަތުގައި އެދުވަހު ތެދުވެ ތިބިނަމަ މިއަދު އެ މަންޒަރު އެގޮތަށް ނުފެންނާނެ ކަމަށް ވިދާޅުވި އެވެ.
"މުޖުތަމައުގެ މިފަދަ މައްސަލަތަކަކީ ވަކި މީހަކު ފުނޑާލަން ނުވަތަ ސިޔާސީގޮތުން ހަމަލާދޭ ހަތިޔާރަކަށް ހަދައިގެން އުޅޭހާ ހިނދަކު ހަގީގީ ހެޔޮ ބަދަލެއް ނާންނާނެ. މިއަދު ވެސް މި ފެންނަނީ މިސްރާބު ގޯހުން ގޯހަށް ދާތަން،" ޝިދާތާ ވިދާޅުވި އެވެ.
ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައި، މާދަމާ އަށް އެޖެންޑާ ކޮށްފި އެވެ. އެ މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކުރި އެވެ. އެކަމަކު ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެ މީހުން ދޫކޮށްލުމުން އެކަމުގައި ސަރުކާރާ ގުޅުން ހުރި ސިޔާސީ ފަރާތްތަކުގެ ބައިވެރިވުުން އޮތް ކަމަށް ވެސް ސޯޝަލް މީޑިއާގައިި ދަނީ ތުހުމަތު ކުރަމުންނެވެ. ޚާއްސަކޮށް، ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރެއިން އެކަކާ ސިޔާސީ މީހަކާ ގުޅުން އޮތް ކަމަށް ބުނާއިރު، ފުލުހުން އެކަމުގައި ހިމޭނުން ތިބޭ މައްސަލަ ވަރަށް ބޮޑެވެ.
އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރި މީހުން ވަނީ ޖިންސީ ގޯނާކުރި މީހުން ހައްޔަރުކޮށް ހައްގު އަދަބު ދިނުމަށް ގޮވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމީހާ
30 June 2020
ކުށްކުރަނީ ވަކިމިނިސްޓަރަކު ހުރީމަކާނޫން މައްސަލައަކީ ޒިންމާ އުފުލޭފަދަ ހިތްވަރުނެތުން ބާރާ ނުފޫޒުގެ ދަށުގައި ފިތިފައި ތިބުން ސިދާތާ އަށް އިނގިލި ދިއްކުރެވޭކަށް ނެތް އިބްތިހާލު މައްސަލާގެ ކުރިން ފެންމަތިވީ އިބްތިހާލުގެ މަންމަ އާފިޔާގެ މައްސަލަ މިނޫނަސް ދެ ވެރިކަމެއްގައި ސިދާތާ ޖެންޑަރ މިނިސްޓަރުކަމުގައި ހުރެގެން ހިނގާފައިހުރި ގިނަކަންތައްއެބަހުރި މިއަދު ނިކުމެ ފުއްޕާފާ ތިޔަހެން ގޮވާލުމަކުން ސިދާތާ ތިޔައީ ލައްކައެއްނޫން
ވަސްމީރޭ
29 June 2020
ޝިދާތާއަކީ ޤުރުބާންކޮށްލި މީހެއް ދެން ޤުރުބާންކޮށްލީ އެއްކަލަ 12 އެމްޕީސް އެމްޑީޕީމީހުން އޭރު އެމީހިންމަށް ކުރި ތައުރީފުވެސް އެހިން މިހާރު ކިޔާ އެއްޗެހިވެސް އިވޭ. ދެރައީ އެމަޅީގަ ޖެހޭތީ
މޫސާ މިނިކް
29 June 2020
ތީކުފޫހަމަވާއަންހެނެއްނޫން
ދެއްވަދޫ
29 June 2020
މި ފަހަރު ހިލިގަތީ ދުރަކުން ނޫން ! ގޭ ތެރެއިން ! ވަރަށް ވާހަކަ
ހަކީމް
29 June 2020
ކޮންމެ މިކަމާ ގުޅުވައިގެން ޕޮއިންޓް ހޯދަން އުޅޭނެ ކަމެއް ނެތް. މަޤާމުން ދުރުވާން މަޖްބޫރިވީ ހަމަ ޤާބިލުކަން ނެތީމަ.
ހުދުހުދު
29 June 2020
ރަނގަޅު ވާހަކައެއް. ނާޤާބިލްވީމަ އިސްތިއުފާ ދޭން ޖެހުނީ.
ބަޑިބަޑީގެ ބަޑީ
29 June 2020
(ކުރީކޮމެންޓާގުޅޭ) ...އަދި ފަހުން އެމީހުން ޑިންގީގަ އައުމުން ފައިސާ އަނބުރާ ދޭނެކަމަށް އޭނަ ބުނިކަމަށާއި އެހެންވެ އޭނާގޮސް ޖެޓީއަށް ބޭލިވަގުތު ބަޔެއްގެ ރިޕޯޓަކަށް ފުލުހުން އެތަނަށް އައުމުން އަންހެން މީހާ ފުލުހުން ގާތު ބުނިކަމަށް ތިމަންނާ ރޭޕުކުރަން އެދެފިރިހެނުން އުޅުނުކަމަށް.. ސަފާރީއަށް އަންހެންމީހާ ދިޔަ ސަބަބެއް ފުލުހުންވެސް މީޑިޔާ ތަކުން ވެސް ހާމަނުކުރަނީ ކީއްވެ؟
ޑެލް
29 June 2020
ސަފާރީއަށް ދިޔަ ސަބަބުތަ މުހިންމީ މިވަގުތުވެސް؟ ރޭޕްކޮށްގެން މިއުޅެނީ އެކަމަކު އަދިވެސް ސަފާރީއަށް ދިޔަ ސަބަބު ބަލަންވީ؟ ވަރަށް ރަނގަޅު
ތުހުމަތު3
29 June 2020
ރޭޕް ކޮށްގެން އުޅެނީއެއްނޫން. ރޭޕް ކުރިކަމަށް ތުހުމަތު ކޮށްގެން އުޅެނީ. އިވޭ އަޑުތައް ވަޒަންކުރަންވާނީ ވިސްނުންތެރިކަމާއެކު ސިކުނޑި ހުޅުވާލައިގެން. ވަށައިގެން އުފެދިފައި މިއޮތީ ދޮގުގެ މާޙައުލެއް.
ޝޮކްތެރަޕީ
28 June 2020
ހާދަހާ މަސައްކަތެކޭ އެމްޑީޕީ ވެރިކަމައް ގެންނަން ސިދަތާ ކޮއްދިނީ. އަގުވަޒަން ނުކުރާ ބައެއް އެމްޑީޕީ އަކީ
ގިރި
29 June 2020
އަސްލުވެސް ، ހެޔޮކަމެއް ކޮށްދިނީމަ ތެޔޮހަމެއްގެ މިންވަރުވެސް ނެތި ، ކުރީގެ ސަރުކާރަށް ފާޑުކިޔައި ޕޯޑިއަމް ތަކުގައި ދެއްކި ވާހަކަ ކޮބާ؟
ކަލޯ ކަލޯ.
28 June 2020
ސިިދާތާ ނެތީމަކާ ނޫނޭ އެހެން އެވަނީ ސިދާތާ ވ އަސަރު ކޮއްފި ދޯ މަގާމުން ދުރުގަ ހުންނަން ޖެހުމުން ކިޔާނެކަމެއް ނެތް އެމް.ޑީ.ޕީ އަށް ނިސްބަތް ވެއްޖެތަ ހުންނާނީ އެހާލެއްގަ. ތިނޫނަސް އިސްތިއުފާދީގެން އެބައުޅޭ މީހުން ތިވަރެއް ނުވޭ.
އަބްޅޯ
28 June 2020
ތިޔަބުނާ ގުޅުންހުރި ސިޔާސީ ބޭފުޅަަކީ ކާކޫ؟؟؟ ކޮންމެވެސް ކިއުންތެރިއަކު ޖަވާބެއްދީބަލަ؟.
އަސްލުވެސް123
29 June 2020
މުގައްރިރު
ކަޅުބޭ
28 June 2020
އެމީހުންނާއި ގުޅިގެން މަސައްކަތް ކުރެއްވި އިރު ބޮޑުމަންޒަރާމެދު ނުވިސްނަވަންތޯ؟ އަމިއްލަ އެދުން ބޮޑުވީއޭ ނުން ދެން ކީކޭތޯ ބުނެވޭނީ