ޕީޕީއެމް/ޕީއެންސީގެ ބައްދަލުވުމެއްގައި ޝުޖާއު (ވ2) ބައިވެރިވެވަޑައިގަންނަވަނީ: ޖިންސީ ގޯނާގެ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާނަށް އޭނާ މިއަދު ފާޑުވިދާޅުވި.
30 ޖޫން 2020 - 23:47
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުންނެވީ "ބީރުކަންފަތަކާއި ކަނުލޮލެއް ދެއްވައިގެން" ކަމަށް ބުނެ އިދިކޮޅުން އޭނާ އަަށް މިއަދު ފާޑުކިޔައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ޕީޕީއެމް/ޕީއެންސީން ބޭއްވި މީޑިއާ ބްރީފިންގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އެ މައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރަން ސަރުކާރު ނުކުޅެދިފައިވާ ކަމަށާއި މައްސަލަ ރައްޔިތުންނާ ހަމައަށް އައުމުން ވެސް އިމްރާން ހުންނެވީ ބީރުކަންފަތެއް ދެއްވައިގެން ކަމަށެވެ. މި ސަރުކާރަކީ މައުލޫމާތު ހާމަކުރަން ވައުދުވެގެން އައި ސަރުކާރަކަށް ވިޔަސް މި މައްސަލައިގެ މައުލޫމާތު ހާމަކުުރަން ފަސްޖެހި މައުލޫމާތު ފޮރުވަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ އެއާ އެކު މިކަމެއް އުފެދިގެން މިކަން ދިވެހި ރައްޔިތުންނާ ހަަމައަށް ތިލަވެގެން އައި އިރު، ފުލުހުންގެ މުއައްސަސާ ހިންގުމާ ނުވަތަ ބެލެހެއްޓުމާ ހަވާލުވެގެން ހުންނަވާ ވަޒީރު ކަންފަތް ބީރުވެ، ލޯކަނުވެފައި ހުންނެވި މަންޒަރު މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ސަފާރީގައި ހިނގި ކަމަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައާ ބެހޭ ގޮތުން ލިބިފައިވާ އާ މައުލޫމާތުތަކެއް ކަމަށް ވިދާޅުވެ، ފުލުހުންނަށް ޝުޖާއު އާ ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ. އޭނާ ވިދާޅުވީ އަނިޔާ ލިބުނު އަންހެންމީހާ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން، ފުލުހުން އެ ސަފާރީ ރެއިޑްކުރަން ދިޔަ ކަމަށާއި އެކަމަކު އެކަން ވަކި ހިސާބަކުން ހުއްޓައިލި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭރު ސަފާރީގައި ނުވަ މީހަކު ތިބި ކަމަށާއި އެ މީހުން ހައްޔަރުކުރަން އުޅުނު ކަމަށާއި އޭގެ ތެރޭގައި ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ކޮއްކޯފުޅެއް ހިމެނޭ ކަމަށް ވެސް ޝުޖާއު ތުހުމަތު ކުރެއްވި އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ޝުޖާއު ފުލުހުންނަށް ސުވާލުތަކެއް ވެސް ކުރިމަތިކުރެއްވި އެވެ.
"އަޅުގަނޑުމެން މިއަދު ކުރިމަތިކުރާ ސުވާލުތަކަކީ، މި އޮޕަރޭޝަން ފުލުހުން ހިންގި އިރު މިދެންނެވި ސަފާރީ ބޯޓުގައި ކޮމިޝަނާ އޮފް ޕޮލިސް (މުހައްމަދު) ހަމީދުގެ އެއްވެސް ކޮއްކޮއެއް ނުވަތަ ތިމާގެ މީހެއް ހުރިތޯ؟" ޝުޖާއު ވިދާޅުވި އެވެ.
ދެވަަނަ ސުވާލެއްގެ ގޮތުގައި އޭނާ ކުރެއްވީ ކްރައިމް ސީންގައި ތިބި ފުުލުހުންނަށް އެ އޮޕަރޭޝަން ހުއްޓާލާފައި އެނބުރި އަންނަން އެންގިތޯ ނުވަތަ ނޫންތޯ އެވެ.
އިދިކޮޅުން ދެއްކި މި ވާހަކަތަކާ ގުޅޭ ގޮތުން ފުލުހުންގެ ކޮމެންޓެއް ހޯދަން މަަސައްކަތް ކުރި ނަމަވެސް އަދި ނުލިބެ އެވެ.
އެކަމަކު ޖިންސީ ގޯނާގެ އެ މައްސަލައާ ގުޅޭ ގޮތުން އުފައްދަމުންދާ ސުވާލުތަކަށް މިއަދު ކުރެއްވި ޓްވީޓެއްގައި ހަމީދު ވަނީ ޖަވާބު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ފުލުހުންނާ ގާނޫނުން ހަވާލުވެފައިވާ މަސައްކަތްތައް ކުރާނީ މިނިވަންކަމާ އެކުގައި ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް ފުލުހުންނަށް ބާރު ވެސް އަޅުއްވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނިޔަ
06 July 2020
އެއްގޮތަކަށްވެސް ދޫކޮށްގެން ނުވާނެ ސަދޫނުމަތިންހަދާންކުރޭ.
ައަފުރާސިޔާބު
01 July 2020
އަނެއްކާ އިމްރާނުތަ އެކަމެއްކުރީ؟ ނޫނީ އޭނާ ބުނެގެންތަ؟ މިނިސްޓަރަކީ ތަހްގީގު ހިންގަން ހަވާލުވެގެން ހުންނަ މީހެއްނޫނޭ. ގާނޫނުގައި އެބައޮތޭ ޖިނާއީ ކުށުގެ ތަހްގީގު ހިންގާނީ ގާނޫނުން އެކަންމަތިކޮށްފައިވާ ފަރާތްތަކުން. އޭގެ ތެރޭގައި ޕޮލިސް ހިމެނެޔޭ. ޕޮލިހުންގެ ތަހުގީގަކަށް މިނިސްޓަރު ނުފޫޒު ފޯރުވައިގެން ނުވާނެޔޭ.
ކެކެކެ
01 July 2020
ނާހަމަ ތެދެއްތަ؟ ކަލޭ ހޭވަރިކަން ވީތަ؟
ދޮންކެޔ
01 July 2020
ރާބޯ ޕާޓީ ކުރަން ދިޔަ އަންހެނެއްގެ ދިފާއުގަ އިދިކޮޅޭމެން...؟
ފާތޭ
01 July 2020
އަދުރޭ މެނަށް ދިވެހި އަންހެން ދަރިންގެ ހައްގުގަ ކުރެވުނު އެއްކަމެއް އަޅެ ބުނެބަލަ.... ބަލަގަ ނޭނގޭތަ.. އެއަންހެންމީހަާ ރޭހަތަރުދަމުޕާޓީކުރަން ޢެ ސަފާރީއަށް ދިޔައީ ހިތުން ރުހުމުންނޭ... ދެން އިމްރާނު ވީ ހުރިހާ އަންހެނުންތަށް ފަހަތުން ފާރަޔަށް ދުވަންތަ... އަޖައިބެއް ނުވާނެތަ.....
ވަހީދާއްތަ
01 July 2020
ނޭނގޭތަ އަންހެން މީހާއަށް އޮޅުވާލައިގެން ގެންދިޔަ ކަމެއް، ނޭނގޭތަ އެއީ ހިއުމަން ޓްރެފިކިން ކަމެއް. ނޭނގޭތަ މަރުވިޔަސް ވަރިހަމަ ކަމަށް އޭނާ އެބޮޑު ފަޅަށް ފުންމާލި ކަމެއް. ނޭނގޭތަ މިމައްސަލާގައިި ނުފޫޒު ފޯރުވައިގެން ތަހުގީގު ހުއްޓާލާފައިވާ ކަމެއް.
ައަފުރާސިޔާބު
01 July 2020
އެމީހާއަށް ނޭގޭތަ މިރާއްޖޭގެ މީހުންއުޅޭ ރަށްރަށުގައި ބަނގުރާ ބޮއި ޕާޓީ ކުރުމަކީ މަނާކަމެއްކަން. ޕާޓީކުރަންދާނީ އެތަނުގައި ހިނގާހުރިހާކަމެއްގެ ޒިންމާ އަމިއްލައަށް އުފުލަންޖެހޭނެކަން އެނގިހުރެ.
ނަޖުދާ
01 July 2020
މިރާއްޖޭގެ މީހުންއުޅޭ ރަށްރަށުގައި ބަނގުރާ ބޮއި ޕާޓީ ކުރުމަކީ މަނާކަމެއްކަން އެމީހާއަށް އެނގޭނީ ކިހިނެއް ރޭޕް ކުރުމަކީ އިސްލާމްދީނުގަ ހަރާމް ކަމެއްކަން ނޭނގޭ މީހުން މިގައުމުގަވެސް އެބައުޅޭ ވިއްޔަ. ތިއުޅެނީވެސް އެއީ މައްސަލައެއް ނޫންކަމަށް ހަދާކަށްނު.
ކޮރޯނާ
01 July 2020
ދިވެހި އެތަށް ކުދިންނަކަށް ޖިންސީގޯނާކުރިއިރު މިމީހުން އަޅާނުލަނީ ކެންޏާ ނޫންވީމަތޯ؟!
ޙަލީމާ
01 July 2020
މިމައްސަލަ ވަރަށް ތަފާތު. ފުލުހުން މިމައްސަލަ ނުބަލަން އުޅޭތީ ކަންބޮޑު ނުވޭތަ؟
މަ މާކަންބޮޑު
15 October 2020
މަމާކަންބޮޑުވޭ އިހެއްދުވަހު ބެއްޔަކާ ބެއްޔާގެ ދަރި މާސޫމް ކުއްޖެއް ރޭޕު ކުރިއަޑު އިވިފަ. އެއީ ކިތައް ސަރުކާރެއްގަ ހިނގަމުން އައި ކަންތަކެއް. އަދުރޭމެން ތިބިއިރު ގަދައަށް ހިނގަމުން ދިޔަކަންތައްކަންް ބޮލެއް ހުރި މީހަކަށް އިނގޭނެ
އަލީ!
01 July 2020
ރާއްޖޭގަ އަލަށް މީހަކަށް ޖިންސީގޯނާ ކޮށްގެން އިދިކޮޅޭމެންނަށް ނުވެސްނިދޭ.
ޙަލީމާ
01 July 2020
ސިދާތާ އިސްތިއުފާދޭން މަޖުބޫރު ކުރުވީ އަލަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެންތަ؟ އިނދިކޮޅުން މިމައްސަލާގައި އުޅޭވަރު އަސްލު ކުޑަ. ސަރުކާރު ހިންގަންތިބި ބަޔަކު މިޖަރީމާ ހިންގާފައި، ސަރުކާރުން މިޖަރީމާ ފޮރުވަން އުޅޭކަން އެންމެނަށް ވެސް އެނގޭ. އެހެންނޫނަސް ޖިންސީ ކޮންމެ އަނިޔާއަކީ ދާއިމަށް ތަދު ހުންނަ އަނިޔާއެއް. އެވާހަކަ ދައްކަން ޖެހޭ.
......
01 July 2020
ރޭޕިސްޓުން ދިފާއު ކުރުމަށް އަލީ ހާދަ ވަރެއް ތިވަނީ އަނެއްކާ ތިވެސް އޭގެ މީހެއްތަ؟
ރޭޕިސްޓުވާހަކަ
15 October 2020
ރޭޕިސްޓު ވާހަކަ ކުޑައީއެއް ނޫން. އެމީހުންގެ ދައުރުގަ އެއްވެސް ކަމެއް ނުކޮށް މިހާރު މާ އަންހެނުންނަށް. ގަދަރު ކުރާބަޔަކަށް ހެދިގެން އުޅެއް ތީ ކޮންބަޔަކީއުތަ. އައްޗީޑި.
ީޮތޮލާ
01 July 2020
ސައިކަލުތައް ހުޓުވަނީ ރައްޔިތުން ފެލަނީ...އެކަަ މަކު އޮފީސްތައް ބަންދު.... ކޮން މެފަރަކު=/750 ޖޫރި މަނާ
ނަދީމް45
01 July 2020
ގަވައިދަށް އުޅެބަލަ
1828
01 July 2020
ނުފެލާ ގޮތަށް އުޅެބަލަ. އޭރުން ފުލުހުންނަކަށް ޖޫރިމަނާއެއް ނުކުރެވޭނެ. ޖޫރިމަނާ ކުރަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ހިލާފްވާތީ.
ދޮންކަލޯ
01 July 2020
އެއީ ކުރަންޖެހޭކަމެއް.
ޢަބްދު
01 July 2020
ލައިސަންސް ޓެސްޓް ނަމަކަށް ހެދީމަ ވާގޮތް ތިފެންނަނީ. ތިހެން އުޅެންޏާ ކޮންމެ ދުވަހަކުވެސް ހުއްޓުވަންވީ. އެވަރުންވެސް މަތަ ނުކުރެވިގެން އުޅޭ ވަބާއެއް ތިމީހުންނަކީވެސް
ސަންޕާޅޯ
01 July 2020
ޤަވާއިދަށް އުޅުނަސް ފެލާފައި އެބަހުރި.
ކިނބޫ
01 July 2020
ރޭޕިސްޓުންގެ މައްސަލަ ބެލުމެއް ނެތްތަ؟އެއްގަމު ދަތުރުފަތުރުގެ ޤާނޫނު މިމީހުންގެ މައްޗަށް ހިނގާތަ އަނެއްކާ؟
ރޭއަނެއްކާ
15 October 2020
ރޭއަނެއްކާ ކަލޭމެން ކުރެ ބާރައްދުއްވާ ގޮލައެއް އެއޮތީ އަންހެނަކުގައި މަތިން ދުއްވާފަ. އެއާ މިއާ ގުޅުވަން ނޫޅޭ. ޖުރިމަނާ ކުރަނީ ކުރަން ޖެހިމާލަސް ވެފަ އޮތްތާގަ.