ޚަބަރު / ހަސަން ޒިޔަތު، އޮޑިޓަ ޖެނެރަލް

އެގްޒެކިއުޓާސް ހޮވީ މިނިސްޓަރު އަމީނާއި ޑރ. އަރްވިންދުގެ މަޝްވަރާގެ މަތިން: އޮޑިޓަ ޖެނެރަލް

ހެލްތު މިނިސްޓަރު އަމީނާއި ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓޭޓިވް އަރުވިންދު، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި. --ފޮޓޯ/މިހާރު

ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ހޮވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރު މަޝްވަރާ ކުރައްވައިގެން ކަމަށާއި ނަމަވެސް މިކަމުގައި ޑަބްލިއުއެޗްއޯއާ އެކު ރަސްމީ އެއްވެސް މުއާމަލާތެއް ނުހިނގާ ކަމަށް މާލިއްޔަތު ކޮމިޓީގައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ފަރުވާ އަށް 145 ވެންޓިލޭޓަރު ހޯދުމާ ގުޅޭ ގޮތުން ކުރި ޚާއްސަ އޮޑިޓުން ވަނީ މަކަރާއި ހީލަތްތަކެއް ފަޅާއަރައިފަ އެވެ. ވަކި ބަޔަކަށް ފައިދާވާ ގޮތަށް، މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގި ކަންކަމުގެ ތަފްސީލު ހޯދަން އޮޑިޓަ ޖެނެރަލް ހާޒިރުކޮށް، މާލިއްޔަތު ކޮމިޓީގެ މެމްބަރުން ވަނީ ގިނަ ސުވާލުތަކެއް އޮޑިޓާ ގުޅިގެން މިއަދު ކުރައްވައިފަ އެވެ.

ވެންޓިލޭޓަރުތައް ހޯދަން ހަވާލުކުރި ގޮތް ގޯސްކަން އޮޑިޓުން ފެންނަން އޮތް ކަން ފާހަގަކުރައްވައި، ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒު ސުވާލު ކުރެއްވީ އެގްޒެކިއުޓާސް ޖެނެރަލްގެ ފެށުމަކީ ނުވަތަ އެއީ ކޮން ގޮތަކަށް ރާއްޖޭގެ ހެލްތު މިނިސްޓްރީއާ ހަމައަށް އައި ކުންފުންޏެއްތޯ އޮޅުން ފިލުއްވުމަށެވެ. އޭނާގެ ކުރެއްވި ހަ ސުވާލުގެ ތެރޭގައި، މަސްއޫލިއްޔަތުތަކުން އަމިއްލަ އަށް އެކަހެރިވެވަޑައިގެން ހުންނެވި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް މިނިސްޓަރު އަމީންގެ އެއްވެސް ދައުރެއް އެކަމުގައި އޮތްތޯ ވެސް އެއްސެވި އެވެ. ރިޔާޒު ދެން އޮޅުންފިލުއްވަން ބޭނުންވީ، 75 ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސް ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަމަށް ތަކުރާރުކޮށް ހެލްތު މިނިސްޓްރީން ބުނެފައިވާތީ، އެ މަޝްވަރާތައް ކުރެވިފައި ވަނީ ކޮން ލެވެލެއްގައި ކިހާ މިންވަރަކަށްތޯ ބެއްލެވުމަށެވެ.

ކޮމިޓީގައި އޮޑިޓަ ޖެނެރަލް ޒިޔަތު ވާހަކަ ދައްކަވަނީ: --ފޮޓޯ/މިހާރު

ޕާފޯމަންސް އާއި އެޑްވާންސް ގެރެންޓީ ނުދެނީސް މާލިއްޔަތު ގަވާއިދާ ޚިލާފަށް، އެއްބަސްވުމުގެ އަގަށްވާ 90 ޕަސެންޓް (30 މިލިއަން ރުފިޔާ) ދެ ފަހަރެއްގެ މަތިން އެ ކުންފުންޏަށް ޖަމާކުރުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޒިންމާ އަދާކުރައްވާފައިވޭތޯ ނުވަތަ ނިޒާމު އޮތީ އެންމެ ބަޔަކު ބޭނުންވާ ގޮތަށް ފައިސާ ދޫކުރެވޭހާ ބަލިކަށިކޮށްތޯ ވެސް ރިޔާޒު ސުވާލު ކުރެއްވި އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ވިދާޅުވީ، އެގްޒެކިއުޓާސްގެ މުއާމަލާތް ފެށި ކުންފުނި ހޮވީ މިނިސްޓަރު އަމީން އާއި ޑަބްލިއުއެޗްއޯގެ މަންދޫބު އަރުވިންދު މަޝްވަރާ ކުރައްވައިގެން ކަމަށް ފިނޭންސް މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވަށް ހެލްތު މިނިސްޓްރީން ފޮނުވާފައިވާ ލިއުމެއްގައި އެބައޮތް ކަމަށެވެ. ހެލްތުގެ އިންޓާނަލް މެމޯތަކުގައި ވެސް ލިއެފައި ވަނީ މިނިސްޓަރު ޑަބްލިއުއެޗްއޯއާ މަޝްވަރާ ކުރައްވައި ސަޕްލަޔަރަކު ކަނޑައެޅިގެން ކުރިއަށް ގެންދާ ކަމެއްގެ ގޮތުގައި ކަަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވެސް [ހެލްތު މިނިސްޓްރީގެ] ޑޮކިއުމެންޓް ބަލާއިރު ހީވޭ ޑަބްލިއުއެޗްއޯ ވަރަށް ބޮޑަށް އިންވޯލްވެފައި އޮތޭ. މަޖިލީހަށް ހުށަހެޅި ލިއުމުގައި ވެސް އެބައޮތް ރާއްޖޭގެ ޑަބްލިއުއެޗްއޯ އާއި ދުބާއީގެ ޑަބްލިއުއެޗްއޯ މެދުވެރިވެގެންނޭ. އެކަމަކު ޑަބްލިއުއެޗްއޯގެ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތޭ. އެހެންވެ އަޅުގަނޑުމެން މި ދަންނަވަނީ އިތުރަށް ތަހުގީގު ކުރަން އެބަޖެހެއޭ މިނިސްޓަރުގެ އިންވޯލްމަންޓަކީ ކޮބައިތޯ ބަލަން،" ޑަބްލިއުއެޗްއޯގެ ދައުރެއް ނެތް ކަަން ތަކުރާރުކުރައްވައި އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

ކޮމިޓީގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެގްޒެކިއުޓާސް ހޮވުމުގައި ޑަބްލިއުއެޗްއޯގެ ދައުރު އޮތީ ކިހާވަރަކަށްތޯ އާއި އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރުމުގައި އޮޅުވައިލުމާއި މަކަރު ހިމެނޭތޯ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް ވެސް އެއްސެވުމުން އޮޑިޓަ ޖެނެރަލް ވިދާޅުވީ، ޑަބްލިއުއެޗްއޯގެ އެއްވެސް އޮފީހަކާ އެކު ވާހަކަ ނުދެއްކެވެނީސް އެ މުއާމަލާތް ހިނގި ކަމަށް ހެލްތު މިނިސްޓްރީން އޮތީ ފިނޭންސް މިނިސްޓްރީ އަށް އަންގާފައި ކަމަށެވެ.

ފިނޭންސް މިނިސްޓްރީ އަށް ހެލްތު މިނިސްޓްރީން މާޗް، 30 ގައި ފޮނުވި ސިޓީގައި، ދުބާއީގެ ކުންފުންޏަކުން އަގު ހޯދާފައިވާ ކަމަށާއި އެއީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން އެ އިދާރާ އަށް އިމަޖެންސީ ޕްރިފެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައިކުރަން އެކަށީގެންވާ ކުންފުންޏެއް ކަމަށް ބުނެފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ. އެކަމަކު ހެލްތު މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯގެ މުއާމަލާތެއް ހިނގީ އޭގެ އެއް ދުވަސް ފަހުން، މާޗް، 31، 2020 ގަ އެވެ. އެއީ ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯ އޮފީހުގެ މުވައްޒަފަކު ހެލްތު މިނިސްޓްރީ އަށް ފޯވާޑުކުރި އީމެއިލެއް ކަމަށާއި އެއީ ރަސްމީ ލިއުމެއް ނޫން ކަަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

ކޮމިޓީގައި މާލިއްޔަތު ކޮމިޓީގެ ބައެއް މެމްބަރުން. --ފޮޓޯ: ނިޝާން އަލީ/މިހާރު

"ފުރަތަމަ ފިނޭންސަށް ސިންގަލް ސޯސްކޮށް ހަވާލުކުރަން ހުށަހެޅިއިރު ވެސް އަޅުގަނޑުމެންނަށް ފާހަގަވީ މީގައި އޮޅުވާލުންތަކެއް ހުރި ކަމަށް. އެހެންވެ އިތުރަށް ބަލަން ބޭނުންވެގެން އަޅުގަނޑުމެން ކޮމިއުނިކޭޓްކުރީ ރާއްޖޭގައި ހުންނަ ރީޖަނަލް ކަންޓްރީ އޮފީހާ. އެ ބޭފުޅުން ވަރަށް ސާފުކޮށް އެބައޮތް ބުނެފައި ތިމަންނަމެން ޕްރޮފެޝަނަލް ކޮންޓެކްޓެކޭ ޝެއާ ކުރީ. ތިމަންނަމެން ޑީލްކުރި ފަރާތެއް ނޫނޭ އެގްޒެކިއުޓާސްއަކީ. އެ ދިން ކޮންޓެކްޓަކީ މީހެއްގެ ނަމޭ. އެވެސް އެ ބޭފުޅުންގެ ތެރޭގައި އޮތް ނަމެއް ފޯވާޑްކޮށްލަނީ،" އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

"އެއްވެސް ވަރަކަށް ލިޔެކިޔުމުން ހެލްތު މިނިސްޓްރީން ޑަބްލިއުއެޗްއޯގައި ރިކުއެސްޓް ވެސް ކޮށްފައެއް ނެތް ދަތިވެގެން އުޅޭ ކަމާއި ވެންޓިލޭޓަރު ހޯދަން އެހީވެދޭން."

ބިޑް ކޮމިޓީ އަށް ފޮނުވީ އެގްޒެކިއުޓާސް ހޮވާފައި!

އޮޑިޓަ ޖެނެރަލް ކޮމިޓީގައި ފާޅުކުރެއްވި އެއް ކަންބޮޑުވުމަކީ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ކުރިއަށް ގެންދަން ފިނޭންސް މިނިސްޓްރީން ދިން ހުއްދައާ ޚިލާފަށް އެ ކޮމިޓީ އަށް ދިއުމުގެ މާ ކުރިން ވެންޓިލޭޓަރުތައް ގެންނަން އެގްޒެކިއުޓާސް ހޮވާފައި އޮތުމެވެ. ބިޑް ކޮމިޓީ އަށް ފޮނުވި މެމޯގައި، އެގްޒެކިއުޓާސްގެ ނަން ފާހަގަކޮށްފައި އޮތީ ހެލްތު މިނިސްޓަރާއި އަރުވިންދުގެ މަޝްވަރާގެ މަތިން ކަމަށް ބުނެފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

"ދެ ބޭފުޅުން މަޝްވަރާކޮށް ސެލެކްޓް ކުރެވިފައި އިން ފަރާތެކޭ. މާނައަކީ ބިޑް ކޮމިޓީ އަށް ދިޔައިރު ވެސް މިއޮތީ ބަޔަކު ސެލެކްޓް ކުރެވިފައޭ،" އޭނާ ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލް ވިދާޅުވި ގޮތުގައި މާލީ އަދި ފަންނީ ގާބިލްކަން ނުބަލައި، މީގެ ކުރިން ސަރުކާރާ އެކު އެއްވެސް ވިޔަފާރިއެއް ހިންގާފައި ނުވާ ކުންފުންޏަކަށް ވެންޓިލޭޓަރު ގެންނަން ހަވާލުކުރުމުގައި ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑެވެ. މާލީ ޒިންމާދާރުވެރިޔާގެ ވެސް އިހުމާލު ބޮޑު ކަމަށާއި އޭނާ ބަލަން ޖެހޭ ބެލުންތައް ނުބަލާ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

"ބިޑް ކޮމިޓީގެ ޒިންމާތަކާއި މާލީ ޒިންމާދާރުވެރިޔާގެ ޒިންމާތައް ލިއެވިފައި އެބަހުރި. އެހެންވެ އަޅުގަނޑުމެން މި އެންގީ އިތުރަށް ތަހުގީގުކޮށް މިކަންކަން ބަލަން. ކޮން ބޭފުޅެއްގެ ރިކުއެސްޓަކަށްތޯ މިހާ އަވަހަށް [ދެ ދުވަހުގެ ތެރޭގައި] މިކަން މިކުރީ،" އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު (ވ) އާއި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ އިސް އޮފިޝަލެއް ކަމަށް ނިޔާޒް، މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ ބިޑް ކޮމިޓީ އާއި މާލީ ޒިންމާދާރުވެރިޔާ މަސްއޫލިއްޔަތު އަދާނުކުރާކަން ވަރަށް ސާފު ކަމަށެވެ. ތަހުގީގުކޮށް ބަލަން ޖެހިފައި އޮތީ މިނިސްޓަރުގެ އިހުމާލު އޮތީ ކިހާވަރަށްތޯ ކަމަށާއި އެއީ އޮޑިޓް އޮފީހުގެ ޒިންމާއެއް ނޫން ކަން ފާހަގަކުރެއްވި އެވެ.

ފިނޭންސް މިނިސްޓަރުގެ ގޯހެއް ނެތް

މާލިއްޔަތު ގަވާއިދާ އެއްގޮތަށް ގެންދާށޭ ވިދާޅުވުން ފިޔަވައި ފިނޭންސް މިނިސްޓަރުގެ ޒިންމާއެއް ނެތްތޯ ރިޔާޒުގެ އިތުރުން ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ވެސް އެއްސެވި އެވެ.

އޮޑިޓަ ޖެނެރަލް ވިދާޅުވީ މާލިއްޔަތު ގަވާއިދުގެ ދަށުން ނިޒާމު ހިނގަމުން އަންނަ ގޮތުން މާލީ ޒިންމާދާރުވެރިންނަށް އޮތީ ބާރުތަކެއް ދީފައި ކަަމަށެވެ. ކޮންމެ ޕޭމަންޓެއް ފިނޭންސް މިނިސްްޓްރީން ބަލައި އެޕްރޫވް ނުކުރާ ކަމަށެވެ. އެކަމަކު މި ކަހަލަ ބޮޑު އަދަދެއް ދާއިރު ފިނޭންސް މިނިސްޓަރުގެ ޒިންމާއާ މެދު ސުވާލު އުފެދިދާނެ ކަން ފާހަގަކުރައްވައި ވިދާޅުވީ، މިހާރު އޮންނަ ގޮތުން ޕެންޑަމިކެއް ފަދަ ހާލަތެއްގައި ކިތަންމެ ބޮޑު އަދަދަކަށް ގަވާއިދާ އެއްގޮތަށް ފައިސާ ދޫކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ދެވިދާނެ ކަމަށެވެ.

"ފިނޭންސް މިނިސްޓަރު އަމަލުކޮށްފައި އޮތީ ސިޓީގައި ވެސް ފެންނަ ގޮތުގައި އެދިވަޑައިގަތީ މާލިއްޔަތު ގަވާއިދުގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް އެކަންކަން ކުރަން. އެއްގޮތަކަށް ވެސް ވިދާޅެއް ނުވޭ ގެރެންޓީ ނެތި ކުރިއަށް ގެންދާށޭ. ފިނޭންސް މިނިސްޓަރު މީގައި ގޯހެއް ހަދަފައިވާ ކަމަކަށް މި އޮޑިޓުގެ ތެރެއިން ފާހަގައެއް ނުކުރެވޭ،" އޮޑިޓަ ޖެނެރަލް ހަސަން ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލް ވިދާޅުވީ، އެކަމަކު މިފަދަ ހާއްސަ ހާލަތްތަކުގައި، ބަލަން ޖެހޭނެ ކަމަށާއި މިއަށް ވުރެ ހަރުދަނާކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ވަކި އަދަދަކަށް ވުރެ ބޮޑުކޮށް ފައިސާ ދޫކުރަން ވެއްޖެ ނަމަ އެކަން ބެލުމަށެވެ.

ތިން ކުންފުންޏާ އެކު ގެންނަން އެއްބަސްވި ވެންޓިލޭޓަރުތަކާއި ގެނައި ތަކެތި ދިމާ ނުވާތީ ވެސް މެމްބަރުން ކަންބޮޑުވުންފާޅުކުރެއްވި އެވެ.

ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަަސަން އަފީފާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޮޑިޓު އޮފީހުން ބުނީ، ބްރޭންޑް އޮޅުވާލައިގެން ގެންނަން މަސައްކަތް ކޮށްފައިވާ ކަމަށާއި އެއީ އެކަން ކުރެވިގެންވާނެ ގޮތެއް ނޫން ކަމަށެވެ. ގެންނަން ޖެހޭނީ އެއްބަސްވި ބްރޭންޑްތައް ކަމަށް ވެސް ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލް ވިދާޅުވި ގޮތުގައި އޮޑިޓުން ފާހަގަވި މައްސަލަތަކުގައި ޒިންމާއަދާކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުން މަގާމުން އެކަހަރި ކުރުމަކީ ސަރުކާރުން އެޅި ރަނގަޅު ފިޔަަވަޅެކެވެ. އެކަމަކު ދައުލަތުގެ ތެރޭގައި ހިނގާ ކޮރަޕްޝަން ހުއްޓުވައި މިނިވަންކަމާ އެކު ކަންކަން ކުރިއަށް ގެންދެވޭނީ މި ނިޒާމު ފުރިހަމަ ވާނީ ފިޔަވަޅު އެޅި ނަތީޖާ ނެރެވިގެން ކަމަށް ވިދާޅުވި އެވެ.

198 ކޮމެންޓް, 87 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 1%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިޖާ

19 August 2020

އަމީން އަކީ ވަރަށް ކޮރަޕޓްމީހެއް. ވަރަށް ހެޔޮ ލަފާ ކަމަށް ހެދިގެން އުޅޭނީ. ޔާމީން ދައުރުގަވެސް ޔާމީން ގައުމުގަނެތް ވަގުތުބަލާ ފަރަށް އެރި ބޯޓު ދޫކުރީ.

The name is already taken The name is available. Register?

ތަސް

19 August 2020

މިދިޔަ ސަރުކާރުން ވައްކަން ކުރި ލައްކަ ގިނަމީހިން ތި މިނިސްޓްރީގަައި އުޅޭނެ. ހުރިހާ ވައްކަމެއްގައި އަރާ ތިބޭނީ އެންވައިރުމެންޓް އެންޑް ހައުސިން ހެލްތް ދެން މިނިސްޓްރީ އޮފް ފައިނޭންސް. މިތަންތަނުގައި ވެރިން ފަނަރަވިހި ހާހަށް މަސައްކަތް ކޮށް މުއްސަނދިވާ ގޮތެއް އެއްވެސް ސަރުކާރަކުން ނުބަލާނެ. ބޭނުން ވަނީ ވައްކމުގެ ތަޖުރިބާ ހުރިމީހުން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

19 August 2020

އިކޮނޮމިސްޓެއްގެ މުހިންމުކަން ހަމަ ނެތީތޯ؟ ހަމަ އަހާލީ.

The name is already taken The name is available. Register?

ނާހިދާ

19 August 2020

އަމީނުގެ ކުދިންކޮޅު މިތަނަށް ވައްދައިގެން ރަނގަޅު ކޮމެންޓެއް އިނިއްޔާ އެއަށް ޑިސްލައިކް ޖެހުވިޔަސްވެސް އަމީނު ގޯސް ނަހަދާކަމަށް ނުވާނެ. އަމީނުއަކީ ވަކި ބަޔަކު ޗޫސްކުރި އިރު އެބަޔަކީ ތިޔަ ބުނާ ވެންޓިލޭޓަރު ވިއްކުން ލައިސަންސް އޮތް ބައެއްތޯވެސް ނުބަލާ. ތަންދޮރު ނޭނގޭ ގަމާރުން މިނިސްޓަރުންނަށް ލީމައި މި ކަހަލަ އެތައްކަމެއް ވާނެ. އަދިވެސް ލަދު ކުޑަކަމުން އިސްތިއުފާ ނުދީ އެހުރީ އަމިއްލައަށް ގޮސް ގޭގައި. ވަކިކޮށް ރަނގަޅަށް ތަހުޤީޤުކުރަންޖެހޭ.

The name is already taken The name is available. Register?

އަލީ އާމިރު 2929

19 August 2020

ޑަބްލިއު އެޗް ހޯ އަކީ ސަރުކާރުގެ ޕްރޮކިޔޯމަންޓްއަށް ގޮތް ކިޔާ ޖަމާއަތެއް ނޫން. ދައުލަތުގެ ބަޖެޓުން އެއްޗެއް ގަންނައިރު އެއަށް ޑަބްލިއު އެޗް އޯގެ ބަހެއް ހޯދާކަށް ނުޖެހޭ. އަމީނު ބަލާފައި ވަރަށް އިހުލާސްތެރި ވައްތަރު ޖަހާ. އެކަމަކު މީހުން ބުނެއެއްނުން ނުމޮށޭ ގުރާ ބާރަށް ދައިގަންނާނޭ. އަލަށް ފައިސާފެނުނީމަ ވާނެގޮތް ތިއޮތީވެފައި. ހިތާދޫ މީހަަކަށް ފޮށައެއް ލިބުނީމާ ވާގޮތް ތިއޮތީވެފައި. އަމީނުއަކީ އަހަރެން ވަރަށް ތާއީދުކުރި މީހެއް. އެކަމަކު ވަރަށް ދެރަ!

The name is already taken The name is available. Register?

ޓަކަފިރޯށި

19 August 2020

ބިޑު ކޮމިޓީއާ ހިސާބަށްފޮނުވީވެސް އަމީނު ވަކިގޮތެއް ނިންމާފަ، އަމީނު ހައްޔަރުކޮށް ޖިނާއީދައުވާކޮށް ޖަލަށްލާ! މ

The name is already taken The name is available. Register?

އާސިޔަތު

19 August 2020

އޮޑިޓަރ ޖެނަރަލް މި ބުނަނީ ފިނޭންސުން ފައިސާ ދޫކުރީ ރަނގަޅަށޭ. އެހެންވީމަ ވައްކަމެއް ނެތްތާ. ދެން އޮތީ ޑަބްލިއުއެޗްއޯ ރިކޮމެންޑް ކުރި ކުންފުންޏެއްތޯ ނޫންތޯ. މީގައި ފުރަތަމަ ބުނީ އެއްވެސް ލިޔެކިޔުމެއް ނެތޭ، މިހާރު މި ބުނަނީ ނުރަސްމީ ލިޔުމެއް އެބައޮތޭ. އެހެންވީމަ ދެން މިކަންވެސް ކޮންމެވެސް ވަރަކަށް ސާފުވެއްޖެ ކަމަށް ބަލަމާ. ދެން އެއްޗެއް ބުނާނީ ތަހުގީގު ނިމުނީމައެވެ.

The name is already taken The name is available. Register?

ރަ ދީފް ހުސެން

19 August 2020

ފަ އިސާ ދޫކުރީ ރަނގަޅަށޭ ބުނާ އިރު، ބިޑްކޮމެޓީ އައ އް ދިޔަ އިރު އޮތީ ވަކިބަ އެއ އް ކަނޑަ އެޅި ނިމިފަ. ޢެވެސް އެންމެ އަގު ބޮޑުކޮ އް. 75 ވެނޓިލޭޓަރަ އް ރަ އްޔިތުންގެ ލާރިދިން އިރު ލިބުނީ 10 ވެންޓިލޭޓަރު އެވެސް އޯޑަރުކުރި ވަ އްތަރެ އްނޫން ބޭނުން ނުކުރެވޭ އެ އްޗެހި. ދެންވެރިންފިލުވާފަ ޑޗ އ އޭ ބިޑްކޮމެޓީ އޭ ކިޔާފަ 6ކަ ސިވިލް ސަރވިސް މު އަ އްޒަފުންގެބޮލަ އް ކަނޑާލީމަ ވަ އްކަން ފޮރުވޭތައް. ތިތިބީ އެންމެނަ އް ބަ އިއ އަޅަ އިގެން ރަ އްޔިތުންގެ ލާރިފޭރިފަ

The name is already taken The name is available. Register?

ޓީވީ ތަރި

19 August 2020

މިހެންވާނީ!! ޓިވީއަށް އަރާ ހަބަރެއްކިޔާލާ ތަނުން ވެއްޖެ މިނިސްޓަރުކަންދޭން ތަޖުރިބާއެއް ނެތަސް ކުރެވެނީ ކީއްކަން ނޭންގޭ ބަޔަކު ލީމަ ވާނީ މިހެން.

The name is already taken The name is available. Register?

ގައުމީ ލޯބީގާ

19 August 2020

ކޮވިޑްގެ ދަތި އުނދަގޫ ރާއްޖޭ ރައްޔިތުންގެ ހައްގުގައި މިނިސްޓަރ އަމީން އުފުއްލެވި ބުރައަށްޓަކައި ނަޝީދު ހަދިޔާ ވެދުން ކޮށްދެނީއެވެ. މިކަން ނޭނގޭ ރައްޔިތެއް ނެތެވެ. އޮޅުވާ ނުލާށެވެ.

The name is already taken The name is available. Register?

ބާކޮލި

19 August 2020

ކޮން އަރުވިންދެއް ފާތުމައެއް ކިޔާކަށް. ޒިންމާ ނަގަންވީ. މި ދިވެހި ފަސްގަނޑުގަ ބޭރުމީހެއްގެ ބޮލަށް ކަނޑާލާފަ ތިހެން ނުފިލޭނެ. ބަސް ކިޔަން މިނިސްޓަރަކަށް ހުރީ ދިވެއްސެއް. އޭނަ ޤައުމަށް ގައްދާރުވީ. އެއްވެސް އިތުރު ވާހަކައެއް ބޭނުމެއްނޫން. އެ އަދަދު އޭނަ އަތުން ހޯދަން ޖެހޭނެ

The name is already taken The name is available. Register?

ޔެސް

19 August 2020

މަޝްވަރާއެއް ހޯދާލާނެ ފެންވަރުގެ މީހެއް މިޤައުމުގައި ނެތިއްޔާ އަމީނަށް ޖެހޭތާ ގޮތެއް ނިންމަން ދޯ އަމީން. ހުސް އެއްވަރުގެ މީހުން. މީހަކަށް ދޫކޮށްލާނެ މީހަކު ނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454