ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކުރިން ބޭއްވި ބައްދަލުވުުމެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ޗައިނާއިން އެއްވެސް ގައުމެއްގެ ކަންތައްތަކުގެ ތެރެއަށް ނުވަންނާނެ ކަމަށް---ފޮޓޯ: ނިޝާން އަލީ/މިހާރު
07 ސެޕްޓެމްބަރ 2020 - 20:59
ރާއްޖޭގެ އެތެރޭގައި ސިޔާސީ ޕާޓީތަކުގެ މެދުގައި އޮތް ވާދަވެރިކަމަށް ޗައިނާ ވައްދަން އުޅުނަސް އެ ގައުމުގެ ސިޔާސަތު ބަދަލު ނުވާނެ ކަމަށް ވިދާޅުވެ، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ދިވެހި ސިޔާސީ ބޭފުޅުންނަށް މިއަދު ރައްދު ދެއްވައިފި އެވެ.
ސަފީރު ކުރެއްވި ޓްވީޓެއްގައި ވަކި ބޭފުޅެއްގެ ނަން ނުގެންނެވިޔަސް އޭނާ ރައްދު ދެއްވީ ބެލެވޭ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގާ "އިންޑިއާ-ޗައިނާ" ބަހުސްގައި އާޒިމް ވަނީ ޗައިނާ އަށް ބޮޑު ތުހުމަތެއް ކުރައްވައިފަ އެވެ. "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި އޭނާ ވިދާޅުވީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ޚަރަދު ކުރަނީ ޗައިނާ އިން ކަމަށެވެ.
އޭގެ ފަހުން ސަފީރު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ގައުމުތަކުގެ ކަންތައްތަކާ ނުބެހުމުގެ ސިޔާސަތަކީ ޗައިނާ އިން ވަރަށް ރަނގަޅަށް ތަންފީޒުކުރާ ކަމެއް ކަަމަށެވެ. އެކަން އެ ގައުމުން މާޒީގައި ސާބިތު ކޮށްދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
The non-interference policy of China is time-tested and well observed, it wont change because of anyone making untrue claims or trying to dragging us into local party game.
— Amb. Zhang Lizhong (@AmbassadorZhang) September 7, 2020
If not aware of the position of Maldives gov. on this ties, click the link. https://t.co/UKJbjhMzyb
ޗައިނާ ސަފީރުގެ ޓުވީޓު
"މީހަކު ދައްކާ ދޮގު ވާހަކައަކުން ނުވަތަ އެތެރޭގެ ޕާޓީ ގޭމްގެ ތެރެއަށް އަޅުގަނޑުމެން ވައްދަން އުޅުމަކުން އެކަމެއް ނުވާނެ،" ޓްވީޓްގައި ޖަންގް ވިދާޅުވިި އެވެ.
އެ ވާހަކައާ އެކު އޭނާ ހިއްސާކުރެއްވީ ރާއްޖެ އާއި ޗައިނާގެ ގުޅުމާ ބެހޭ ގޮތުން، އެ ގައުމުގެ ޒިންހުއާ ނިއުސް އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވާފައިވާ އިންޓަވިއު އެކެވެ. އެ އިންޓަވިއު ހިއްސާ ކުރައްވަމުން ސަފީރު އެދިވަޑައިގަތީ ރާއްޖެ އިން ޗައިނާއާ މެދު ގެންގުޅޭ ސިޔާސަތު އޮޅުން ނުފިލާ ނަމަ އެ އެ އިންޓަވިއު ބެލުމަށެވެ.
މި އިންޓަވިއުގައި ޝާހިދު ވިދާޅުވެފައި ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެގޮތުގައި ކުރިއަށް ގެންދަން އަޅަން ޖެހޭ ހުރިހާ މުހިއްމު ފިޔަވަޅުތަކެއް ރާއްޖެ އިން އަޅާނެ ކަަމަށެވެ. ކޮވިޑް-19 ފެތުރޭ މި ހާލަތުގައި ޗައިނާ އިން ރާއްޖެ އަށް ވެދިން އެހީތެެރިކަން ދިވެހި ސަރުކާރާއި ރައްޔިތުން ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށް ވެސް ޝާހިދު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު އ
08 September 2020
ނަޝީދުއާ އޭނަގެ ޕަޕެޓުންގެ ވެސް ވިސްނުމަކީ، ދިވެހިރައްޔިތުން އެހެން ގައުމުތައް ރުޅިއަރުވާ އެކަހެރިކޮށް އެމީހުން ބޭނުންވާ ވަކިބައެއްގެ އުނގަށް ވެއްޓިގަންނަން މަޖްބޫރު ކުރުވުން.
ޙިނި
08 September 2020
ނުސީދާކޮއް ބިޔަސް ތިޔައޮތީ ވަދެވިފަ އިދިކޮޅު މީހެއްގެ ގޭގައި އެމްބެސީ ހަދައިގެން
1202
08 September 2020
ޗައިނާއަކީ ފުދިގެން އުޅޭ ޤައުމެއް.... އިންޑިޔާހެނެއް ނުވާނެ. މީހުން ތަރައްޤި ނުވަނީސް ކިހިނެއް ޤައުމު ތަރައްޤީވާނީ؟ ލާރިކޮޅެއްދޭއިރަށް ހެއްލޭނެ. ދިވެހިން ގޮސް ގޮސް ޓްރިވެންޑްރަމް ތަރައްޤީކޮށް ނިމޭއިރަށް މިހާރު ބޭސްފަރުވާގެ ކަންކަން ކޮޗިންނަށް އެ ބަދަލު ކުރީ. އެތަންވެސް ބޭނުންވާ ލެވެލް އަށް ދިޔައިމަ ދެން ޖެހިގެން އޮންނަ ސިޓީ އަށް ދާން ޖެހޭނީ. އެވަރު ބަޔަކު ރާއްޖެ އަތްދަށުނުކޮށް ތިބޭނެތަ؟
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
08 September 2020
ޕާޓީ ގޭމް. އޯ ލޮކަލް ޕޮލިޓިކްސް
ޏ.ޏަވިޔަނި
08 September 2020
ދިވެހިން ކަސޯޓީ ދެކެ ފޫހިވެ ކޮރެއާ އާއި ތުރުކީގެ ޑްރާމާތަކަށް މިސުރާބު ޖަހައިފިކަން ނުދަންނަ ސިޔާސީ ރޯނު އެދުރުން ވަރަށް ގިނަ. ބޭސް ފަރުވާގެ ކަންކަން ހަމަޖެއްސުމަށް އިރުމަތީ އޭޝިޔާ އިޚްތިޔާރުކުރަން ފަށާފައިވާ ސަބަބު ސިޔާސީ މީހުންނަށް ނޭގި ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ބޭސް ފަރުވާ ލިބެނީ ހިންދު ކަރައިން ކަމުގައި ހަދާފައިވުމުން ދިވެހިން އެދަނީ މަޖްބޫރީ ހާލަތުގައި ސިޔާސީ ރޯނު އެދުރުންނަށް ނުވިސްނޭ !
ގައުމީދޫ001
08 September 2020
ކާޑު ކޯޓާ ތާށިކޮށްގެން އޮބި އަޅައިފައި އޮތް ރާއްޖެއެއް ޗައިނާގެ އުމްރާނީ ، އިގްތިސާދީ އަދި މާލީ އެހީތެރިކަމުގެ ސަބަބުން، މިނިވަންކަމާއި އިސްތިގްލާލަށް އެޅިފައިވާ ހިޔަނީގެ އަނދިރިކަމުން ސަލާމަތްވެ އަމިއްލަ ފައިމައްޗަށް ތެދުވާން މިރާއްޖެ ފެށި މަސައްކަތް އަސްކަރީ ގޮތުން އޮބިއަޅައިގެން ކޮންޓްރޯލްކުރުމަށް ބަޔަކު ކުރަމުންދާ މަސައްކަތަށް ބައެއް ދިވެހިން ހިތްވަރުދެމުންދާތީ ހިތާމަކުރަން!
ހަނު ހުންނަ މީހާ
08 September 2020
އިންޑިޔާ ބުނީ އިންޑިޔާ އިން ދިވެހިރާއްޖޭގެ ހާރިޖީ ކަންކްމަކާ ނުބެހެމޯ، ޗައިނާއިން ބުނީ ޕާޓީތަކުގެ ސިޔާސީ ގޭމު ތެރެއަށް ނުވެއްދޭނޭ. ކަލޭމެންކުރާ ކަމެއްކަލޭމެން ކުރާށޭ އަހަރެމެން އަޅައެއް ނުލާނަމޭ. ޢެކަމަކު ޕީޕީ ހުރިހާކުދިން ގަބޫލުކުރާގޮތުގައި އިންޑިޔާ އިން އެމްޑީޕީއަށް ހަރަދުކުރޭ. އެމްޑީޕީ ކުދިން ގަބޫލުކުރާ ގޮތުގައި ޗައިނާއިން ޕީޕީއެމަށް ހަރަދު ކުރޭ.
އަލްމާ
08 September 2020
ކޮންމެވެސް ގޮތަކުން މަޖްލިސްއަށް ހޮވޭ ގަމާރު ޒާތުގެ މީހުން އުޅޭ. އޭގެ ކަމެއް އާޒިމް އަކީ
20000
08 September 2020
ފުޓްބޯލަ ކުލޭން އުލެފައި ފިލްމު ކުޅެން އުޅުނީ މާ ހިތައް މިއަރަނީ ޑިޕްލޮމަސީ އެގޭނެ ކަމަށް. އަސްލުގައި ދުނިޔޭ ގުލުންތަކާއި ގައުމުތަކާ ރައްޖެއާއި އޮންނަން ވާނެ ގުޅުން ސިޔާސީ ވެރިން ދަސްކުރަން އަސާސީ ކުލާހަށް ރޭގަޑު ވަޑައި ގަތުމަށް ދައުވަތު އަރުވަން. އަސްރަފީ ބުކްސިޕުން 300ސފ މޮނިޓަރ ފޮތަކާ ރެޑްލީފް ގަލަމެއް ހިއްޕަވައިގެން ދުރުވުން އެދެން. ކްލާސް ފެށޭނީ އިގިރޭސިވިލާތުގައި ޗުއްޓީ ހުރި މީހަ އައިމަ. އޭނާ އަށް ޖެހޭ އަސާސީ ކުލާސް ނަގަން
ހަބީބާ
08 September 2020
އާޒިމެ މެން ކުދިން ކުޑަކޮށް މޮޔަވާނެ.. އަޅާ ނުލާަ