އީދު ޗުއްޓީއަށް ރަށަށް ދާން މީހަކު ފޮށިތަކެއް ލޯންޗަށް އަރުވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
19 ޖުލައި 2021 - 07:41
ބޮޑު ޗުއްޓީ އާއި އީދު ބަންދުގެ ތެރެއަށް ޖުލައި 26 ގެ ބަންދު ވެސް ވަދެ، މިއޮތީ ވަރަށް ދިގު ޗުއްޓީއެއް ލިބިފަ އެވެ. މިކަހަލަ ދުވަސްވަރެއް ވަރަށް ނުލިބެ އެވެ. އެހެންވެ، މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބަޔަކު ވަނީ ރަށްރަށަށް ފުރައިފަ އެވެ. ބެލެވޭ ގޮތުގައި، މިއީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދަކަށް ރަށްރަށުން ބޭރަށް ދާ ޗުއްޓީ އަށް ވުން އެކަށީގެންވެ އެވެ. ކޮވިޑާ އެކު، އެތައް ދުވަހެއް ވަންދެން "ގޭބަންދުގައި" ތިބެން ޖެހުމާ އެކު އެންމެން ވެސް ބޭނުންވަނީ މާލެ އިން ބޭރަށް ޖެހިލާށެވެ.
ރަނގަޅަށް ޗުއްޓީ ހަދާލާށެވެ! އެކަމަށް މާ ގިނަ ފައިސާއެއް ބޭނުމެއް ވެސް ނޫނެވެ. އަދި ދާ ރަށުގައި ކޮންމެހެން ދަންނަ ބަޔަކު ތިބުން ވެސް މުހިންމެއް ނޫނެވެ. މިހާރު ވަރަށް ގިނަ ފުރުސަތުތައް އޮތީ ހުޅުވިފަ އެވެ.
މި ލިސްޓުގައި މި ހިމަނާލަނީ މާލެ ކައިރިން، ފަސޭހައިން ޗުއްޓީ ހޭދަކޮށްލެވިދާނެ ބައެއް ރަށްރަށުގެ މައުލޫމާތާއި ލަފާ ކުރެވޭ ބަޖެޓެވެ.
ކ. ތުލުސްދޫ ގޮނޑުދޮށް: އެ ރަށަކީ ބަޖެޓު ޓްރެވަލް ކުރަން ބޭނުންވާ މީހުންނަށް ކަމުދާނެ ރަށެއް
ކ. ތުލުސްދުއަކީ މާލޭގައި އުޅޭ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލަން ދާ ރަށެކެވެ. މިއީ ދިވެހިންގެ އިތުރުން ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ރަށެކެވެ. މި ރަށުގައި ވޯޓާ ސްޕޯޓްސްގެ އެކި ކުޅިވަރުތަކާއި މިޔަރު ބަލާލަން ދިއުމާއި ވެލާ އަދި މަންޓާ މަޑި ބަލާލަން ދިއުން ފަދަ ހިތްގައިމު އެތައް ކަމެއް ކޮށްލެވޭނެ އެވެ.
މި ރަށަށް ދާން ބޭނުންވާ މީހުންނަށް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 9:30ގަ އާއި މެންދުރު 12:30ގައި އަދި ހަވީރު 4:30ގައި ލޯންޗުގައި ދެވޭނެ އެވެ. ލޯންޗުގައި އެ ރަށަށް ދާން މީހަކަށް ހަރަދުވާނީ 150ރ. އެވެ.
ތުލުސްދުއަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ދާ ރަށަކަށްވުމުން ގެސްޓުހައުސްތައް ވެސް މަދެއް ނޫނެވެ. އެކި ފަންތީގެ ގެސްޓުހައުސްތަކުގައި ތިބުމަށް ދުވާލަކަށް ހޭދަ ވާނީ 650ރ.-800ރ. އާ ދެމެދުގެ އަދަދެކެވެ. އެއީ ހެނދުނުގެ ނާސްތާއާއެކުގަ އެވެ.
ކ. ދިއްފުށި: ގާތްގަނޑަކަށް 1300 މީހުންގެ އާބާދީއެއް އޮތް މި ރަށަކީ ގެސްޓްހައުސްގެ ވިޔަފާރި ބާރުމިނެއްގައި ތަރައްގީވަމުން އަންނަ ރަށެއް .---ފައިލް ފޮޓޯ/މިހާރު
ކ. ދިއްފުއްޓަކީ ވެސް ޗުއްޓީ ހޭދަކުރުމަށް ދިވެހިންގެ މެދުގައި މަގުބޫލު ރަށެކެވެ. ދިއްފުއްޓަކީ ވެސް މާލެއާ ކައިރި ރަށްތަކުގެ ތެރެއިން ބަޖެޓެއްގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ މީހުންނަށް ކަމުދާނެ ރަށެކެވެ.
މި ރަށުގެ ގެސްޓުހައުސްއެއްގައި ހުރުމަށް ދުވާލަކު ހޭދަވަނީ 700ރ.-1000ރ. އާ ދެމެދުގެ އަގެކެވެ. މި ރަށުގައި ވެސް ވޯޓާ ސްޕޯޓްސްގެ އިތުރުން ސްނޯކްލިންއަށް ދިއުމާއި ކައިރީގައި އޮންނަ ފިނޮޅަށް ދިއުން ފަދަ މަޖާ ކަންކަން ކޮށްލެވޭނެ އެވެ.
މި ރަށަށް ދިއުމަށް ހަފުތާއަކު ތިން ދުވަހު މާލެއިން ލޯންޗު ފުރާނެ އެވެ. އެއީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހަވީރު 4:00ގަ އާއި ރޭގަނޑު 7:30ގަ އެވެ. އެހެން ދުވަސްތަކުގައި ވެސް ގެސްޓުހައުސްތަކުން ވަކިން ޓްރާންސްފާ ލޯންޗުތައް ހަމަޖައްސައިދޭނެ އެވެ.
ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅެއް-- ފޮޓޯ: ޓްރެވަލޯސިޓީ
ކ. ހިންމަފުށީގައި ޗުއްޓީ ހޭދަ ކުރުމަށް މީހަކަށް ދުވާލަކު ހޭދަ ވަނީ 700ރ-800ރ. އާ ދެމެދުގެ އަދަދެކެވެ. ލޯންޗު ދަތުރާއެކު 1000ރ. އިން އެ ރަށުގައި އެއްދުވަހު ޗުއްޓީ ހޭދަ ކޮށްލެވޭނެ އެވެ.
މާލެއިން ހިންމަފުއްޓަށް ދިއުމަށް ހަފުތާގެ ހުރިހާ ދުވަހަކު ލޯންޗު ދަތުރުތައް އޮންނާނެ އެވެ. ލޯންޗުން މީހަކަށް 100ރ. ނަގާއިރު ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ މެންދުރު 12:00ގަ އާއި ހަވީރު 4:00 އަދި ރޭގަނޑު 10:00ގައި މާލެއިން ލޯންޗު ފުރާނެ އެވެ. ހުކުރު ދުވަހު ދަތުރުތައް އޮންނާނީ ހަވީރު އަދި ރޭގަނޑު އެކަންޏެވެ.
ހިންމަފުއްޓަށް ދާ ދިވެހިންނަށް ވެސް ޓޫރިސްޓުންނަށް ލިބޭ ހުރިހާ ހިދުމަތެއް ހޯދޭނެ އެވެ. އެގޮތުން، ރާޅާ އެޅުމާއި ސްނޯކްލިން އަށް ދިއުމާއި ވޯޓާ ސްޕޯސްޓްސް އާއި މަސް ދަތުރު ދިއުން ފަދަ ހިދުމަތްތަކުގެ އިތުރުން ކައިރީގައި އޮންނަ ފިނޮޅަށް ދިއުމުގެ ފުރުސަތު ވެސް އެ ރަށުން ލިބޭނެ އެވެ.
މަހިބަދޫ: މިއީ ގިނަ ބަޔަކު ޗުއްޓީ ހޭދަ ކުރަން ދާ ރަށެއް-- ފޮޓޯ: ރިވެލި ރިޓްރީޓް
އއ. މަތިވެރި އަކީ ވެސް ޗުއްޓީ ހޭދަކޮށްލަން ހިތްގައިމު ރަށެކެވެ. މާލެއިން މި ރަށަށް ދާން ގާތްގަނޑަކަށް ހަތަރު ގަނޑިއިރު ނަގާއިރު އެއްކޮޅު ޓިކެޓެއްގެ އަގު އުޅެނީ 400ރ. އަށެވެ.
މި ރަށަށް ދާން ލޯންޗު އޮންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 10:30ގަ އާއި ހަވީރު 4:00ގަ އެވެ. ހުރކުރު ދުވަސްތަކުގައި ލޯންޗު އޮންނާނީ ހެނދުނު 9:30ގަ އާއި ހަވީރު 4:00ގަ އެވެ.
މަތިވެރީގެ ގެސްޓުހައުސްތަކުގެ މި ދުވަސްވަރު އަގުތައް އުޅެނީ 500ރ.-1000ރ. އާ ދެމެދުގަ އެވެ. އެއީ ހެނދުނުގެ ނާސްތާއާއެކުގަ އެވެ. އެ ރަށުގައި ނައިޓް ފިޝިން އާއި ސްނޯކްލިން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ސްނޯކްލިންއަށް ދާ މީހުންނަށް އެ ރަށް ކައިރިން މަންޓާ މަޑިތަކާއެކު ފީނާލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
މަހިބަދޫ ގޮނޑުދޮށުުގައި ވޯޓާ ސްޕޯޓްސް ސާމާނު ބަހައްޓާފައި-- ފޮޓޯ: ކުނބު ޓްރާންސްފާ
ވޯޓާ ސްޕޯޓްސް އާއި ސްނޯކްލިން ފަދަ ކުޅިވަރުގެ އިތުރުން އީދު ކުޅިވަރުތައް ކުޅެން ބޭނުންވާ މީހުންނަށް މިފަހަރު އދ. މަހިބަދޫ ކަމުދާނެ އެވެ. އެ ރަށުގައި މި ހަރަކާތްތަކުގެ އިތުރުން މަސް ދަތުރުތަކުގައި ދިއުމާއި ސްކޫބާ ޑައިވިންގެ ތަޖުރިބާ ހާސިލް ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
މަހިބަދުއަށް ދާން ކޮންމެ ހޯމަ ދުވަހަކާއި ބުދަ ދުވަހެއްގެ ހަވީރު 4:00ގައި މާލެއިން ލޯންޗު ފުރާނެ އެވެ. ލޯންޗުގައި އެ ރަށަށްދާން މީހަކަށް ހޭދަ ވާނީ 300ރ.-400ރ. އާ ދެމެދުގެ އަދަދެކެވެ.
އެ ރަށުގައި ގެސްޓުހައުސްތަކުގެ އަގުތައް ވެސް ވަނީ ކޮވިޑް-19އާ ގުޅިގެން ކުޑަކޮށްފަ އެވެ. އެގޮތުން، މި ޗުއްޓީގައި އެ ރަށުގެ ގެސްޓުަހައުސްތަކުގައި މަޑުކޮށްލަން ހޭދަވާނީ ދުވާލަކު 400ރ.-700ރ. އާ ދެމެދުގެ އަދަދެކެވެ.
ލޯކަލް ޓޫރިޒަމްގެ އެންމެ ފޮނިމީރު ކަމަކީ މިއީ އެވެ؛ ފެރީ ނިޒާމާ އެކު ރަށްރަށުގައި ތިބުމާއި ކެއިންބުއިމުގެ އިންތިޒާމް ފަސޭހައިން ހަމަޖެހުމެވެ. އެ ރަށްރަށުގައި ރަހުމަތްތެރިއަކު ނުވަތަ އާއިލާގެ މީހަކު ނެތަސް މިހާރު ކަންބޮޑުވުމުގެ ބޭނުމެއް ނެތެވެ!.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
19 July 2021
ދެކޮނަށް ހުވަދު އަތޮޅަށް އާދޭ ، ހިތްގައިމު ގޮޑުދޮއްތަކާއި ރީތި މޫދުތަކުގައި އެކއެކި ތަފާތު ހަރަކާތްތަކާއި އެކު ހިތްހަމަ ޖައްސާލެވޭނެ ، ކޮޓަރި އަގުތައް ހުންނާނީ 350 ރ އާއި 459 ރ ދެމެދު ، ހޮޓާތަކުން އަގުހެޔޮކޮށް ކާލެވޭނެ ، ކުޑަބަޖެޓަކުން ޗުއްޓީ ހޭދަކޮއްލެވޭނެ ، ފްލައިޓް އަގުތައް އެކަނި ބޮޑުވާނީ ، އެވެސް 1222 ށް ލިބޭނެ ކޫއްޑޫ މާވާރުލު ކާޑެއްދޫ އަށް .
އެކޮއި
19 July 2021
ތިކަހަލަ މައުލޫމާތު ފަސޭހައިން ރައްޔިތުމީހާއަށް ލިބޭނެގޮތަށް ހުރުމުން ތިކަމަށް ޝައުގު ޖެހުން ބޮޑުވާނެ! އިބޫގެ އިންޓަރ އަޓޮލް ޓްރާންސްޕޯޓް ނިޒާމް ފެށުމުން ދުރު އަތޮޅު ތަކަށް ފަސޭހައިން ދެވޭނެތާ!
ޙަޤިގަތް
19 July 2021
މި ވަރަށް ގޯސްކޮށް އޮތް ލިޔުމެއް. މިހެން ހުރުމުން އެހެން ރަށްރަށަށް ވަރަށް ބޮޑު ގެއްލުންވޭ. ޢެހެން ރަށްރަށްވެސް ބައިވަރު މިހާރު ރާއްޖޭގައި އެބަހުރި އަގުހެޔޮކޮށް
މަތިވެރި
19 July 2021
ޢާންމު ގޮތެއްގަ މަތިވެރިއަށް ދިއުމަށް 2 ގަޑިއިރު ހޭދަވާނީ
މުހަންމާދީ
19 July 2021
ވ.ފުލިދޫ ވެސް މާލެ ކައިރިން ޗުއްޓީ އަކަށް ދާން ސަޅި.ކޮންމެ ދުވަހަކު ލޯންޗް ދަތުރު އިންދޭ،މީހަކަށް 250/-މާލެއިން ފުރައިގެން ގަޑިއެއްގެ އިރުތެރޭދެވޭ.ހެސްކިޔާފަ ރީތި ބީޗްއަކާ މޫދެއް އޮވޭ.ވޯޓާރ ސްޕޯޓްސް،ސްކޫބާ ޑައިވިން،ސްނޯކްލިންގް،ފިޝިން ޓްރިޕް،މަޑިޔަށް ކާންދިނުމާ ޝާރކް ބެލުން އަދި ސޭންޑް ބޭންކްއަށް ދިއުމާ ޝިޕްރެކް ބަލަންދެވޭ.އެންމެ ފައްކަލީ މިރަށަކީ ސަގާފީ ކުޅިވަރަށް މަޝްހޫރު ރަށެއްކަމުން އީދުގަ ރާއްޖޭގަ އާދަކޮއްކުޅޭ ހުރިހާ ކުޅިވަރެއް މިރަށުގަ ކުޅޭ
މޫސާޅު
19 July 2021
ސުވާލަކީ ތިޔަރައްރަށުގައި ދިރިއުޅޭމީހުން ބޭނުންވާނެބާއޭ ގްރޫޕްހަދާފައި އެހެން ރަށްތަކުގެ މީހުން އަރަން.
ނުހޯދައޭނުހޯދައޭ
19 July 2021
ރާއްޖޭގެ ފަހުގެ ތާރީޚެއްގައި ވެސް މާލެ ސަރަހައްދުގެ އިގްތިސާދު އަޑިއަށް ނުދާ ވަރަށް އަޑިއަށް ގޮސް އަދި އިންފްލޭޝަން ވަނީ ސްކައިރޮކެޓް ވެފައޭ އާދައިގެ ހޮޓަލަކުން ކުޑަ މަސްރޮއްޓެއް ފަސް ރުފިޔާ އަށޭ ދެނީ މިކަން މިހެން މިވަނީ އިގްތިސާދުގެ ތެރޭގައި ޑޮލަރު ހުރި ބާސްކެޓް އެއްކޮށް ހުސްވެފައިވާތީއޭ މިކަންކަން ސަރުކާރުން ފޮރުވައިގެން އުޅެމެ އަދި ދައުލަތަށް އާމްދަނީ ލިބޭނެ އުސޫލުން މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ކުއްޔަށްދީގެން ދައުލަތުގެ ބަޖެޓަށް ފައިސާ
ޣޮރޫ
19 July 2021
ޢެމް އެމް އޭ ރިޕޯޓު ބުނާ ގޮތުންނަމަ ޑީފުލާސަން ވަނީ. ކަރަންޓް، ފެން، ރެންޓް މިހުރިހާ އެއްޗެއްގެ އަގުހެޔޮވީ ކަމަ ވަނީ. މީހުން އަތުގަ ފައިސާ ނެތުމުން ޑިމާންޑު ދައްވެ އަގުހެޔޮވި ކަނަ އެމް އޭ ޢޭ ބުނަނީ.
ބޯގޯސް1
19 July 2021
ދުނިޔެއަށް ދިމާވެގެން މިއުޅެނީކީ މީން ޒަމާނަކުވެސް ދިމާވިވަރު ކަމެއްނޫންކަން ތިބޭފުޅާއަށް ފަހަރުގާ ނޭގިދާނެ އެކަމު މިދަތި ހާލުގާވެސް، ރާއްޖޭގެ ހާލަތު މާކަގޯހެއްނޫން، ސިވިލް ސަރވިސް އެންމެނަށް އެންމެ ލާރިއެއްވެސް ކަޑާނުލާ، ގިނަމީހުން ގޭގަ ބައިތިއްބާގެން މުސާރަދިން. މިދިޔަ ރޯދަމަހަކީ މީގެން ޒަމާނަކު ތަކެތީގެ އަގުހެޔޮނުވާވަރަށް ތަކެތީގެ އަގު ހެޔޮމަހެއް. ހަޖަމްކޮށްލާ
ދައިރީ
19 July 2021
ޙިގާބަލަ ކުޑަ އަގުގާ ބަޖެޓެއް ހަދާލަމާ. 3 މީހުންގެ އާއިލާއެއް ހަފްތާއަކަ ބަލާލަން. 750 ރ ދުވާލަކަ، ހަފްތާއަކަ 5250ރ، ދަތުރު 150ރ މީހަކަ، 3 މީހުންނަ 450ރ. 5250+ 450 _ 5700 ޖުމްލަ. ޢެވިރެއްޖް މުސާރަ 10،000ރ. ކުޑަ މާނަ މިހުރީ ކިހިނެއްބާ.
ވަހީދާ1
19 July 2021
'ކުޑަ' އެކިޔަނީ މާލޭގެ ބިންވެރި، ގެދޮރު ކުއްޔަށް ދޫކޮށްފައި ލިބޭ ލާރި ޑޮލަރަށް ހަދައިެގން މެލޭޝިޔާ އޮސްޓްރޭލިޔާ ސިންގަޕޯރ ޔޫކޭ ފަދަ ގައުމުތަކުގައި އުޅުއްވާ ބޭފުޅުންނަށް. ރަން ތިރީސް އަހަރުން ގެނެސްދެއްވި ތަރައްގީގެ ހަގީގީ ފޮނިމީރުކަން ލިބޭ ބޭފުޅުންނަށް.
އެކަށޭނެތަނޭ
19 July 2021
ލޯކަލް ޓޫރިޒަމަށް އަދި އެތަނުގައި ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލެއް އާސަންދަ ވެސް ދީގެން އެބަޖެހޭ ގާއިމް ކުރަން އެގޮތުން މާލެ ސަރަހައްދު މާލޭގެ އުތުރު ގައި ހުރި ބޮޑެތި ފަޅު ތަކުގެ ތެރޭން ފަޅެއް ހިއްކާ އެފަދަ ފަޅެއްގައި އެބަޖެހެއޭ 1 މިލިއަން ގެސްޓް ރޫމްސް ތައް ހިމެނޭ ހޮޓާ ތައް އިމާރާތް ކުރުމަށް ޓަކައި މާލެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް އެތަނުން 200 މީޓަރު ދިގު އަދި 200 މީޓަރު ފުޅާމިނުގެ ބިން ތަކެއް ދޭން އެގޮތުން ބަލާއިރު ގާފަރު ފަޅު މީ އެކަމަށް
ށަވިޔަނި ސުކުން.
19 July 2021
ތުލުސްދޫ ގެސްޓް ހައުސްއަކަށް ގުޅިން އީދަށް ބުކިން ހަދަން. ބެޑް އެންޑް ބްރެކްފާސްޓް އެކަނި 2500 ރުފިޔާ ކަމަށް ބުނީ. ހަމައެކަނި ބެޑް އޭ ބުނީމަ , ބުނީ 1700 ރުފިޔާއޭ. 800 ރުފިޔާ ގެ ބްރެކް ފާސްޓެއް .. އަގު ހެޔޮކަމުން އަނބުރައިގަތް ގޮތަށް އަދި ކިރިޔާ މި ހޭވެރިކަންވީ.