ލައިފްސްޓައިލް / ދުޅަހެޔޮ ދިރިއުޅުން

ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ

ކޮފީއާ ބެހޭ ވާހަކަތައް ގިނަ އެވެ. ކޮފީން ލިބޭ އެތައް ފައިދާއެއްގެ ވާހަކަ އާއި މާ ގިނައިން ކޮފީ ބޯ ނަމަ ދިމާވެދާނެ ސިއްހީ އެތައް މައްސަލަތަކުގެ ވާހަކަ އެވެ. ހަގީގަތަކީ ކޮފީ އަކީ ގިނަ ބަޔަކަށް އެއާ ނުލައި ނޫޅެވޭ އެއްޗެއްކަމެވެ. އެހެންވެ ކޮފީއާ ގުޅޭ ގޮތުން ކުރެވޭ ދިރާސާތަކާއި ބަހުސްތައް ވެސް ގިނަ އެވެ.

ޖަމާ އިންޓާނަލް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓްގައި ބުނަނީ ކޮފީ ބުޔަސް ހިތުގެ ވިންދަށް ނޭދެވޭ އަސަރެއް ނުކުރާ ކަމަށެވެ.

އަރިތުމިއާ އަކީ ހިތުގެ ވިންދު ޖަހާ ޕެޓާނަށް ބަދަލުތަކެއް އައުމުން ދިމާވާ މައްސަލައަކަށް ކިޔާ ނަމެކެވެ. މިސާލަކަށް، ހިތުގެ ވިންދު މާ އަވަސްބުން ނުވަތަ މާ ބޮޑަށް ލަސްވުން ގުޅުވަނީ މިކަމާ އެވެ. އެކަމަކު ކޮފީއަކުން އަރިތުމިއާއަކަށް މަގުފަހިވާކަމުގެ ހެއްކެއް ނެތް ކަމަށް ދިސާރާ އިން ދައްކަ އެވެ.

އެހެންވެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ހިތުގެ ވިންދު ޖަހާ ޕެޓާން ހަމައިން ނެއްޓި، ހިތަށް މައްސަލަތައް ދިމާވުމާ ކޮފީއަކާ ގުޅުމެއް ނެތެވެ. އަދި އޭގެ ބަދަލުގައި ކޮފީން ހިތުގެ ވިންދު ހަމައަކަށް އަޅުވައިދޭން ބާރަކަށްވާ ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް ބޮވޭ ކޮންމެ ކޮފީ ތައްޓަކީ ހިތުގެ ވިންދަށް ދިމާވާ ނުރަނގަޅު އަސަރުރައް ތިން ޕަސެންޓަށް ދަށްކޮށްދޭ ކަމެކެވެ. މިއީ އާދަކޮށް ކޮފީ ބޯ 386،000 މީހުން ބޭނުންކޮށްގެން ތިން އަހަރުގެ ތެރޭގައި އޭގެ ސަބަބުން އެ މީހުންގެ ހިތުގެ ރޭޓް އެނަލައިޒްކޮށްގެން ނެރުނު ނަތީޖާއެކެވެ.

މި ނުކުތާގައި ފާހަގަކޮށްލަން މުހިއްމު އެއް ކަމަކީ ކުރިން ހަދާފައިވާ ދިރާސާއަކުން އިރުޝާދު ދީފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް ތިން ތަށި ކޮފީ އަށް ވުރެ އިތުރު ނުކުރަން މުހިއްމެވެ.

ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި އެމެރިކާގެ ކެލިފޯނިއާ ސެން ފްރަންސިސްކޯ ޔުނިވަސިޓީގެ ކާޑިއޮލޮޖީ ޑިވިޝަންގެ ޕްރޮފެސަަރު އަދި އެރިތުމިއާ ސްޕެޝަލިސްޓް ޑރ. ގްރެގަރީ މާކަސް ވިދާޅުވި ގޮތުގައި ހިތުގެ ވިންދުގެ ހަމައިން ނެއްޓުމުގައި ލައިފްސްޓައިލަށް ގެނެވޭ ނޭދެވޭ ބަދަލުތަކާ އެކު ދިމާވާ ސިއްހީ މައްސަލަތަކާ އެކު ހިތުގެ ވިންދަށް އަސަރުކުރެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި "ކޮފީ ޖީން" އަކީ ހެޔޮ ބަދަލުތަކެއް ހަށިގަނޑަށް ގެނުވާ އެއްޗެކެވެ. ކޮފީ ޖީން ނުވަތަ "CYP1A2" އަކީ ކޮފީން ލިއްބައިދޭ ކެފެއިންގެ މެޓަބޮލިޒަމް ހަމައަކަށް އަޅުވައިދޭ އެއްޗެކެވެ. އެކަމަކު ދުންފަތުގެ އިސްތިއުމާލުކުރާ މީހަކު ނަމަ "ކޮފީ ޖީން" ގެ ސަބަބުން މައްސަލަތައް ދިމާވުމުގެ ފުރުސަތު އޮތް ކަމަށް ދައްކަ އެވެ. އަދި މިކަން ބޮޑަށް ގުޅެނީ އުމުރުން ދުވަސްވީ ފިރިހެނުންނާ ކަމަށް ވެސް ބާރު ދެ އެވެ.

"ޖުމްލަކޮށް ބަލާ ނަމަ ކޮފީ ބުޔަސް މެދުމިންގަނޑެއް ގެންގުޅުން ވަރަށް މުހިއްމު." މާކަސް ވިދާޅުވި އެވެ.

ކޮފީން ލިއްބައިދޭ ސިއްހީ ފައިދާތަކުގެ ތެރޭގައި ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ކަމަށްވާ ކެންސަރާއި ހިތުގެބައްޔާއި ހަކުރުބަލި ފަދަ ބަލިތަކުން ދުރުކޮށްދޭން މަގުފަހިކޮށް ދިނުން ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454