ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިރޭ އެމްޑީޕީ ހަރުގެ ފާސްކުރަމުން ގެންދާއިރު އާންމުން އެ މަންޒަރު ބަލަނީ -- ފޮޓޯ؛ ނިޝާން އަލީ/ މިހާރު
01 މާޗް 2017 - 22:19
ކޯޓު އަމުރެއްގެ ދަށުން އެމްޑީޕީގެ ހަރުގެ އަށް ފުލުހުން މިރޭ ވަނީ، ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަތުރުފުޅަށް ހުރަސްއަޅަން ރާވާ ކަމުގެ ތުހުމަތުގައި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ހެއްކެއް ހަރުގެއިން ނުފެނުނު ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ހަރުގެއަށް ވަދެ ހުރިހާ ތަނެއް ބަލައި ފާސްކޮށްގެން ވެސް ފުލުހުން ހޯދަން އުޅުނު އެއްވެސް އެއްޗެއް ނުފެނުނު ކަމަށެވެ. އެތަނުން ގެންދިޔައީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ބެނާތައް ހަދާފައިވާ ފޮތިތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ހަރުގެ މިހާރު ބޭނުން ކުރަމުން އަންނަނީ، އަނަސް ވިދާޅުވި ގޮތުގައި، ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ މައި މަރުކަޒުގެ ގޮތުގަ އެވެ.
"ތުހުމަތުތަކެއްކޮށް، ފުލުހުން ހަރުގެއަށް ވަނީ ކައުންސިލް އިންތިހާބުގެ ކެމްޕޭނާއި ސިޔާސީ ހަރަކާތް ހިންގަން ހުރަސްއަޅަން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ހަރުގޭގައި މިހާރު ކުރަނީ އިންތިހާބުގެ ކެމްޕޭންގެ މަސައްކަތްތައް،" އަނަސް ވިދާޅުވި އެވެ.
އިންތިހާބު ބޯމަތިވެފައި ވަނިކޮށް، އަސްލެއް ނެތް ތުހުމަތުތަކަކާ އެކު އިދިކޮޅު ޕާޓީގެ ކެމްޕޭން މަރުކަޒަށް ވަނުމަކީ އެމްޑީޕީން ބުނިގޮތުގައި ފުލުހުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއިން ދައްކައިދެނީ، ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތް މިންވަރު ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އެމްޑީޕީގެ ހަރުގެ ހުންނަ ހ. ވެޔޮވިލާ، ކޯޓު އަމުރެއްގެ ދަށުން ފާސްކުރަނީ ރާއްޖެ އަށް ވަޑައިގަންނަވަން ނިންމަވާފައިވާ އިއްޒަތްތެރިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ކަންތައްތަކެއް ރާވާ ކަމުގެ ތުހުމަތުގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެމްޑީޕީގެ ހަރުގެއަށް ފުލުހުން މިރޭ މިވަނީ، ސައުދީ ރަސްގެފާނުގެ ދަތުރުފުޅަށް ހުރަސްއަޅަން އެއްވެސް ކަމެއް ހިންގާނަމަ އެކަން ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ ބަޔާނެއް ނެރުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްނި
03 March 2017
ތީދެން މިހާރު ޕާޓީ އެއްތަ ފުލުހުންވެސް ތިތަނަށް ތިޔަވަނީ ތިޔަށް ވުރެ ގުނަ މީހުންތިބޭ ގަޑު މައުލޫދު ހަރުގޭގައި ވެސް.
މާރިޔާ
02 March 2017
މިޕާޓީ އުވާލެއްވުން އެދެން އެމްޑީޕީ
ދޮންބީފާނު
02 March 2017
ބަލަ ހެއްކާގަރީނާ ހޯދަންއެތަނައްދިޔައީ ފުލުހުން ވީމާ ހެއްކެއް ފެނުނަސްް އަދިނުފެނުނަސް އެކަންހާމަކުރާނީ ފުލުހުން މ.ޑ.ޕ އަކުންނޫން ދޮއްތޮ މިސްކިތުހުޅުޖެހިމީވެސްބުނޭ މަށޭކިޔާހެއްޔޭ
ފުނޯސް
02 March 2017
މިސަރުކާރަށް 5 މެމްބަރުން ވެސް ނޭގެ ތާއިދު ކުރާކަމެއް. އަޅުވެތިވެފަ ތިބިބަޔަކު ގޮވައިގެން ކުރިއެރުމެއް ނުހޯދޭނެ.
ފިނޯސް
02 March 2017
ޚިހިނެއް އެގޭނނީ 5 ފެނުނަސް.
ވިސްނާ
02 March 2017
ފެންފޯއްރުއްތައް އުފުރާލި ބަޔަކު ހޯދިއްޖެތޯއެވެ. ހަމަ އެއްވެސް ހެއްކެތް ގަރީނާއެއް ނުލިބި ތުހުމަތު ކުރެވޭ މީހަކުވެސް ނެތްތޯއެވެ. މަޖީދީމަގު ފިހާތަތަކާއި ގެތަކާއި ތަންތަނުގައި ހުރި ކެމެރާއަކަވެސް އެބަޔަކު ނޭރިތޯއެވެ. މާލެތެރެ ބަލަހައްޓަން ފުލުހުން ބަހައްޓާފައިވާ ކެމެރާތަކަށްވެސް ހިލަމެއް ނުވިތޯއެވެ. އެކަމަކު ހަރުގެއެއްގެ ތެރޭގައި ކުރަމުން ދިޔަކަމެއް ހާދަ ފަސޭހައަކުން ތި އެނގުނީތާއެވެ.
އިސްމާއިލް
02 March 2017
ބަލަ، ގޮޑިދަށުގަ ފޮރުވާފަ އޮތް ޖެޓް ފައިޓަރ އެއް ނުފެނުނު ތަ؟
ހަސަނު
02 March 2017
އަސްލު އެތަނަށްވަނީ ކައުންސިލް އިންތިހާބު ކެމްޕޭނުގާ އަދިވެސް 2ޕީއެމް ތަންކޮޅެއް ފަހަތުގާ އުޅެވޭތީ އެމްޑިޕީން އެ ހަދާ އެއްޗެއް ބަލާލަން... ދެން އެކަހަލަ ކަންކަން ކުރުވަން ތިބޭނީ ފުލުހުންތާ...
ޒާ
02 March 2017
ލިިޓްލް ނޯތު ކޮރެއާ.
އޯއްޕް
02 March 2017
ފުރަތަމަ ފަހަރަށް އެމްޑީޕީ ހަރުގެ ބްލޫސް ކުދިން ޗެކް ކޮށްގެން ހެއްކެއް ނުފެނުނު ނަމަ އެމްޑީޕީގެ ސެކްރެޓޭރިއެޓް ވެސް ޗެކް ކުރަންވީ ނޫންތޭ. އޯއްޕް. އެތަނުގައި އޭ އެމެން ސިއްރު ސައްލާ ތައް ކުރަނީ. އޯއްޕް. އެތަނުން ކަރަންޓް ކަނޑާލެވެން ނެތްތޭ އެއީ މަމެން ނުކުރާ ސުވާލެކޭ ދޯ. އޯއްޕް. މިފަދަ ފުރުސަތެއް ލިބޭނީ ވަރަށް މަދު ފަހަރެއްގައޭ މިފަދަ ފުރުސަތު ތައް ނަގާ ނުލާ ހެޔޮ ގޮތުގައި ފުރުސަތުގެ ބޭނުން ހިފާ މާރޗް 18 ގެ ކުރިން އެމެން ޝަޓް ޑައުން ކުރާނެ ގޮތުގެ ރޯޑް މެޕް އެކުލަވާލާ އެމަގުން ކަން ކުރަންވީ ނޫންތޭ. އޯއްޕް، އޯއްޕް، އޯއްޕް. ނަށާލާ، ނަށާލާ، ނަށާލާ..
ޕޯއްޕު
02 March 2017
އޯއްޕު މީ ކިއްލިތަޅާ ގްރޫޕްގެ ސޮހޮލެއްތޭ؟ އެހެންޏާފަހެ ފުރަތަމަ ފަހަރަށޯ ހަރުގެ ފާސްކުރީ. މަހަމަ ހައިރާންވެއްޖެ ތޭ. މި ސޮހޮލަށް ކަންތައްތައް ނޭގޭތީ ތޭ.
މުހައްމަދު އަހްމަދު
02 March 2017
އެމްޑީޕީ އަކީ މުސްލިމު ޤައުމު ތައް ދެކެ ހާދަ ރުޅި އަންނަ ބަޔެކޭ ދޯ؟