ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އަލީ އާރިފް ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
06 ޑިސެމްބަރ 2017 - 13:11
ފ. އަތޮޅުގައި ސައުދީ އަރަބިއްޔާ އިން ހިންގަން އިއުލާން ކުރި ބިޔަ މަޝްރޫއު ނުހުއްޓޭ ކަމަށާއި އެ ގައުމުން އެ މަޝްރޫއު ގެންނާނެ ކަމަށް ޕީޕީއެމްގެ ތަރުޖަމާން އަލީ އާރިފް ރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްފި ނަމަ، ފ. އަތޮޅުގެ މަޝްރޫއު ގެންނާނެ ކަމަށެވެ. އެއީ ރައްޔިތުންނަށް އިންތިހާ އަށް ފައިދާ ހުރި މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޖެހޭނެ ދެ އަތުން، ދެ ފައިން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްގެން އެ ޕްރޮޖެކްޓް ގެންނަން،" އަލީ އާރިފް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޖަގަހަ "ރުމާލު 2" ގައި ރޭ ބޭއްވި ޖަލްސާގައި ބަޔަކު ބައިވެރިވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގައި "ހިޔާ" މަޝްރޫއުގެ ބިންގާ އެޅުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ފަހު ވަގުތު ހުއްޓުނީ އިދިކޮޅު ފަރާތްތަކާ ހެދި ކަމަށެވެ.
ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދަނީ އެ މަޝްރޫއު ހުއްޓުވާނެ ކަމަށެވެ. އެކަމަކު، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ.
ފ. އަތޮޅުގައި ހިންގަނީ ތަރައްގީގެ ވަރަަށް ބޮޑު މަޝްރޫއުއެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. ނަމަވެސް އެ އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމުގައި ވިޔަސް، އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެ، އަލީ އާރިފް ވިދާޅުވި ގޮތުގައި ނަޝީދަކީ ދިވެހި ދައުލަތުގެ ދުޝްމަނެކެވެ. އެމަނިކުފާނަކީ ދިވެހި ގައުމާއި ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ކުރަން ބަޔަކު މީހުން އުޅޭ ކަމަށް ވެއްޖެނަމަ، ހުރަސް އަޅުއްވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރުމާލު 2 ޖަގަހާގައި ބޭއްވި ޖަލްސާގައި ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ބައިވެރިވަނީ.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
މިސާލެއްގެ ގޮތުގައި އަލީ އާރިފް ނެންގެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރަށް ވިއްކާލުމެވެ. އެކަން ކުރީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމެއް ނެތި ކަމަށާއި ނަތީޖާއެއްގެ ގޮތުން 300 މިލިއަން ޑޮލަރު ދައްކައިގެން، ދިވެހިންނަށް އެއާޕޯޓް އަނބުރާ ލިބުނު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ނަޝީދުގެ ވެރިކަމުގައި އަމަލު ކުރެއްވީ ދައުލަތަށް އެންމެ ގެއްލުންވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ޗައިނާއާ އެކު ރާއްޖެ އިން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމުމަކީ އަލަށް ކުރާ ކަމެއް ނޫން ކަމަށް އަލީ އާރިފް ވިދާޅުވި އެވެ. އެގޮތުން ސާކްގައި ހިމެނޭ އަށް ގައުމެއް ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގައި ސޮއިކޮށްފައިވާ ކަމަށް ވެސް އަލީ އާރިފް ވިދާޅުވި އެވެ.
"އެމެރިކާ އާއި ޗައިނާ ދެމެދު ފްރީ ޓްރޭޑް އެގްރީމަންޓެއް އޮވޭ. އަޅުގަނޑުމެން އަލަކަށް ކުރާ ކަމެއް ނޫން މިއީ. މި މީހުން މި ބުނަނީ މިކަން ހުއްޓުވާނަމޭ. ނުވާނެ އެކަމެއް،" އޭނާ ވިދާޅުވި އެވެ.
އަލީ އާރިފް ވިދާޅުވި ގޮތުގައި ޗައިނާއާއެކު ސޮއިކުރަން ތައްޔާރުވާ އެއްބަސްވުމުން ދިވެހި ރައްޔިތަކަށް ގެއްލުމެއް ނުވާނެ އެވެ. އަދި ރައްޔިތުންނަށް ފައިދާ އާއި ނަފާ ލިބޭނެ ކަންކަން ހުއްޓުވަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ "ފޫގަޅާފައި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ އާރިފް ވިދާޅުވީ ޗައިނާ އަކީ ބޭރުގެ ގިނަ ގައުމުތަކެއްގައި އިންވެސްޓް ކުރަމުން އަންނަ ބައެކެވެ. އަދި އެ ގައުމުން ރާއްޖޭގައި އިންވެސްޓް ކުރަނީ ދެ ގައުމަށް ވެސް ނަފާ ލިބޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނޫނީ، ރާއްޖޭގައި ޗައިނާ އިން އިންވެސްޓް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައުމްޗް
19 December 2017
ފ.އަތޮޅުން އާރިފަށް ކިހާވަރެއް ލިބޭތަ؟
އަލިބޭ
06 December 2017
ރިޔާސީ އިންތިޚާބުގައި ސައުދީއިން ޔާމީނަށް ތާޢީދު ކުރާނެ ހަމައެކަނި ގޮތަކީ ފ. ކަން ވާނީ ކަށަވަރުވެފަ.
ފަޅޯބިދޭ
06 December 2017
ހާދަ ދެފުއްކެހެރިއޭ ދޯ މިމީޙުން. ނަޝީދު 25 އަހަރަށް އެއަރޕޯޓް ކުއްޔަށް ދިނީމާ ވިއްކިކަމަށް ވެފާ މިމީހުން އަތޮޅު ތަށް ކުއްޔަށް ދިނީމާ އެނުވޭ ވިއްކިކަމަކަށް. ނަޝީދު ދުޝްމަނަކަށް ވީ އާސަންދައާ ފްލެޓް އެޅުމާ ޓެކްސްގެ ނިޒާމު ގެނައިމަތަ؟ ގައިމު ކަލޭމެން ކީއަޑުއެހިން އާސަންދަ ގެނައިމާ 3މަސްދުވަހުވެސް ނުހިފެއްޓޭނެޔޭ ކިހިނެއްވީ؟ ދެން ދުޝްމަނަކަށް ވަނީ މުސްކުޅިންނަށާ ނުކުޅެދޭމީހުންނަށް އަދި އެކަނިވެރިމައިންނަށް ފައިސާގެ އެހީ ތައާރަފްކުރީމަތޯ؟ ދުޝްމަނަކަށްވަނީ ގިނަރައިއްޔަތުންގެ ލޯބި ލިބުނަތީވެތަ؟
އަމިއްލަބާލީހަށްބަންޑާރަ ކަފަ
06 December 2017
ޤައުމީ ވަހުދަތު ގެއްލިއްޖެ ޔާމީނު ކައިރިން މިގައުމު ސަލާމަތް ކުރެވޭނީ އުމަރަށް އުމަރު މިހާރު އެނިކުންނަނީ ޖޭޕީން އުމަރުބުނިހެން ޔާމީނަށް ތަނެއް ހަވާލުވެއް ހަވާލުކޮށްފިއްޔާ އެތަނެއްގަ އިންނާނީ ހުސް ވަޅުގަނޑު ކަމަށް އަމިއްލަ އިއުތިރާފުން އެކަމުގެ ކާފީ ހެކި ވަނީ ދީފަ އުމަރަކީ މިހުރިހާ ކަމެއްގެ ހައްލު
ކުމި
06 December 2017
ނަޝީދު ޖަލަށްލައިގެންވެސް އެނޫންއެއްޗެއް ނުވެސްކިޔޭ ތިހާހިތްވަރުހުރިއްޔާ ނަޝީދުގެންއި ޓެކްސް ނިޒާމު އުވާލަދީބަލަ ޖީއެމްއާރު ބޭރުކުރިގޮތަށް އެރުން މަވެސް އަތްޖަހާނަން
އަސުރުފަސް
06 December 2017
އަރަބި ވެރިންނަކީ އެމީހުންގެ ރައްޔިތުންގެ ލާރީގައި ނާޗަރަންގީ ކުޅޭ ބައެއް. މިހާރު ތަހުޒީބީ ބަޔަކު އިންވެސްޓުކުރަން ނާންނާނެ ރާއްޖެއަކަށް. މުޅިންވެސް ނަހައްގު ލާރި އިންވެސްޓްމަންޓޭ ކިޔާފަވެސް މި ވަންނަނީ މިހާރު. ގުޅެން މިޖެހެނީ މުޅިންހެން ޑިކްޓޭޓަރުންނާ.
ހަލީލް
06 December 2017
ރާއްޖެ ވިއްކުމުގެ މަޝްރޫއު ނުހުއްޓޭނެ. ގައުމަށް ލޯބި ނެތް ބައެއް ތީ
ހައެހައެ
06 December 2017
ދަރުބާރީންގެ ޖަލްސާތަކަށް ހާދަ ރީތި ކުދިން ގެދެޔޭދޯ މިހާރު
ނީނާ
06 December 2017
ހޫން އަލީމެންގެ އަތޮޅުގަ އެއޮތީއެއް ނު ބޮޑު ހެވަނެއް ވެސް އަޅާފަ ޤައުމަށް އެއިން އެ ވަންނަ ޑޮލަރުތަކުން ރައްޔިތުން މިތިބީ ހެވި ދިއްލިފަ.. އެއީ އިންވިޒިބަލް ހެވަނެއް ދެއްތޯ؟
ގައްދާރުންނަށް ހަލާކުހުރި
06 December 2017
ދިވެހި ބިން ބޭރުގެ މީހުންނަށް ވިއްކުމުގަ އުޅޭ އެންމެން ގައުމަށް ގައްދާރުވުމުގެ ކުށުގަ ހުކުމްކޮށް ހުކުމް ތަންފީޒުކޮއް އެބައިމީހުންގެ މުދާ ވެސް އަތުލެވޭނެ!