ޚަބަރު / އެމްއެންޑީއެފް

އިތުރު ސިފައިންގެ މީހަކަށް ރޭޕްގެ ތުހުމަތު އޮތްކަން ސާފެއް ނުވި: އެމްއެންޑީއެފް

ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް---

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ އާއި ރޭޕް އަދި ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައިވާ ސިފައިންގެ މީހާ ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އިތުރު ސިފައިންގެ މީހަކަށް އެފަދަ ތުހުމަތެއް ކޮށްފައިވާކަން އަދި ސާފުނުވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ފުލުހުން ރޭ އިރާކޮޅު ވަނީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ އާއި ރޭޕް އަދި ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ސިފައިންގެ މީހަކު ހައްޔަރުކޮށްފަ އެވެ. އުމުރުން 36 އަހަރުގެ އެ ފިރިހެންމީހާ އާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި އެ މީހާ އެ ޖަރީމާ ހިންގީ ކޮށް ދުވަސްވަރެއްގައި ކަމެއް ފުލުހުން މިހާތަނަކަށް ހާމައެއް ނުކުރެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރީ އެމްއެެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގައި މަސައްކަތް ކުރާ ސިފައިންގެ މީހެކެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ، ޖިންސީ ގޯނާ އާއި ރޭޕް އަދި ބްލެކްމެއިލްގެ ތުހުމަތުގައި އެ ސިފައިންގެ މީހާ ހައްޔަރުކުރި ކަން ރޭ 8:00 ހާއިރު ފުލުހުން އެންގުމާ އެކު، އެމްއެންޑީއެފްގެ ކަމާ ގުޅޭ ކޮމިޓީ ބައްދަލުކޮށް، އެ މީހާ ހައްޔަރުކުރި ވަގުތުން ފެށިގެން ސިފައިންގެ ޚިދުމަތުން ސަސްޕެންޑް ކުރި ކަމަށެވެ.

އަދި ބުނީ ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވުމުން، އެއީ ކޮން ބައެއްކަން އޮޅުން ފިލުވަން އެ މެމްބަރުގެ އަރިހުން އެދުނު ކަމަށެވެ. އެކަމަކު، އެ މައުލޫމާތު އެނގޭނީ ފުލުހުންނަށް ކަމަށް ވިދާޅުވެ، އެ މެމްބަރު ޖަވާބު ދެއްވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެންވެ، އެ މައުލޫމާތު ސާފުކުރަން ފުލުހުންގެ އިދާރާގައި އެމްއެންޑީއެފުން މިދިޔަ ހޮނިހިރު ދުވަހު އެދުނެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ، ޖިންސީ ގޯނާ އާއި ރޭޕް އަދި ބްލެކްމެއިލްގެ ތުހުމަތުގައި އެ ސިފައިންގެ މީހާ ހައްޔަރުކުރި ކަން ރޭ 8:00 ހާއިރު ފުލުހުން އެންގުމާ އެކު، އެމްއެންޑީއެފްގެ ކަމާ ގުޅޭ ކޮމިޓީ ބައްދަލުކޮށް، އެ މީހާ ހައްޔަރުކުރި ވަގުތުން ފެށިގެން ސިފައިންގެ ޚިދުމަތުން ސަސްޕެންޑް ކުރި ކަމަށެވެ.

ނަމަވެސް އެ ފަދަ ތުހުމަތެއް ސިފައިންގެ ދެވަނަ މީހަަކަށް އޮތްކަން ނުވަތަ ނޫންކަން ފުލުހުންގެ އިދާރާއާ ކުރި މުއާމަލާތުން ސާފު ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ނުވަތަ ފުލުހުންގެ އިދާރާ އިން އެމްއެންޑީއެފާ މައުލޫމާތު ހިއްސާ ކުރި ނަމަ އެ މައްސަލަ ވަގުތުން ބަަލައި ފިޔަވަޅު އެޅުނީސް ކަމަށް އެމްއެންޑީއެފްގެ ބަޔާނުގައި ވެ އެވެ.

"އެހެން ކަމާ އެކު، މި މައުލޫމާތު މި މުއައްސާއާ ކުރިން ހިއްސާ ކުރައްވާފައި ނުވާތީ، ނުހަނު ހިތާމަކުރާ ވާހަކަ ދަންނަވަމެވެ،" އެމްއެންޑީއެފްގެ ބަޔާނުގައިި ވެ އެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކާ މެދު ޖިންސީ ގުޅުން ހިންގި މައްސަލައެއް ނުބަލާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ، ހިއުމަން ރައިޓްސް ކޮމިޓީގައި ކަންބޮޑުވުން ފާޅު ކުރައްވައިފައިފަ އެވެ. އޭނާގެ އެ ވާހަކަތަކާ ގުޅިގެން އޭރު ސިފައިން ބުނީ އެފަދަ ކަމެއް އެއްވެސް ފަރާތަކުން ސިފައިންނަށް އަންގާފައި ނެތް ކަމަށެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަޑަބައި

23 January 2020

ރޮޒޭނާ ކުރިން މިމައުލޫމާތު ހިއްސާ ނުކުރުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454