ހެލްތު މިނިސްޓަރު އަމީން މިރޭ ބޭއްވެވި ނިއުސް ބްރީފިންގައި ވާހަކަ ދައްކަަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
26 ފެބުރުއަރީ 2020 - 21:13
ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހުގެ ބިރުވެރިކަން އިތުރަށް ބޮޑުވަމުންދާތީ، ކްރޫޒްލައިނާތައް ރާއްޖެ އައުން މި ވަގުތަށް މެދުކަނޑާލަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ނިންމެވުން އިއުލާން ކުރެއްވީ، ރައީސް އޮފީހުގައި މިރޭ ބޭއްވި ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
އޭނާ ވިދާޅުވީ، ކްރޫޒްލައިނާތައް ރާއްޖެ އައުމުގެ ހުއްދަ ދެން ދޭނީ ކޮރޯނާވައިރަސްގެ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން ވަނީ އީރާނުގެ މަގުން ނުވަތަ އެ ގައުމުން ރާއްޖެ އައުން ވެސް މިއަދުން ފެށިގެން މަނާކޮށްފައި ކަމަށް އަމީން ވިދާޅުވި އެވެ. އަދި ޗައިނާ ފިޔަވައި ދެން ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރޭ ސައުތު ކޮރެއާގެ ދެ ސަރަަހައްދަކުން ވެސް ރާއްޖެ އަށް މީހުން އައުން މިވަގުތަށް މަނާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން، މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ޗައިނާ އިން ރާއްޖެ އަށް މީހުން އައުން ވެސް ވަނީ މަނާކޮށްފަ އެވެ.
އަމީން ވިދާޅުވީ، ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ރާއްޖެ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާގެ ސަބަބުން، ރާއްޖެ އިން މިހާތަނަށް އެއްވެސް މީހަކު އެ ބައްޔަށް ޕޮޒިޓިވް ނުވާ ކަމަށެވެ.
ކޮރޯނާވައިރަހުގެ ހާލަތާ ގުޅޭ ގޮތުން މިރޭ ބޭއްވި ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން، ދެ ޑޮކްޓަރަކާ އެކު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ތަފާސްހިސާބުތަކުގެ އަލީގައި އަމީން ވިދާޅުވީ، ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ރާއްޖެ އިން އަޅަން ފެށި ފަހުން އިއްޔެގެ ނިޔަލަށް 147،000 މީހުން ރާއްޖޭގެ އެއާޕޯޓުތަކުން އެތެރެވެފައިވާ ކަމަށެވެ. އަދި އެ ހުރިހާ މީހުން ވެސް ތާމަލް ކެމެރާ އިން ސްކްރީން ކުރި ކަމަށް އަމީން ވިދާޅުވި އެވެ. އޭގެ ތެރެއިން ސުވާލުކުރީ މިނިސްޓަރު ވިދާޅުވި ގޮތުގައި 538 މީހަކާ އެވެ.
"ހުމުގެ އަލާމާތް ނެތް ކަމުގައި ވިޔަސް އަދި އަޅުގަނޑުމެން އެކި ގޮތްގޮތުން ފާހަގަކުރެވޭ 538 ފަރާތަކާ ސުވާލު ކުރިން. ރާއްޖެ އަށް އެތެރެވުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވައިލެވުނު 37 ފަރާތެއް. ކަރަންޓީން މިހާތަނަށް ކުރެވުނީ 16 ފަރާތެއް،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮރޯނާވައިރަސް ފެތުރުމުގެ ހާލަތު ދުނިޔޭގައި ކޮންމެ ދުވަހަކުވެސް ބަދަލުވަމުންދާ ކަމަށާއި އެ ބަދަލުތަކާ އެކު އަޅާ ފިޔަވަޅުތައް ވެސް ތަފާތުވާނެ ކަމަށެވެ.
ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ އިޓަލީގައި ކޮރޯނާވައިރަސް ފެތުރެމުން ދާތީ، އެ ގައުމާ މެދު ހާއްްސަ ގޮތަކަށް އަމަލުކުރާނެތޯ "މިހާރު"ން ސުވާލު ކުރުމުން އަމީން ވިދާޅުވީ އިޓަލީގެ ހާލަތު ވެސް ބަލަމުން އަންނަ ކަމަށެވެ.
ތަފާސްހިސާބުތަކުގެ އަލީގައި އަމީން ވިދާޅުވީ، ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ރާއްޖެ އިން އަޅަން ފެށި ފަހުން އިއްޔެގެ ނިޔަލަށް 147،000 މީހުން ރާއްޖޭގެ އެއާޕޯޓުތަކުން އެތެރެވެފައިވާ ކަމަށެވެ. އަދި އެ ހުރިހާ މީހުން ވެސް ތާމަލް ކެމެރާ އިން ސްކްރީން ކުރި ކަމަށް އަމީން ވިދާޅުވި އެވެ. އޭގެ ތެރެއިން ސުވާލުކުރީ މިނިސްޓަރު ވިދާޅުވި ގޮތުގައި 538 މީހަކާ އެވެ.
"އަޅުގަނޑުމެން އިޓަލީ ވެސް މޮނިޓާ ކުރަމުން މި ގެންދަނީ. އިޓަލީގެ ސަރުކާރުގެ އެތެރެއިން އަޅާފައި ހުރި ފިޔަވަޅުތައް ވެސް އަޅުގަނޑުމެން މޮނީޓާ ކުރަން. އިޓަލީގެ ކަންކަން ވެސް އަދި މުޅި ޔޫރަޕް ތެރޭގައި އަޅުގަނޑުމެން މޮނިޓާ ކުރަމުން މި ގެންދަނީ. އެހެންވީމާ އެ އަށް ބަލާފައި އަޅުގަނޑުމެން ފިޔަވަޅުތައް މި އެޅީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި، އިޓަލީ ނުވަތަ ޔޫރަޕްގެ އެހެން ގައުމަކާ ގުޅޭ ގޮތުން ވެސް ރާއްޖެ އިން ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅެއް އަޅާނެ އެވެ. އެގޮތުން، ހާލަތު ގޯސްވާ ގައުމުތަކާ މެދު ކޮންމެ ދުވަހަކު ވެސް ކަމާ ބެހޭ އިދާރާތަކުން މަޝްވަރާ ކުރާ ކަމަށާއި ފިޔަވަޅުތައް މުރާޖައާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ކޮރޯނާވައިރަހުގެ ހާލަތާ ގުޅޭ ގޮތުން މިރޭ ބޭއްވި ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އީރާނާއި ދެކުނު ކޮރެއާގެ ދެ ސަރަހައްދަކުން ރާއްޖެ އަށް މީހުން އައުން މަނާކުރިއިރު، އެ ސަރަހައްދު ތަކުން މިހާތަނަށް ރާއްޖެ އަށް މީހުން އައިސްފައި ވޭތޯ އާއި އައި ނަމަ އެޅީ ކޮން ފިޔަވަޅެއްތޯ ނޫސްވެރިއަކު ކުރި ސުވާލަށް އަމީން ސާފު ޖަވާބެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ ކޮންމެ ގަައުމަކުން ވެސް ރާއްޖެ އަށް މީހުން އެތެރެވާ ނަމަ އެމީހުން ސްކްރީން ކުރާ ކަމަށެވެ.
"ކޮންމެ ގައުމަކުން މީހަކު އައި ކަމުގައި ވިޔަސް، އެ މީހާގެ ބަލީގެ އަލާމާތްތައް ހުރިތޯ، ތާމަލް ކެމެރާ އިން، އޭނާގެ ހުމުގެ އަސަރު ހުރިތޯ، ޑޮކްޓަރުން އެ ވިދާޅުވާ އެއްވެސް އަލާމާތްތަކެއް ހުރިތޯ އަޅުގަނޑުމެން ބަލާނަން. އަދި އޭނާގެ ޓްރެވެލް ހިސްޓްރީ، އޭނާ މިދިޔަ 14 ދުވަސް ތެރޭގައި ދަތުރުކޮށްފައި ހުރި ގައުމުތަކަކީ ކޮބައިތޯ، ރާއްްޖެ އިން އޭނާ ދިިރިއުޅޭ ތަނުގެ މައުލޫމާތަކީ ކޮބައިތޯ، އެ މައުލޫމާތު އަޅުގަނޑުމެން އެއްކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީހާސަރު
27 February 2020
ރާއްޖޭގައި ސްކްރީން ކުރުމުގައި ( ސަލާމަތީ ހިދުމަތް ) ދޭ ފަރާތްތަށް ޝާމިލް ކުރަން ޖެހޭ. ކޮވިޑް 19 އަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ބިރެއް. ކަރަންޓީން ކުރުމާއި ސްކްރީން ކުރުމަކީ ( ސްޓޭޓް އޮފް އިމަރޖެނސީ ) ގެ ގާނޫނީ ބާރު ލިބި ކުރެވޭ ކަމެއްގެ ގޮތުގައި މި ކޮންޓްރޯޅް މިލިޓަރީ އިން މީ ނަގަންވި ވަގުތު.
ދޮންބެއްޔާ
27 February 2020
މިވަގުތަށް ވަރަށް ރަނގަޅު ވަރަށް މުހިންމު ފިޔަވަޅެއް
ހަބޭސް2050
27 February 2020
ކަރާކޮބާ މަވަރުނެތިގެން އުޅޭ ކަރާ
ޒަރީ
27 February 2020
ކޮބާ މަވަރެއް ނެތިގެން އުޅޭ ރޯނު އެދުރު އަލީ ވަހީދު ތިޔަ ނޫސް ކަންފަރަންސުގަ. ގައިމު އޭނަ ބުނަނީ ތިމައްނާ އޭ ކޮރޯނާ ހުއްޓުވަން ހުރިހާ ކަމެއް ކުރަނީ
ޒިލް
27 February 2020
އަލީވަހީދު ކުރިން ހީކުރީ ކޮރޯނާއަކީ ޓޫރިސްޓެއް ކަމަށް. މިހާރު އޭނަ ގަބޫލުކުރޭ އެއީ އަމީނާ ބެހޭ އެއްޗެއްކަން. އެހެންވެ އެކަމާ އުޅުން ދޫކޮށްލައިފި.
ވޯލް
27 February 2020
ކޮބާތޯ އަލިބެ. މިއަދު ނިއުސް ބްރީފިންގައި ނެތް ފެންނާކަށް. އޯޑިއޯގެ މައްސަލާގަ އެސޮރު ވައި ކެޓީހެން ހީވަނީ. ވަޒީރު ކަމުގެ ތަޖުރިބާ ނެތީމަ ވާނެގޮތް މިވީ. ދެންވެސް ތަންކޮޅެއް މީހުން ބަލައިގަންނަ ކަހަލަ ސަހްސިއްޔަތެއް އެތަނަށް ލާތޮ.
ޝާ
27 February 2020
ޝުކުރިއްޔާ??
ނާޝް
27 February 2020
ރަނގަޅު އަމީން. ކަނދުރާއަކަށް ބޮލަކަށް ބަލާނެ ކަމެއް ނެތް، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ބަލާފައި އަޅަންޖެހިއްޖެ ފިޔަވަޅެއް ވިއްޔާ އަޅަމުންދޭ.
ބަލްގިސް
27 February 2020
އަންނަމުންދާ ބަދަލާއެކީ އަޅަމުންދާ ފިޔަވަޅުތައް ރަނގަޅު. ދުނިޔޭގައި މަސްރަހުގައި މި ބަލީގެ ހާލަތު ދަނީ ކޮންމެ ދުވަހަކުވެސް ބަދަލުވަމުން. ހެލްތުން ފެށުނީއްސުރެ މިކަމުގައި ބުނަމުންވެސް ދިޔައީވެސް މިހެން. އަންނަ ބަދަލާއެކީ ފިޔަވަޅުތައްވެސް ބަދަލުވެގެން ދާނެކަން. ނަމަވެސް ބަޔަކު މީހުން ނެރެގެން މިކަންވެސް ސިޔާސީ ކުރެވޭތޯ އުޅެނީ ނަޝީދު ފެކްޝަން މީހުން. ސަބަބަކީ އަމީނުއަކީ އިބޫގެ މީހެއްވީމަ.
ހަސަނު
27 February 2020
މި ވައިރަސް މި ދާ ގޮތުން ރާއްޖެއަށް ވެސް އަންނާނެ އަދި.. އެކަމަށް ކިހާ ވަރަކަށް ބާ ތައްޔާރު ވެވުނީ؟ މި ބަލި ޖެހޭ މީހުންނަށް ފަރުފާކުރުމަށް ވެންޓިލޭޓަރު ވަރަށް މުހިންމު ވާއިރު ކިތައް ވެންޓިލޭޓަރު ތޯ އިތިރު ކުރެވުނީ؟ ބޭހުގެ ގޮތުގާ އެއިޑްސް އަށް ދޭ ބޭސް ރަނގަޅު ކަމަށް ބުނޭ.. އެބޭސް ސްޓޮކް ކުރެވުނީ ކިހާބަރަކަށް ބާ؟؟
ހަބަރުފީތާ
27 February 2020
އެއާޕޯޓު ސްކްރީންކުރެވޭ، އައިސޮލޭޝަން ފެސިލިޓީ ފަރުކޮޅުފުށި އަދި އާރަށުގައި ހަމަޖެހިފައި، ބައްޔަށް ޝައްކުކުރެވޭ މީހުން އުފުލަން އެމްބިއުލެންސް ގެނެވިފައި، ގުޅުން ހުރި އިދާރާތަކުގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމް ހިންގާ ނިމިފައި، ޓެސްޓު ކުރެވޭނެ ކިޓުތައް ޑަބްލިއުއެޗްއޯ މެދުވެެރިކޮށް ގެނެސްފައި، އެގޮތުން މިހާރުވެސް 1000 މީހުން ކުރެވޭނެ، މާސްކު ވެންޓިލޭޓަރު އަދި އެހެނިހެން ތަކެތި 3 މަހަށްވާވަރަށް ސްޓޮކް- އިތުރު މައުލޫމާތު ހޮޓްލައިން 7377004
މަރީމަރީ
26 February 2020
މާރޗް 8 ގަ މިބާއްވަނީ ނޫންތޯ ސްކޫލް ކުދިންގެ އެތްލެޓިކުސް މުބާރާތް މިކަހަލަ ގިނަމީހުން ބައިވެރިވެގެން ބާއްޥާ އިވެންޓް ތައް ކެންސަލް ކުރާކައް ނުވޭތޯ.