ރޭގެ މީޑިއާ ބްރީފިންގައި ޑރ. މޫސާ މުރާދު، މަބްރޫކް އަދި މޫސާ ވަސީމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
05 އެޕްރީލް 2020 - 09:39
ކޮވިޑް-19 ފެތުރުން ހުއްޓުވަން އެކި ގައުމުތަކުން އެޅި ފިޔަވަޅުތަކާ ހެދި ތާށިވެ، އެ ގައުމުތަކުގައި ހާލުގައި ޖެހިފައި ތިބި ހުރިހާ ދިވެހިން ވެސް ރާއްްޖެ ގެންނަން މަސައްކަތް ކުރާނެ ވާހަކަ ސަރުކާރުން ރޭ އަނެއްކާ ވެސް ތަކުރާރުކޮށްފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެންނަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ފުރަތަމަ ދުވަހުން ވެސް ބުނަމުން އަންނަ ކަމަށާއި އެ މީހުން ބިރުވެރިކަމުގެ ތެރޭގައި ތިބެން ދޫ ނުކުރާނެ ކަމަށެވެ. ސްރީ ލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ކޮޗިންގައި ތިބި ބައެއް ދިވެހިން ގެނެވޭނެ އިންތިޒާމް އިއްޔެ ހަމަޖެހުމަކީ އެ މަސައްކަތުގައި ލިބުނު އެއް ކާމިޔާބީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބާކީ ހުރި ގައުމުތަކުުން ވެސް އަދި މި ގައުމުތަކުގައި[ލަންކާ އާއި އިންޑިއާގައި] އިތުރަށް ތިބި މީހުން ވެސް ހަމަ އަޅުގަނޑުމެންނަށް ޖާގަ ލިބޭ ވަރަކުން ގެނައުމުގެ މަސަައްކަތް ކުރަމުން ދާނަން،" ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެކި ގައުމުތަކުން އެޅި މައިގަނޑު އެއް ފިޔަވަޅަކީ ދަތުރުފަތުރު ހުއްޓާލައި އެ ގައުމެއްގެ ވައިގެ ސަަރަހައްދު ބަންދުކުރުމެވެ. އެހެންވެ، އެކި ގައުމުތަކުގައި އަމިއްލަ ގައުމަށް ނުދެވި ގިނަ ބަޔަކު އެބަތިއްބެވެ. އެކަމުގައި ދަތިކަން އޮތް މިންވަރު ސިފަ ކޮށްދެއްވަން މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިހާރު ތިބި ގިނަ ޓޫރިސްޓުންނަކީ އެ މީހުންގެ ގައުމަށް އެނބުރި ނުދެވިފައި ތިބި މީހުން ކަމަށެވެ.
"ބޮޑެތި ގައުމުތަކުގެ މުއްސަނދިން އިނގޭތޯ، އެ ހާލުގައި އޮންނަ ކަމެއް މިކަމަކީ. އަދި ހަމަ މުޅި ދުނިޔެ މިއޮތީ އެއް ހާލެއްގައި،" މަބްރޫކް
މަބްރޫކް ވިދާޅުވި ގޮތުގައި ހާއްސަ ދަތުރުތައް ބާއްވައިގެން އެކި ގައުމުތަކުން އެ ގައުމުތަކުގެ ރައްޔިތުން ގެންދަން ކުރާ މަސަައްކަތުގައި ވެސް އެންމެން ނުގެންދެވޭ ފަދައިން ރާއްޖެ އަށް ވެސް މީހުން ގެނައުމުގެ ޖާގަ ލިބެނީ ވަކި ވަރަކަށެެވެ. އޭނާ ވިދާޅުވީ ރާއްޖެ އަކީ ކުޑަ ގައުމަކަށް ވާއިރު، މިހާތަނަށް ލިބުނު ވަރަށް ވެސް ޖާގަ ލިބެނީ އޮންނަ ރަނގަޅު ގުޅުމުގެ ސަބަބުން ކަމަށެވެ. ރާއްޖެ އަށް އެކި ގައުމުތަކުން ގެންނަން ޖެހޭ ދިވެހިން ގެނައުމުގެ މަސައްކަތަކީ ސަރުކާރުން ދޫކޮށްލާނެ ކަމެއް ނޫން ކަމަށް ވެސް މަބްރޫކް ވިދާޅުވި އވެެ.
ކޮލަމްބޯ އާއި ކޮޗިންގައި ތާށިވެފައި ތިބި ދިވެހިން ގެންނަން ގައުމީ އެއާލައިން މޯލްޑިވިއަނުން މިއަދާއި މާދަމާ ދަތުރުތަކެއް ކުރަން ވަނީ ނިންމައިފަ އެވެ. ކޮލަމްބޯ އަށް ދެ ދަތުރު ކުރާ އިރު ކޮޗިންއަށް އަށް އަޅަނީ އެއް ދަތުރެވެ.
މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ފަރާތުން ރޭގެ މީޑިއާ ބްރީފިންގައި ބައިވެރިވެވަޑައިގެންނެވި، އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެކި ގައުމުތަކުން ވަރަށް ގިނަ ދިވެހިންތަކެއް ގެންނަންޖެހޭ ކަމަށާއި ފުރުސަތެއް ލިބޭ އިރަށް އެ ހުރިހާ އެންމެން ވެސް ގެންނަން މޯލްޑިވިއަނުން މަސައްކަތް ކުރާނެ ކަމަށެވެ.
ރޭގެ މީޑިއާ ބްރީފިންގައި، އައިއޭއެސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"މި ވަގުތަކީ ހަމަ ދަތި އުނދަގޫ ދަނޑިވަޅަކަށް ވާތީ އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް އެދެން ކެތްތެރިވެވަޑައިގެން ތިއްބަވައްޗޭ. އަޅުގަނޑުމެންނާއި އަދި އަޅުގަނޑުމެންނާ އެކީގައި ދަތުރުކުރަން ތިބި މީހުންނަކީ އަަޅުގަނޑުމެން މިއަދު މިތިބީ ހަމަ އެއް ޓީމެއްގެ ގޮތުގައި އެއް އޮޑިއެއްގައި. އަޅުގަނޑުމެން ވެސް ހަމަ އެ މަސައްކަތް ޔަގީންކަމާ އެކީގައި ކޮށްދޭނަމޭ،" މޫސަ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
05 April 2020
ތީގެ ކޮންމެ ގައުމެއްގައި އެމްބަސީއޭ ކިޔާފަ ހުންނާނެ އެތައް ސްޓާފުން ތިބޭ، ދައުލަތުން ބޮޑު ޚަރަދުކުރާ ތަނެއް. މިދަޑިވަޅުގައި އެމްބަސީތައް މެދުވެރިވެގެން އެ ތަންތާ އުޅޭ ދިވެހިންނަށް އެހީވީމަ ހުންނާނީ ރަގަޅަށް
އެންމެންގެސަލާމަތް
05 April 2020
ބަނގްލަޑޭޝް އިންޑިއާ ޕާކިސްތާން ފިލިޕީންސް ފަދަ އާބާދީބޮޑު ފަޤީރުންގިނަ ގައުމުތަގައި ދިރިއުޅޭ ދިވެހިން ގެންނަން ވިސްނާނަމަ ވައިރަސް ބޮޑަށް ނުފެތުރެނީސް އެމީހުނގެނޭ. އެހެންނޫންނަމަ އެމީހުންނާއެކު ވައިރަސް އެތެރެވެ މާލެތެރޭގައިފެތުރި ހާލަތު ވަރަށްގޯސްވެދާނެ. އެފަދަގައުމުތަގައި ބޮޑަށް ވައިރަސް ފެތުރެންފަށައިފިނަމަ އެމީހުންނަށް އެހީވުމަށް އިތުރުގޮންޖެހުންތަކެއް ކުރިމަތިވާނެކަން ޤަބޫލްކުރަން. އެހެންނަމަވެސް ނުގެނެސް އެހީވެވެންއޮތްނަމަ އެކަންކުރައްވާ.
ނިކަމެތިމީހާ
05 April 2020
ކޮންތާކު؟ ވަކިބަޔަކުގެންނަންވެގެން މަތިއޮމާންކޮށްލަނީ. ބޭސްފަރުވާއަށްދިޔަ މީހުން ތާށިވެފައި. ކޮންމެބަޔަކު އަޔަސް ނިކަމެތިން ނިކަމެތިކުރަނީ
ޓްރޫ
05 April 2020
ބޭރު ޤައުމުތަކުގައި ތިބި ދިވެހިން ގެނައުމަކީ މިވަގުތު ކުރަން އެންމެ ރަަގަޅު ކަމެއް ކަމުގައި ނުދެކެން، އާދޭސް ކޮށްފަ ބުނަން އެމީހުން ނުގެންނަވާ، އެންމެ ފަހުން ފެނުނު 4 ކޭސް ވެސް އެއީ އިނގިރޭސި ވިލާތުން އައި މީހުން ، އެހެންވެ އެންމެ ރަގަޅު ގޮތަކީ އެބަޔަކު ތިބި ތަނެއްގައި އެބަޔަކު ތިބުމެވެ، މާތް ވެގެންވާ އިސްލާމް ދީން ގައިވެސް އޮތީ އެހެން
އެންދެރި
05 April 2020
މިވަގުތު ވައިސް ފެތުރޭ ގައުމު ތަކުން މީހުން ގެންނާނެ ކަމެއް ނެތެވެ.
ޢަޙު12
05 April 2020
ތީ ދެން ކިހާބޮޑު ކަ މެއްތަ. ކޮ މެންޓް ތިކުރަނީ ހާދަ ނުވިސްނޭ މީހެކޭ... ކަލޭ ހުރީ ވައިރަސް ފެތުރޭ ޤައު މެއްގަ ނަ މަ ހަ މަ ތިހެންތަ ކޮ މެންޓްވކުރާނީ... ބަލަ އެގޮތަށް ގެންދާ މީހުން ކަރަންޓީނުގަ 14 ދުވަހު ބައިތިއްބައޭ.. ދެން ކަލެއަށް ކޮންކަ މެއްތަ.
އަހުމަދުބޭ
05 April 2020
އަސްލު ހަދަންވޯގޮތަކީ ރާއްޖެއަށް ބޭރަށް ދިރިއުޅުން ބަދަލް ކުރާއެންމެން ޕޮރިންމިނިސްޓްރީގައި ރަޖިސްޓުރީ ކޮއްގެން ވަކި އިގުރާރެއްގައި ސޮއިކޮށް ގެން ދެވޭގޮތް ހަދަންވީއެވެ، މިނިސްޓުރީގައި ރަޖިސްޓުރީ ނުކުރާމީހުންނަށް ބޭރުގެ އެމްބަސީތަކުން ޚިދުމަތްވެސް ނުދޭންވީއެވެ، އަދި އިގުރާރުގައި އޮންނަންޖެހޭ އެއް މާއްދާއަކަށް އޮންނަންވީ ބޭރުގައި ދިމާވާ ކާރިސާތަކުގައި ޒިންމާނަގައިނީ ތިމާމެން އަމިއްލައަށްކަށް ދިވެހި ދައުލަތުން އެކަމަށް އެހީދެންޏާ އެކަމުގެ އަގުނަގައ
ބޮޑުމީހާ
05 April 2020
ވަރަށް ރަގަޅު ވާހަކައެއް. ގެ ބޮޑު ކުއްޔަށް ދިވެހި މީހާއަށް ދީފަ ލިބޭ ހުރިހާ ލާރިއެއް ބޭރު ގައުމަށް މި އަޅަނީ. ނުވިތާކަށް މި މީހުންނަށް އާސަންދައާއި ކިޔަވައިވެސް ދޭންޖެހޭ. ގައުމަށް ވާ ފައިދާއެއް ނެތް
އެންދެރި
05 April 2020
މެލޭޝިޔާ އާއި ޓްރިވެންޑްރަމްގައި ހުރި ދިވެހީން މާލެ ގެންނަނީ އެވެ. ކުރެވޭ ކަމަކުން 24 ގަޑި އިރަށް ކާފިއު ހިންގަން ޖެހިދާނެ އެވެ.
ީައަލި
05 April 2020
މޯލްޑިވިއަން އިޒް ދަ ބެސްޓް.
ބައިރޯ
05 April 2020
ރާޅު ތައްނަގާ ބޯމަތިވީމަ ދެން ލައިފް ޖެކެޓް ހޯދަން އުޅުގެން ސަލާމަތެއް ނުވާނެ އެހުންނަވާނީ ދަތުރައް ފެށުމުގެ ކުރިން ހޯދާ އައްމަތި ކޮށްފަ