27 ސެޕްޓެމްބަރ 2021 - 06:51
ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ރިލީޒްކުރަން ފަސްކުރަން ޖެހުނު ބޮލީވުޑްގެ ގިނަ ފިލްމުތަކަކަށް އާ ތާރީހުތަކެއް ހަމަޖައްސައި އެކަން އިއުލާންކޮށްފި އެވެ.
އެގޮތުން މިދިޔަ އަހަރުގެ މާޗްގައި ރިލީޒް ކުރަން އުޅުނު އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އަންނަ ނޮވެމްބަރުގެ މެދު ތެރެއަށް ތާވަލުކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އެޕްރީލް އަށް ތާވަލުކުރި ރަންވީރު ސިންގްގެ "83" މިހާރު ވަނީ މި އަހަރުގެ ޑިސެމްބަރުގައި ފާހަގަކުރާ ކްރިސްމަހާ ދިމާކޮށް ރިލީޒްކުރަން ނިންމައިފަ އެވެ. މި ފިލްމަކީ ކަބީރް ޚާން ޑައިރެކްޓްކޮށް، ރަންވީރާ އެކު އަންހެނުން ދީޕިކާ ޕަދްކޯން ވެސް ފެނިގެންދާނެ ކްރިކެޓް ފިލްމެކެވެ.
ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރަން ރޭވި އާމިރު ޚާނާއި ކަރީނާ ކަޕޫރްގެ "ލާލް ސިންގް ޗައްޑާ" މި އަހަރުގެ ޑިސެމްބަރުގައި ނުގެނެސްދޭނެކަން ކަށަވަރުކޮށްދީ، އެ ފިލްމަށް ހަމަޖެއްސި އާ ތާރީހަކީ އަންނަ ފެބްރުއަރީ މަހުގެ 14 އެވެ.
BIGGG NEWS... AAMIR KHAN SHIFTS 'LSC' TO VALENTINE'S DAY 2022... #LaalSinghChaddha #ValentinesDay 2022 #AamirKhan
— taran adarsh (@taran_adarsh) September 26, 2021
OFFICIAL STATEMENT... pic.twitter.com/wG1rujaQz6
މި އަހަރުގެ ނޮވެމްބަރު 5 ގައި ރިލީޒްކުރަން އޮތް ޝާހިދު ކަޕޫރްގެ "ޖާޒީ" މިހާރު ވަނީ ޑިސެމްބަރު 31 އަށް ފަސް ކޮށްފަ އެވެ. ނޮވެމްބަރު މަހުގެ 13 އަށް ކުރިން ތާވަލު ކޮށްފައި އޮތް ކާތިކް އާރިޔަންގެ "ބޫލް ބުލައްޔާ 2" މިހާރު ވަނީ އަންނަ އަހަރުގެ މާޗް 25 އަށް ފަސްކޮށްފަ އެވެ.
IT'S FINAL... 'BHOOL BHULAIYAA 2' ARRIVES ON 25 MARCH 2022... #BhoolBhulaiyaa2 #KartikAaryan #KiaraAdvani #Tabu #AneesBazmee #BhushanKumar #MuradKhetani pic.twitter.com/F4NpK5bDPq
— taran adarsh (@taran_adarsh) September 26, 2021
މި އަހަރު ރިލީޒްކުރަން އުޅެފައި އަންނަަ އަހަރަށް ފަސްކުރި ފިލްމަކީ ޓައިގާ ޝްރޮފްގެ "ހީރޯޕަންތީ 2" އެވެ. ކުރިން ޑިސެމްބަރު 3 ގައި ގެނެސްދޭން އޮތް ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ މެއި 6 ގަ އެވެ. އަދި "ހީރޯޕަންތީ" އަށް ކުރިން ހަމަޖެއްސި ތާރީހުގައި މިހާރު ރިލީޒްކުރާ ގޮތަށް އޮތީ ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ނެރޭ ފިލްމު "ތަޅަޕް" އެވެ.
CONFIRMED... #SajidNadiadwala announces the release date of his films…
— taran adarsh (@taran_adarsh) September 26, 2021
⭐ #Tadap: 3 Dec 2021
⭐ #BachchanPandey: 4 March 2022
⭐ #Heropanti2: 6 May 2022 pic.twitter.com/dmIyj5plIM
"ހީރޯޕަންތީ 2" އާއި "ތަޅަޕް" ގެނެސްދޭ ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނިން ނަދިއަދުވާލާ ގްރޭންޑްސަން އިން ގެނެސްދޭން ހަމަޖެހިފައިވާ އަކްޝޭގެ "ބައްޗަން ޕާންޑޭ" މިހާރު ތާވަލު ކޮށްފައި އޮތީ އަންނަ އަހަަރުގެ މާޗް 4 އަށެވެ.
އަޖޭ ދޭވްގަން ކުޅެ، ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 29 ގަ އެވެ.
Ah, at last the news of cinema theatres opening in October, in Maharashtra, is long-awaited and terrific. As promised earlier, the aviation-thriller drama, produced & directed by me, starring @SrBachchan, @Rakulpreet & Me in the lead, will release on 29th April, 2022.#MayDay pic.twitter.com/bcMHZjdO0C
— Ajay Devgn (@ajaydevgn) September 26, 2021
ކުރިން މިދިޔަ އަހަރު ގެނެސްދޭން އުޅެފައި ފަހުން މި އަހަރަށް ފަސްކުރި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ހަތަރު ފިލްމުގެ ތެރެއިން ރާނީ މުކަރްޖީ އާއި ސައިފް އަލީ ޚާންގެ "ބަންޓީ އޯރް ބަބްލީ" މިހާރު ތާވަލުކޮށްފައި ވަނީ މި އަހަރުގެ ނޮވެމްބަރު 19 އަށެވެ.
އަނެއް ތިން ފިލްމު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެއީ އަންނަ އަހަރުގެ ޖެނުއަރީ 21 އަށް ތާވަލުކުރި އަކްޝޭގެ "ޕްރިތުވީރާޖް" އާއި ފެބްރުއަރީ 25 އަށް ތާވަލުކުރި ރަންވީރުގެ "ޖަޔޭޝްބާއީ ޖޯރުދާރު" ގެ އިތުރުން އަންނަ އަހަރުގެ މާޗް 18 އަށް ތާވަލުކުރި ރަންބީރް ކަޕޫރްގެ "ޝަމްޝޭރާ" އެވެ.
ITS OFFICIAL... 'JERSEY' IN CINEMAS ON 31 DEC 2021... #Jersey #ShahidKapoor pic.twitter.com/ObHbSKKBO4
— taran adarsh (@taran_adarsh) September 26, 2021
ބޮލީވުޑްގެ ބޮޑެތި ފިލްމުތަކަކަށް އާ ތާރީހުތަކެއް ހަމަޖެއްސީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީ ނިސްބަތްވާ މަހާރަޝްތުރާ ސްޓޭޓްގެ ހުރިހާ ސިނަމާތައް އަންނަ މަހުގެ 22 އިން ފެށިގެން ހުޅުވާލާ ގޮތަށް ނިންމުމާ ގުޅިގެންނެވެ.
#YRF announces worldwide theatrical release dates for #BuntyAurBabli2 | #Prithviraj | #JayeshbhaiJordaar and #Shamshera
— Yash Raj Films (@yrf) September 26, 2021
Read on: https://t.co/c7rUXpUZLC pic.twitter.com/BUkUBRmPUr
ކޮވިޑާ ހެދި މިދިޔަ އަހަރާއި މި އަހަރު ވެސް ބޮލީވުޑްގެ ގިނަ ފިލްމުތަކެއް އެކިއެކި ސްޓްރީމިން ޕްލެޓްފޯމްތަކުން ޕްރީމިއާ ކޮށްފައިވެ އެވެ. އިންޑިއާގައި މަގުބޫލް ސްޓްރީމިން ޕްލެޓްފޯމްތަކަކީ ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ އާއި ޑިޒްނީ ޕްލަސް ހޮޓްސްޓާގެ އިތުރުން ޒީ5 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy