ވިޔަފާރި
ވިޔަފާރި
ރާއްޖޭގެ ޑިޖިޓަލް ގުޅުންތައް ބިނާކުރުމުގައި ދިރާގުގެ މުހިންމު ދައުރެއް
މިއަދުގެ ދުނިޔޭގައި އެކަކު އަނެކަކާ ގުޅައިދެނީ ޑިޖިޓަލް ގުޅުންތަކުގެ ޒަރީއާއިންނެވެ. މުއާސަލާތު ކުރުމުން ފެށިގެން ވިޔަފާރިތައް ކުރުމަށާއި ވިޔަފާރިތައް ހިންގުމާއި ވަޒީފާތައް އަދާކުރުމުގަ އާއި ކިޔެވުމާއި އެކި ހިދުމަތްތައް ވެސް އޮންނަނީ ޑިޖިޓަލް ގުޅުންތަކަށް ބިނާވެފަ އެވެ. ޑިޖިޓަލް ދުނިޔެއެއްގައި ޑިޖިޓަލް ގުޅުމަށް ބަރޯސާވެފައި އޮތް އިރު، މިއަދު ފާހަގަކުރާ ދުނިޔޭގެ މުއާސަލާތީ ދުވަހުގެ ޝިއާރު ވެސް ހާއްސަކޮށްފައި ވަނީ މި ގުޅުންތައް ވަރުގަދަ ކުރުމަށެވެ. މިއަހަރުގެ ދުނިޔޭގެ މުއާސަލާތީ ދުވަހުގެ ޝިއާރަކީ "ޑިޖިޓަލް ލައިފްލައިންސް ސްޓްރެންތަނިން ރެޒިލިއަންސް އިން އަ ކަނެކްޓަޑް ވޯލްޑް" އެވެ.
އައިޝަތު ޖަޒްލީ
12 hrs
0