އިބޫ ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ފުރާވަޑައިގަތުމަށް އެއާ ޓެކްސީގައި. - ފޮޓޯ: އެމްޑީޕީ
13 ސެޕްޓެމްބަރ 2018 - 13:47
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އުފަން ރަށް، ޅ. ހިންނަވަރާއި ތިން އަތޮޅެއްގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރު މިއަދު ފައްޓަވައިފި އެވެ.
މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޅ. އަތޮޅުގެ ހުރިހާ ރަށަކަށް އިބޫ ވަޑައިގަންނަވާއިރު، އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގަންނަވާނެ އެވެ. އެގޮތުން، އިބޫ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އއ. ތޮއްޑޫ އަށެވެ.
ތޮއްޑޫގެ އިތުރުން، އއ. ރަސްދު އާއި އއ. މަތިވެރިއަށް ވަޑައިގަންނަވާ އިރު، މިރޭ އދ. މާމިގިލީގައި އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ. މާދަމާ އިބޫ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އދ. ދިގުރަށަށާއި އދ. މަހިބަދޫއަށާއި އއ. ބޮޑުފުޅަދުއަށެވެ.
އިބޫގެ އުފަން ރަށް ކަމުގައިވާ ޅ. ހިންނަވަރަށް މާދަމާ ހަވީރު ވަޑައިގަންނަވާއިރު، އޭގެ ކުރިން، ޅ. ކުރެންދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް މާދަމާ ރޭ ހިންނަވަރުގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
މީގެއިތުރުން، ހޮނިހިރު ދުވަހު ޅ. އޮޅުވެލިފުއްޓާއި ކ. ގާފަރާއި ކ. ދިއްފުއްޓާއި ކ. ކާށިދޫ އާއި ޅ. ނައިފަރަށް ވަޑައިގަންނަވާނެ އެވެ. އަދި ނައިފަރުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އިބޫ 100 އަށް ވުރެ ގިނަ ރަށްތަކަށް ވަޑައިގެން، އިދިކޮޅު ސަޕޯޓަރުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އިބޫ އެންމެ ފަހުން ވަޑައިގެންނެވީ ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށެވެ. އެ ރަށްތަކުގެ ގިނަ ބަޔަކު ނުކުމެ، އިބޫ އަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންޑޭލާ
13 September 2018
އަޅުގަނޑުގެ ވޯޓް ޔާމިނަ މިފަހަރު.
އިބޫބެ
13 September 2018
ރައީސް ޔާމީން 2018 އިންޝާﷲ
ކަރީންބެ
13 September 2018
ރައީސް ޔާމީން 2018 އިންޝާﷲ
ނިންއުކާ
13 September 2018
އަހަރުމެންގެ މަޑުމަިއިތިރި ކެއްތެރި ހިއްވަރުގަގަދަ ކެންޑިޑޭޓު..މަނިކުފާނައް ހެއުރަހުމަތް ލައްވާށި...ތީމިސާލެއް.....ނަމޫނާ ބަލާބަލަ....މިނަނާމޫނާޔައް ޕޕ މީހުންވެސް.. މާރުޅިގަދަވެގެން ނޫޅި....
ޙިންނަވަރު
13 September 2018
ޢިބޫ އަށް އެގޭނެ ހިންނަވަރަށް ދިއާމަ ހިންނަވަރު ގަ ތާއިދު ނެއްކަން. ކައިރި ރައްރަށުން މީހުން ގެނަސްގެން 100 އެއްހާ މީހުން ހަމަވެދާނެ .
ސިފާޒް ޖޯޜޭ
13 September 2018
ރައީސް ޔާމީން 2018 އިންޝާﷲ
ހައިއްޓެ
13 September 2018
މަޖިލީހުގަ ކަމެއްނުކޮށް އަނގައިން ނުބުނެ މަޑުން އިނުމަކީ ޤައުމުގެ ވެރިކަމަށް ކުފޫ ހަމަވާ ކަމެއްނޫން ބޭކަލަުންނޭ. މި ގައުމަށް ބޭނުންވަނީ ކިޔަވައިގެންހުރި ޤާބިލް ލީޑަރެއް. ބޭރު ދުނިޔޭގެ ކުރިމަތީގައި މިގައުމުގެ ދީނާ އިސްތިޤްލާލު ހިފެހެއްޓޭ ވަރުގެ މީހަކަށް . ހުޅަނގުގެ މަކަރުވެރި ބާރުުތަކުގެ ކުރިމަތީގައި ބަސް ބުނަން ކެރޭ މިއަދު ދުނިޔޭގަ ކަން ހިނގާމަގު އިނގޭ ވަރުގެ މީހެއް. އެފަދަ ހަރުދަނާ ކަމެއް ހުރި މީހެއް ނޫން އިބޫ އަކީ .. އެއީ އަންނި ތަބަކަކަށްލާފަ ދިން އެއްޗެއް. ބަލަން ތިއްބަވާ އިބޫ ހޮވިއްޖެނަމަ މިގައުމު އިނދަޖެހޭތަން
ގަމާރުކޮއި
13 September 2018
ތީ ހައިއްޓެގެ ތަސައްވުރު ދެއްތޯ؟ ދެން އަނެއްފަޅިން ބުނަނީ ހޮވިއްޖެނަމަ ކޮރަޕްޝަނާ ފަސާދަ ނައްތާލާ އިންސާފު ގެނެސްދީ ލާމަރުކަޒީގެ އުސޫލުގެ ދަށުން ރާއްޖެ ކުރިޔަށް ގެންދާނެވާހަކަ. ބަލަން ތިބެމާ ރައިއްޔަތުން ޚިޔާރު ކުރާގޮތް؟
އަޅެއިޓްސްނޮޓްމީ
13 September 2018
ކީއްވެ އެހާ ހިތްތިރިވިއްޔާ ޕީޕީއެމް މީހުންނާ ބައްދަލު ކުރަން ނުދަނީ؟ އެމީހުން ގެއަށް ދިޔައީމަ ގެއިން ނެރެލަނީ ދޯ.. ޝަހީމުވެސް ރަށްރަށަށް އަރާފަ އެންމެން ކައިރިޔަށް ދާނެ. އެމްޑީޕީއެއް ނެތް، ޕީޕީއެމް އެއް ނެތް. ކަޅެއް ދޮނެއް ނެތް..
އަހުމަދުބޭ
13 September 2018
އަޅުގަނޑުގެ ވޯޓް ކަށަވަރުވަނީ އިދިކޮޅު އިއްތިހައިދުގެ ކެނޑިޑޭޓަށެވެ، އަދިވެސް ސައްކުވަނީ ޔާމީން ކެމްޕޭން ހަމަ ގަނޑުބަޑުނުކޮއް، ރީތިކޮށް ނިންމަފާނެކަމާއެވެ.
މަމޯ
13 September 2018
ހާދަ އޮބާމާއޭ