30 ޖޫން 2020 - 22:09
ކެންސަރު ބަލީގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮއްވައި މިއަދު މަރުވި އަންހެން މީހާގެ މައުލޫމާތު، ބޭރުން އަވަސް ފަރުވާ ބޭނުން ބަލިމީހުންގެ ލިސްޓަށް ދެ ވަނަ ފަހަރަށް ބަދަލު ގެނައި އިރު ވެސް ލިބިފައިނުވާ ކަމަށް، އާސަންދައިން މިއަދު ބުނެފި އެވެ.
ދ. ހުޅުދެލީ އުމުރުން 47 އަހަރުގެ އަންހެންމީހާ މަރުވީ ޖޫން 1 ގައި އައިޖީއެމްއެޗަށް ދެއްކުމުން އޮވޭރިއަން ކެންސަރުކަން އެނގުމާ އެކު، އެޑްމިޓްކޮށްފައި އޮއްވަ އެވެ.
ރަށުގައި ހުއްޓާ ކުއްލިއަކަށް ބަނޑުގައި ރިއްސާތީ ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް އޭނާ ދެއްކީ މެއި މަހު އެވެ. އޭނާގެ ހާލަތު ސީރިއަސްކަމުން އަވަހަށް މާލެ ގެންދަން ކުޑަހުވަދޫ ހޮސްޕިޓަލްގެ ޑޮކްޓަރުން އިރުޝާދު ދިން ނަމަވެސް މާލެ ލޮކްޑައުންގައި އޮތުމުން ހުރަސްތައް ދިމާވި އެވެ. އެންމެ ފަހުން އާއިލާ އިން އަމިއްލަ އަށް އޭނާ މާލެ ގެނެވޭވަރުވީ މެއި 30 ގައި ކަމަށް، އެނގިފައިވެ އެވެ.
އޭނާ އަށް ޖެހިފައި ވަނީ ކެންސަރުކަން އެނގުނީ ޖޫން 1 ގައި އައިޖީއެމްއެޗަށް ދެއްކުމުން ކަމަށް، އާއިލާ އިން ބުނެ އެވެ. ރާއްޖޭގައި ކުރެވެން ނެތް އޮޕަރޭޝަނަކަށް ވެފައި ވީހާވެސް އަވަހަކަށް އެ އޮޕަރޭޝަން ކުރަން އައިޖީއެމްއެޗުން ބުނުމުން އާއިލާ އިން މަސައްކަތްކުރީ، އާސަންދަ މެދުވެރިކޮށް ބޭރަށް ގެންދެވޭތޯ އެވެ.
އެކަމަކު އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު މިއަދު ވިދާޅުވީ ބޭރުން އަވަސް ފަރުވާ ބޭނުންވާ ކަމަށް އެޕްރީލް މަހު ނެގި ފުރަތަމަ ލިސްޓާއި ބޭރަށް ފޮނުވަން ޖެހޭ އެންމެ ސީރިއަސް ކޭސްތަކާ އެކު މެއި 29 ގައި އެ ލިސްޓަށް ބަދަލުގެނައި އިރު ވެސް، އެ އަންހެން މީހާގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ ލިސްޓު ފޮނުވައިފިން އޭޕްރިލް މަހު. ރިވިއުކޮށްފައި މެއި 29 ގައި ލިސްޓް ފޮނުވި އިރު ވެސް އެ އަންހެންމީހާ އަކީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދިޔަ މީހެއް ނޫން. އެ ކޭސް އަޅުގަނޑުމެންނާ ހަމައަށް އައީ ޖޫން 3 ގައި،" ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ އާސަންދަ ކުންފުނީގެ އެމްޑީ މަރިޔަމް ވިދާޅުވި އެވެ.
އާސަންދައިން އިންޑިއާގެ ކޮޗިން އަށް ފޮނުވި ބަލިމީހުންގެ ފުރަތަމަ ގްރޫޕް ފުރީ ރޭގަ އެވެ. އެގޮތުން 37 މީހުންނަށް ހުއްދަ ލިބުނު ނަމަވެސް ރޭ ފުރީ 28 މީހުންނެވެ. އަންހެން މީހާގެ އާއިލާ އިން ހިތްހަމަނުޖެހުނީ ޖާގަ އޮވެ، ފޮނުވޭ ގޮތް ނުވުމުން ކަމަށް ބެލެވެ އެވެ.
އެކަމަކު އާސަންދައިން ބުނާ ގޮތުގައި، ފުރަތަމަ ހުއްދަ ދިން ލިސްޓަށް މީހުން އިތުރުކުރުމުގެ ފުރުސަތެއް ނުލިބުނެވެ.
އިންޑިއާ އާއި ސްރީ ލަންކާ ވެސް ލޮކްޑައުންގައި އޮތުމުން ވައިގެ ދަތުރުފަތުރު ވަނީ މުޅިންހެން ހުއްޓިފަ އެވެ. ހާއްސަކޮށް ދުނިޔޭގައި މި ވަގުތު އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުން ދާ އިންޑިއާ އަށް އެތެރެވުމަކީ މި ދުވަސްވަރު ވަރަށް އުނދަގޫ ކަމެކެވެ.
މަރުވި އަންހެންމީހާ އަށް ބޮޑުދައިތަ ކިޔާ އަންހެނަކު، ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި އަދި މާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ޓެގްކޮށް ލިއުނީ "މިއީ އަހަރެމެންނަށްޓަކައި ކޮށްދެވޭނެ އެންމެ އެކަށީގެންވާ މިންވަރު ކަމަށް ގަބޫލުނުކުރާ" ކަމަށެވެ.
ނަމަވެސް ފަހުން އޭނާގެ އެ ޓްވީޓްތަކެއް ނުފެނެ އެވެ.
My aunt has passed away in the early hours today morning. Till her last moments she begged to remove fluid from her stomach or put her to a flight @aasandhamv
— Mariyam Leeza (@MariyamLeeza) June 30, 2020
I refuse to believe this was the best @MoFAmv @MDVinINDIA @HCIMaldives could do for us https://t.co/NG99NZbkUa
މަރިޔަމް ވިދާޅުވި ގޮތުގައި އިންޑިއާ އަށް މަދު ބަޔަކު ފޮނުވޭވަރު ވެސް ވީ ގިނަ ދުވަހެއްގެ ބުރަ މަސައްކަތަކުންނެވެ. ނަމަވެސް އޭނާ ވިދާޅުވީ އަންހެންމީހާ ވީހާވެސް އަވަހަކަށް ފޮނުވާލެވޭތޯ ވަރަށް މަސައްކަތްކުރި ކަމަށެވެ.
އަންހެންމީހާގެ ހާލު ސީރިއަސްވެ މާލެ ގެންނަން މަސައްކަތްކުރި އިރު، މަރިޔަމް ވިދާޅުވި ގޮތުގައި، ކުޑަހުވަދޫ ހޮސްޕިޓަލުން އޭނާއާ ބެހޭ ރިފެރަލްއެއް އާސަންދަ އަށް އައިސްފައެއް ނުވެ އެވެ. އޭނާ އަށް ފަރުވާދެމުން އަންނަކަން އެނގުނީ ޖޫން 3 ގައި، އައިޖީއެމްއެޗުން ކަމަށް ވެސް ވިދާޅުވި އެވެ.
"ފްލައިޓްތަކަށް މީހުން އަޅުގަނޑުމެނަކަށް ރިޕްލޭސްއެއް ވެސް ނުކުރެވޭ. ކޮންމެ މީހަކަށް ވަކި ވިސާއެއް މިދެނީ،" މަރިޔަމް ވިދާޅުވި އެވެ.
"ފުރަތަމަ ބެޗަށް ވެސް (ވިސާ) ލިބުނީ ދެ މަސް ދުވަހު މަސައްކަތްކޮށްގެން. ދެން އޮތް ލިސްޓުގައި އެ މީހާގެ ނަން އޮންނާނެ. އެކަމަކު މި ހާލަތުގައި އަޅުގަނޑުމެން ވަކި ކީއްތޯ ކުރާނީ؟"
މަރިޔަމް ވިދާޅުވީ ވީހާވެސް އަވަހަކަށް އޭނާ ބޭރަށް ފޮނުވަން އާސަންދައިން މަސައްކަތްކުރި ނަމަވެސް އޭރު ލިސްޓަށް އުނިއިތުރުކުރުމުގެ ފުރުސަތު ނުލިބުނު ކަމަށެވެ. ހުއްދަ ލިބުނު މީހުންގެ ތެރެއިން ނުވަ މީހަކު ރޭ ނުފުރީ "މި ހާލަތުގައި ދާން އަދި ބޭނުން ނުވާތީ" ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނގޭތީ
02 July 2020
މި މީހާ މިހަދަނީ ކަނޑައެޅިގެން ދޮގު.
ހަޑިގިއްލާ
01 July 2020
ކުޑަހުވަދޫ ހޮސްޕިޓަލުން ބަލިމީހާ ސީރިއަސްކަމަށް ނިންމުންވެސް އައިޖީއެމްއެޗުން ބުނީ ފަހުން އަންނާށޭ.
ފަޅޯ ދަނޑު އައިޝާ
01 July 2020
ކީއްވެ މިމއަްސަލާގަ އަމީން އިސްތިއުފާދޭން ނުޖެހެނީ ސިދާތާވީމަ ބޭރުކޮށްލީ! އަމީން ނައިބުރައީސާ ކުލޯޒްވީމަ ހަމަ އޯކޭ! ކަނޑުގެ ގާނޫނު މިތާ މިއޮންނަނީ!
Omega 3
01 July 2020
އައި ޖީ އެމް އެޗް ގައި ހުންނެވި އޮންކޯ ސާޖަން ( ކެންސަރ އޮޕަރޭޝަން ޑޮކްޓަރ) އެމެޖެންސީކޮން ބަލިމީހާގެ ފުރާނައަށްޓކާ އޮޕަރޭޝަން ނުކުރެއްވީމާ ހައިރާންވޭ. ކޮބައިތޯ އެބޭފުޅުންގެ ރޯލަކީ. އެފަދަ ކޮރިޓިކަލް މީހެއްގެ އޮޕަރޭޝަން ކުރެވޭ ގާބިލްކަން ނެއްނަމަ އާސަންދައަށް މިކޭސްގެ މައުލޫމާތު އެބޭފުޅުން އަމިއްލައަށް ދެއްވައިގެންވެސް ފަރުވާ އަވަސްކޮށް ގޮތްހޯދައިދެވުނީސް.
ވަހީދު
01 July 2020
އަހަރެންގެ ކަންފަތް އޮޕަރޭޝަން ކުރަން އިންޑިއާއަށް ދިއުމަށް ޑޮކްޓަރު ލަފާދިނީމަ ލިޔެކިއުންތައް ހިފައިގެން އާސަންދަ ލިބޭތޯ ދިޔައީ، ދިޔައިމަ ބުނީ ރާއްޖެއިން ކުރެވޭ އޮޕަރޭޝަނަކޭތީ ނުލިބޭނެޔޭ. މަ އަހަފިން ކޮން ހޮސްޕިޓަލަކުންހޭ؟ ބުނީ އައިޖީއެމްއެޗުންނޭ، ދެން އައިޖީއެމްއެޗަށް ދިޔައިމަ ފުރަތަމަ ބުނީ މިތަން ތިއޮޕަރޭޝަން އަދިކުރަން ނުފަށައޭ، ފަހުން ބުނީ ކުރެއޭ، ދެން އެންމެފަހުން އަމިއްލައަށް އިންޑިއާއަށް ގޮސްކުރީ ރައްޓެއްސަކަށް ދަރައިގެން.
މުހުއްމާކަލޯ
01 July 2020
މީ އެތާ ކަން ހިގާގޮތް، އަޅުގަނޑާ ތިޔަފަދަ ކަމަކާއި ލާއިގަތް. ވަރަށް ގަދަޔަށް ޑރ ގެ ބަސްތަށް މާނަ ކުރން ދަންނަ ކުދިންކޮޅެއް އުޅޭތަނެއް، ބޭރުގަހުއްޓަ ކަމެއް އެގިގެން ގުޅިޔަސް ބުނާނެ އައިޖީއެމްއެޗް އަށް އައްނާށެ . މިދެން އިންސާނުންނަށްތޯ މިހިދުމަތްދެނީ؟
އެރީސް
01 July 2020
ލޮކްޑައުންއާ ހެދި މާލެ ނާދެވިގެން ދެއްކުން ލަސްނުވިނަމަ އޭނަގެ ހާލަތު ކުރިން އެނގި ލިސްޓަށް އެރުމުގެ ޗާންސް ބޮޑުވީސް. ތިޔަ ކޭސްތިއީ ލޮކްޑައުންއާ ހެދި ސިއްހީ އެހެން ކަންކަމަށް ހުއްޓުންއެރި އެއް ގޮތުގެ މިސާލެއް. އެކަހަލަ އެތައް ބަޔަކަށް ބަލި ޑައިގްނޯޒްވުން ލަސްވެފައިވާނެ. ފަރުވާތަށް ލަސްވެފައިވާނެ ލޮކްޑައުންގެ ސަބަބުން.
ސިކުނޑި
01 July 2020
ދުނިޔޭގައި އެ އޮޕަރޭޝަން ކުރެވެނީ އިންޑިއާގައި އެކަނިތޯ؟ ގައުމުތައް ލޮކްޑައުން ކުރީމަވެސް އާސަންދައިން ބޭސް ފަރުވާ ކޮށްދޭ އުސޫލު ބަދަލުކުރަންޖެހޭކަން ނޭނގޭނަމަ ދެން އިތުރަށް ދައްކާނެ ވާހަކައެެއްނެތް! އާސަންދައަކީ އިންޑިއާ ކުންފުންޏެއްތޯ؟
ރައްޔިތު ސޮރު
01 July 2020
ދޮގުނަހަދާ! ކުޑަހުވަދޫއިން މާލެ އަންނަންވެގެންވެސް އާސަންދައަށް އެންގިން އަދިޑޮކްޓަރު ކެންސަރު ބައްޔައް ޝައްކުވާކަމަށް ބުނި ވާހަކަވެސް އެންގިން! އާސަންދައިން ދިންޖަވާބަކީ ތީ މެޑިކަލް އިމެޖެންސީއެއްނޫނޭ! އެއިރު މުޅި ރާއްޖޭގަ ސާމްޕަލް ބަލާދާ ބޯޓުތައް އުދުހިލަ އުދުހިލައުޅުނު! އެންމެފަހުން އެފަކީރުން އަމިއްލައަށް ކަނޑުބޯޓުގައައީ! އެއްމަސްވަންދެން އައިޖީއެމްއެޗްގަ ބޭސްކުރަން އޮތްއިރު ދަޢުލަތަކަށް ނޭންގުނު އެއީ ކެންސަރުބަލިމީހެއްކަމެއް! ކާކުޒިންމާވަނީ
ސއނާ
01 July 2020
ދެން ކެންސަރުބަލިކަން އެގި އެއްމަސްވީއިރު އައިޖީއެމްއެޗްގައި ހުންނެވި ކެންސަރ އޮޕަރޭޝަން ޑރ ގެ ރޯލަކީ ކޮބައިތޯ.
ޞަބާ
01 July 2020
ޢެބުނާ ސާޖަން ޗުއްޓީގައިހުރީ އެކަމަކު މެމްބަރަކު ވިދާޅުބަސްފުޅަށް ނުކުއްނަވާ ރިހޭފައިމައްޗަށް ފޮއެ ވެއްޓިފަ ތިބޭބައެއް ޑރ ނަކީ
މިހާލާ13
01 July 2020
މިހާލަތުގައ ދާންބޭނުން ނުވަންޏާ އަދި ތީ އިމަރޖެންސީއެއް ނޫން. އެހެން މީހުންގެ ފުރުސަތަށް ހުރަސްނާޅާ
ޢެޑްމުންޑޯ
01 July 2020
މިހާލަތުގައި އަހަރަމެން ހީކުރާހާފަސޭހައެއްނުވާނެ ، ކެއްތެރިކަމާއި އެކު ހަގީގަތް ގަބޫލުކުރަންޖެހޭ