މި އަހަރު އެންމެ ނުފޫޒު ގަދަ ޕާސްޕޯޓްތަކުގެ މަގާމު ހޯދި ތިން ގައުމުގެ ޕާސްޕޯޓްތަކެއް.
22 އެޕްރީލް 2019 - 07:28
ގައުމުތަކުން ބޭނުންކުރާ ޕާސްޕޯޓްތަކަކީ އެ ގައުމުގެ ވަރުގަދަކަމާއި ދުނިޔޭގެ މައިދާނުގައި ނުފޫޒު ގަދަކަން ހާމަކޮށްދޭ އެއްޗެކެވެ. ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޕާސްޕޯޓްތައް ރޭންކް ވެސް ކުރަމުން އާދެ އެވެ.
މި އަހަރުގެ މި ލިސްޓް ދައްކާ ގޮތް ބަލައިމާ ހިނގާށެވެ. އެޑްވައިޒަރީ ފާމެއް ކަމަށްވާ ހޭންލީ އެންޑް ޕާާޓްނާޒް އިން ދަރަޖަކޮށްފައިވާ ގޮތުގައި މި އަހަރު އެންމެ ނުފޫޒު ޕާސްޕޯޓްގެ މަގާމު ހޯދީ އޭޝިއާ ތިން ގައުމަކުންނެވެ. އެގޮތުން ލިސްޓްގެ އެއް ވަނަ ލިބިފައި ވަނީ ޖަޕާން، ސިންގަޕޫރު އަދި ދެކުނު ކޮރެއާގެ ޕާސްޕޯޓަށެވެ. ލިސްޓްގެ އެއް ވަނަ އޭޝިއާގެ ތިން ގައުމަކުން ހޯދުމަކީ އޭޝިއާގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ހޭންލީން ސިފަކުރި އެވެ.
@HenleyPartners Chairman Dr. Christian H Kälin tells @Independent that the current strength of Asian passports on the #HenleyPassportIndex is emblematic of a progressive shift in the region. Read more: https://t.co/4DQoZ8Iign
— Henley & Partners (@HenleyPartners) April 2, 2019
މި ގައުމުތަކުގެ ރައްޔިތުންނަށް 189 ގައުމަކަށް، ކުރިން ވިސާ ހޯދުމަކާ ނުލައި، އެ ގައުމުތަކުގެ ޕާސްޕޯޓް ބޭނުންކޮށްގެން ދަތުރު ކުރެވެ އެވެ.
އެންމެ ބާރުގަދަ 10 ޕާސްޕޯޓް އޮތް ގައުމުތަކަށް ބަލާއިރު ލިސްޓްގެ ދެވަނަ އިން ޖާގަ ހޯދީ ޖަރުމަނެވެ. އެ ގައުމުގެ ޕާސްޕޯޓުން 188 ގައުމަކަށް، ކުރިން ވިސާ ހޯދުމަކާ ނުލައި ދަތުރު ކުރެވެ އެވެ.
ކުރިން ވިސާ ހޯދުމަކާ ނުލައި 187 ގައުމަކަށް ފަސް ގައުމެއްގެ ރައްޔިތުންނަށް އެ ގައުމުތަކުގެ ޕާސްޕޯޓް ބޭނުންކޮށްގެން ދަތުރު ކުރެވެ އެވެ. އެއީ ގަދަ ތިނެއްގައި ހިމެނޭ ޑެންމާކް، ފިންލެންޑް، ފްރާންސް، އިޓަލީ، ސްވިޑްން އަދި އިނގިރޭސިވިލާތެވެ.
ގަދަ 10 ގެ އިތުރު ގައުމުތަކުގެ ދަރަޖަތަކަށް ބަލާ އިރު ހަތަރު ވަނައިގައި ހިމެނެނީ ލަގްޒެންބާގާއި ސްޕެއިނެވެ. ފަސް ވަނަ ލިބެނީ އޮސްޓްރިއާ، ނެދަލެންޑްސް، ނޯވޭ، ޕޯޗްގަލް އަދި ސްވިޓްޒަލެންޑަށެވެ.
ޕާސްޕޯޓްތަކެއް: މިއީ ގައުމުން ބޭރަށް ދަތުރު ކުރަން ކޮންމެހެން ބޭނުންވާ އެއްޗެއް.
ހަ ވަނައިގައި ހަ ގައުމެއް ހިމެނޭ އިރު، އެ ގައުމުތަކަކީ ކެނެޑާ، ބެލްޖިއަމް، ގްރީސް، އަޔަލެންޑް އަދި އެމެރިކާ އެވެ.
ހަތް ވަނައިގައި ޗެކް ރިބަޕްލިކް އޮތް އިރު، އަށް ވަނައިގައި އޮތީ މޯލްޓާ އެވެ.
އޮސްޓްރޭލިއާ އަށް ނުވަ ވަނަ އިން ޖާގަ ލިބުނު އިރު 10 ވަނައިގައި ވެސް ފަސް ގައުމެއް ހިމެނެ އެވެ. އެއީ ހަންގޭރީ، ލެޓްވިއާ، ލިތުއޭނިއާ، ސްލޮވޭކިއާ އަދި ސްލޮވޭނިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ2
29 July 2020
ދިވެހިރާއްޖެ އޮތީ އެއް ވަނައިގަ. ފަޚުރުވެރިކަމުގެ ގޮތުން.
ޖާން
23 April 2019
ދެން އަޅުގަނޑުމެންގެ ދިވެހިރާއްޖެ ހިމެނެނީ ކިތައް ވަނަ ރޭންކުގައިބާ ؟
ޚާޗުސް
15 June 2019
ޢެއީ ހުރިހަަ ތަނަކައްވުރެވެސް މަތީގަ އޮންނަތަނެއް
މޯޑުސް
22 April 2019
ކޮބާތައް ތިއުޅޭ މަމޮޅު ހެދިފައި ތިބޭ ކަރަބި ގައުމުތައް؟
ޖުލައި
22 April 2019
މިގައުމުގަ އުޅޭ ހަރުކަށި ދީނީ ވިސްނުމުގެ މީހުންގެ ސަބަބުން ، ތަންދޮރު ނުބަލާ ސީރިޔާތަންތަތަނަށްދާތީވެ ދިވެހި ޕާސްޕޯޓުގެ އަގު ދުނިޔޭގެ ދައްވީ. އެހެންނޫންނަމަ އެންމެ ކުރިގަ އޮންނާނީ ދިވެހި ޕާސްޕޯޓު
ސުލޮމޮން
22 April 2019
މި އަހަރު ފެށިގެން އައީ ދުބާއީ އާއި ތައިލެންޑަށް އަދިވެސް ބައެއް ގައުމުތަކަށް ވިސާ ނުލާ ދިވެހިންއަށް ދަތުރުކުރެވޭގޮތުގެ އުފާވެރި ހަބަރައިގެން ނަމަވެސް ލަންކާ ހަމަލާ އާއި ސީރިޔާ ހަނގުރާމައަށް ގޮސްގެން އުޅޭ ދިވެހި ޓެރަރިސްޓުންގެ ސަބަބުން އަހަރުމެންނަށް މި ފަސޭހަތައް ގެއްލެން ފަށާނެ.
ދެބަންދިހާރު
22 April 2019
ހަ ވަނާއިގަ އޮތީ ފަސް ޤައުމު
ބައްޓޭ
22 April 2019
ދިވެހިރާއްޖެ ނެތް ތަ ؟